Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓްރީ

ޔާސިރު ޔަހުޔާއާއި ޓެރަރިޒަމާއި ގުޅުން އެބަހުރި، އޭނާއަށް އަންގާފައިވަނީ ރާއްޖެ ދޫކޮށް ދިއުމަށް: މިނިސްޓަރ އިމްރާން

2 އޮކްޓޯބަރު 2019 | ބުދަ 11:55

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މާޗް 3، 2017 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 އޮކްޓޯބަރު 2019 | ބުދަ 11:55
ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔާސިރު ޔަހުޔާ

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔާސިރު ޔަހުޔާ

މާލޭގައި ދިވެއްސަކާ ކައިވެނިކޮށްގެން ދިރިއުޅެމުންދިޔަ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ސޯލިހާއި ޓެރަރިޒަމާއި ގުޅުން އެބަހުރި ކަމަށާއި, އޭނާ ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށް ހޯމް މިނސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ޔާސިރު ޔަހުޔާގެ މައްސަލައަކީ ދުނިޔޭގެ "އޯޕަން މީޑިއާ" ގައި ޓެރަރިސްޓެއްގެ ގޮތުގައި ވާހަކަ ދެކެވޭ ފަރާތެއް ކަމަށާއި، ޓެރަރިޒަމާއި ގުޅުން ހުރި ބެކްގްރައުންޑު އޮތްކަން ދުނިޔޭގެ މީޑިއާއިންވެސް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

Advertisement - newsAdvertisement

ޔާސިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ މާޗް 3، 2017 ގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާ ދިމާކޮށެވެ. އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އަހުމަދިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އަރަބި ޓީޗަރެއްގެ ގޮތުގައެވެ.

ޔާސިރުގެ މައްޗަށް ފުލުހުން ހޯދި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައިވާގޮތުން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ. އެ އަމުރުގައި އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތު ކޮށްފައެވެ.

ޔާސިރު ހައްޔަރު ކުރުމަށްފަހު އޭރު ފުލުހުން ވަނީ އޭނާގެ ޕާސްޕޯޓް ހަވާލު ކުރުމަށް އެދިފައެވެ. ނަމަވެސް އޭނާ ވަނީ ޕާސްޕޯޓަކީ ޔަމަނުގެ ދައުލަތުގެ އެއްޗެއް ކަމަށާއި އެއީ ދިވެހި ދައުލަތުގެ އެއްޗެއް ނޫން ކަމަށް ބުނެ ޕާސްޕޯޓް ދިނުމަށް ދެކޮޅު ހަދާފައެވެ. އޭގެ ފަހުން މިހާތަނަށް ވެސް އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނާއި ހަވާލުކޮށްފައެއް ނުވެއެވެ.

އިމްރާން ވިދާޅުވީ ޔާސިރު ޔަހުޔާ އަށް ރާއްޖެ ދޫކޮށް ދިއުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެކަމަށް މިހާތަނަށް އެއްބާރުލުން ދީފައި ނުވާކަމަށެވެ. އަދި އޭނާގެ ވިސާ ކެންސަލް ކޮށްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. މިއަދުވެސް އޭނާ ފުރަން ބޭނުންވެއްޖެނަމަ އިމިގްރޭޝަން ކޮންޓްރޯލަރއަށް ލިބިގެންވާ ބާރުގެ ދަށުން އެކަން ހަމަޖެހިގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ޔާސިރު ފުރުވާނުލެވިގެން އުޅެނީ ޔަމަނުގައި މިހާރު ސަރުކާރެއް ނެތުމުން ކަމަށާއި މީގެ މަހެއްހާ ދުވަސް ފުރަން އެއްބަސްވި ނަމަވެސް ފުރުވުމުގެ ހުރިހާ ތައްޔާރީތައް ވި ފަހުން ޕާސްޕޯޓް އޮތީ ޔަމަންގައި ކަމަށް ޔާސިރު ބުނެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. މިހާރުން މިހާރަށް ވެސް ޔާސިރު ފުރުވާލަން ބޭނުންވާ ކަމަށާއި އެކަމަށް އިމިގްރޭޝަނާއި ފުލުހުން ވެސް ތިބީ ތައްޔާރަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

ޔާސިރު ހިފަހައްޓާފައިވަނީ އިމިގްރޭޝަން ގާނޫނުގެ 21 ވަނަ މާއްދާއިން އިމިގްރޭޝަން ކޮންޓްރޯލާއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އެމާއްދާގައިވާ ގޮތުން ރާއްޖޭގައި ހުރުމުގެ ހުއްދަ ބިދޭސީއަކަށް ދީފައިވަނިކޮށް، ނޯޓިސް ދިނުމަށް ފަހު، އެ ހުއްދަ ބާޠިލު ކޮށްފިނަމަ، އެ ހުއްދަ ބާޠިލުވާ ދުވަހުން ފެށިގެން އޭނާ ރާއްޖޭގައި ހުރެގެން ނުވާނެއެވެ. ބިދޭސީއަކު ވަގުތުން ރާއްޖެއިން ފުރައިގެން ދެވޭނޭގޮތެއް ނެތިގެން ރާއްޖޭގައި ހުންނަންޖެހިއްޖެނަމަ، އޭނާ ފުރައިގެން ދަންދެން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކަނޑައަޅާ ތަނެއްގައި ބެހެއްޓިދާނެ ކަމަށް އެގާނޫނުގައި ވެއެވެ.

ޔާސިރު މިހާރު ހުރީ އިމިގްރޭޝަނުން އަންގައިގެން ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައެވެ. އިމްރާން ވިދާޅުވީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެ ހުންނަނީ އަމިއްލަ އިހްތިޔާރުގައި ކަމަށާއި ފުރައިގެން ދާން ބޭނުންވާ ނަމަ މިހާރުވެސް އެކަން ފަހިކޮށްދޭނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރުގެ ވޯކް ވިސާއާއި އޭނާގެ މެރިއޭޖް ވިސާ ވެސް އިމިގްރޭޝަނުން ވަނީ ކެންސަލް ކޮށްފައެވެ.

ޔާސިރު ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ސިޓީއެއްވެސް މީގެ ކުރިން ލިޔެފައެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ ކުރަން ފެށި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްގެ ސަބަބުން ހާލު ދެރަވެ މިހާރު އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.

ޔާސިރާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އޭނާ އަކީ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން މީގެކުރިންވެސް ރާއްޖެއިން ބޭރުގެ ޖަލުތަކުގައި އުޅެފައިވާ މީހެއްކަމަށާއި ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ބެލެވޭ ފަރާތްތަކާ އޭނާއާ ގުޅުން އޮންނަކަން ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ޔާސިރު ހައްޔަރުކުރި އިރު، އޭނާގެ އަންހެނުން އިނީ ބަލިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

05 ޖޫން 2017

ޤަތަރާ ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުންދިނުމަށް ގައުމީ ރޫހާހިލާފަށްކުރި ކަމެއް: އެމްޑީޕީ

05 ޖޫން 2017
ޤަތަރާ ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުންދިނުމަށް ގައުމީ ރޫހާހިލާފަށްކުރި ކަމެއް: އެމްޑީޕީ
05 ޖޫން 2017

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި
30 މެއި 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

30 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް
17 އެޕްރީލު 2017

ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ

17 އެޕްރީލު 2017
ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް