Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބް

ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ

ވޯޓްލާ މީހުންގެ ލިސްޓުގައި މީހުންގެ ނަންތަކާއެކު މީހުންގެ އައިޑީކާޑް ނަންބަރެއް ނެތް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 17 އެޕްރީލު 2017 | ހޯމަ 16:41
އިންތިހާބެއްގައި މީހަކު ވޯޓްލަނީ

އިންތިހާބެއްގައި މީހަކު ވޯޓްލަނީ

އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާ މީހުންގެ ލިސްޓުގައި މައްސަލަތައް އެބަހުރި ކަމަށާއި ވޯޓާސް ލިސްޓުގައި ސޮއި ކުރާނީ ލިސްޓުގައި ހުރި މައްސަލަތައް ހައްލު ކުރުމުން ކަމަށް އިދިކޮޚު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

ކައުންސިލް އިންތިހާބުގައި ވޯޓްލާ މީހުންގެ ލިސްޓުގައި ކެނޑިޑޭޓުން ސޮއި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެމްޑީޕީން ހޯމަ ދުވަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވީ ވޯޓްލާ މީހުންގެ ލިސްޓުގައި މީހުންގެ ނަންތަކާއެކު މީހުންގެ އައިޑީކާޑް ނަންބަރު ނެތުމަކީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން އަލީ ނިޔާޒް ވިދާޅުވީ އިންސާފްވެރިކަމާ މިނިވަން ކަމާއެކު ބާއްވާ އިންތިހާބެއްގައި ވޯޓްލާ މީހުން ސިއްރު ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަލީ ނިޔާޒް ވިދާޅުވީ ވޯޓްލާ މީހުންގެ ލިސްޓުގައި ހުރި މައްސަލަތައް އިންތިހާބާ ގުޅިގެން އުފައްދާފައިވާ އެޑުވައިޒަރީ ކޮމެޓީ އަށް އެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަތައް ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް މަސައްކެއްތެއް ނުކުރާ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ފާހަގަ ކުރައްވަމުން އަލީ ނިޔާޒް ވިދާޅުވީ ބައެއް ލިސްޓުތަކުގައި ނުބައި ތަންތަނަށް މީހުން ރަޖިސްޓްރީ ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޅ. ކުރެންދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓްލާ ހުރިހާ އެންމެން ރަޖިސްޓްރީ ކޮށްފައި ވަނީ މާލޭގައި ކުރެންދޫ މީހުންނަށް ހާއްސަކޮށްފައިވާ ފޮއްޓަކަށް ނޫން ކަމަށާއި އެހެންކަމުން ވޯޓާސް ލިސްޓަކީ މައްސަލަތައް ނެތް ލިސްޓެއް ކަމަށް ބުނެވެން ނެތް ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސެން ވިދާޅުވީ ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ވަރަށް ގިނަ މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށެވެ. އެޮގޮތުން ގާނޫނުގެ ތެރެއިން އަދި ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުން އަންނަ ގޮތުގެ މަތިން ވޯޓާސް ލިސްޓް އާންމު ކުރުމަށް އެދުނު ކަމަށާއި ނަމަވެސް އެކަމުގައި އިލެކްޝަންސް ކޮމިޝަނުން އެއްވެސް ވަރަކަށް އެއްބާރުލުން ދީފައި ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން އެމްޑީޕީން ހުށަހެޅި މައްސަލަތަކަށް އެއްވެސް ހައްލެއް ނުގެނެސް ލިސްޓުގައި ހުރި މައްސަލަތައް ހައްލު ނުކޮށް އިންތިހާބް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ދާތީ އިލެކްޝަންސް ކޮމިޝަންގެ މިނިވަން ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އަދި ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއި ކުރުމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ވެސް ވޯޓާސް ލިސްޓަކީ ސައްހަ ލިސްޓަކަށް ވާން ޖެހޭނެ ކަމަށާއި އަދި އެ ލިސްޓަކީ ސުވާލު ނުއުފެދޭ ލިސްޓަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެން ކަމަުން މައްސަލަތައް ހުރި ލިސްޓެއްގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ސޮއި ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ ލިސްޓުގައި ވޯޓްލާ މީހުންގެ ނަމާއެކު އެ މީހުންގެ އައިޑީކާޑް ނަންބަރު ހުރެފައި އަދި އަނެއް ލިސްޓުގައި އައިޑީކާޑް ނަންބަރު ނިހުމަނާ ހުރިމަކީ އިންތިހާބުގައި ބޭނުން ކުރާ ލިސްޓާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ. އެގޮތުން އަނަސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފޮނުވި ލިސްޓާއި އަދި ސޮއި ކުރަމުންދާ ލިސްޓުގައި މައްސަލަތަކެއް ހުރިކަން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށާއި އަދި އެ މައްސަލަތައް ހައްލު ނުކޮށް ވޯޓާސް ލިސްޓުގައި ސޮއި ކޮށް އިންތިހާބް ބޭއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ކަމަުން ލިސްޓުގައި ސޮއި ކުރާނީ އެ މައްސަލަތައް ހައްލު ކޮށްދިނުމުން ކަމަށާއި އަދި ވޯޓްލުމަށްޓަކައި ގެންގުޅެނީ ކިތައް ލިސްޓުކަން ވެސް އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށާއި އެކަން ވީހާވެސް އަވަހަކަށް ކޮށްދިނުމަށް އެދޭ ކަމަށް އަނަސް ވިދާޅުވިއެވެ.

އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން، ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިިޔަލަށެވެ. އަދި ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި އިންތިހާބް ބާއްވަން ޖެހޭނީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކޮށް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު