Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލިފާނުގެ ހާދިސާ

ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ

ރޮބިންސަން ކްލަބް މޯލްޑިވްސްގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 18 ޖޫން 2017 | އާދީއްތަ 23:46
ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީގައި ރޯވި އަލިފާންގަނޑު ސްޓާފުން ނިއްވާލަނީ

ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީގައި ރޯވި އަލިފާންގަނޑު ސްޓާފުން ނިއްވާލަނީ

ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންތަކެއް ވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ރޮބިންސަން ކްލަބް މޯލްޑިވްސްގެ މުވައްޒަފަކު ބުނީ ސްޓާފް ލޯންޑްރީގައި އަލިފާނުގެ ހާދިސާ ހިނގީ މެންދަމު 2 ޖެހާއިކަށްހާ އިރުކަމަށާއި، އަލިފާންގަނޑު ކޮންޓްރޯލްވީ ގަޑިއެއްހާއިރު ފަހުން ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ލޯންޑްރީން އަރަމުންދިޔަ ދުންގަނޑު ކޮންޓްރޯލްވީ 3:30 އިރުކަމަށެވެ.

އަލިފާން ރޯވި ވަގުތަކީ ހުރިހާ މުވައްޒަފުންވެސް ހާރުކާން ހޭލާ ތިބި ވަގުތަށްވުމުން އަލިފާންގަނޑު ނިއްވާލީ މުވައްޒަފުންގެ އެއްބާރުލުމުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އަލިފާން ރޯވީ އެންމެން ހާރުކާން ހޭލާތިބި ވަގުތު. ރިސޯޓުގެ އެކި ސަރަހައްދުން އަލިފާން ނިއްވާ ފުޅި ހިފައިގެން އައިސް ހުރިހާ މުވައްޒަފުން އަލިފާންގަނޑު ނިއްވާލީ. ސްޓާފުންގެ ބެކަޕް ޔުނިފޯމްތައް ވަނީ އަނދާ ހުލިވެފައި" ރިސޯޓުން މައުލޫމާތު ދިން މުވައްޒަފު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނި އެވެ.

އޭނާ ބުނީ ބޮޑަށް ބެލެވޭގޮތުގައި އަލިފާން ރޯވީ ލޯންޑްރީގެ މެޝިނެއްގެ ކަރަންޓު ޝޯޓްވެގެން ކަމަށާއި، މި ހާދިސާއާއެކު ސްޓާފުންގެ ގިނަ ބެކަޕް ޔުނިފޯމްތައް އަނދާފައިވާ ކަމަށެވެ. އަދި ލޯންޑްރީ ތެރޭގައި އޮތް ބަގީއެއްގައިވެސް ރޯވިކަމަށް އޭނާ ބުނިއެވެ. އެހެންނަމަވެސް ބަގީ ބޭނުންނުކުރެވޭ ވަރަށް ހަލާކުނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ރޮބިންސަން ރިސޯޓުގެ މެނޭޖްމަންޓުން ވަނީ އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ރާއްޖެއެމްވީއަށް މައުލޫމާތު ދީފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

01 މާރިޗު 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު