Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސޮބާ ތަމްރީންހެދުމަށް ބާސާއަށް

ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް

ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމަށް ސޮބާ މުހިންމު ދައުރެއް އަދާކުރި

ލީވާން އަލީ
ލީވާން އަލީ | 12 މާރިޗު 2017 | އާދީއްތަ 11:34
ގްރީން ސްޓްރީޓުގެ ހެޑް ކޯޗު ސޮބާ

ގްރީން ސްޓްރީޓުގެ ހެޑް ކޯޗު ސޮބާ

ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ކްލަބް ގްރީން ސްޓްރީޓުގެ އެހީތެރިކަމާއެކު އެ ކްލަބުގެ ހެޑްކޯޗު ސޮބާހް މުހައްމަދު ސްޕެއިންގެ ބާސެލޯނާ އަށް ފުރައިފި އެވެ.

ގްރީން ސްޓްރީޓުން ބުނީ ބާސެލޯނާގެ ޓޮވޯ އެކަޑަމީ އަށް ތަމްރީންތަކެއް ހެދުމަށް ސޮބާ ފޮނުވާފައިވާ ކަމަށާއި، މި އެކަޑަމީ އަކީ ބާސެލޯނާގެ ލެޖެންޑް ޖޯހަން ކްރަޔަފް އުފެދުނު އެކަޑަމީ ކަމަށެވެ.

މީގެއިތުރުން އެ ކްލަބުން ބުނީ ޓޮވޯ އެކަޑަމީގެ ކޯޗުން ރާއްޖެ ގެނެސް ގްރީން ސްޓްރީޓް ކުޅުންތެރިންނަށް ކޯޗުކޮށްދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކޮށް ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ކްލަބުން މުސްތަގުބަލުގައި ތަމްރީން ހެދުމަށް ސްކޮޑުން ބައެއް ކުޅުންތެރިންވެސް ޓޮވޯ އެކަޑަމީއަށް ފޮނުވަން ނިންމާފައިވާކަމަށް ގްރީން ސްޓްރީޓުން ބުނެއެވެ.

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގައި ހިމެނުނު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ވީބީ އައްޑޫ އެފްސީ ހިމެނެއެވެ.

ސޮބާ ކޯޗިން ދާއިރާ އަށް ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވި ހިސާބުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގެ ހެޑްކޯޗުކަމުން ނިކޮލާ ކަވަޒޮވިޗް ވަކިކުރުމާއެކު، އޭއެފްސީ ކަޕް އަދި ދިވެހި ލީގުގެ މެޗުތަކުގައިވެސް ނިއު އަށް އިރުޝާދީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީފައެވެ.

އެއަށްފަހު ދެން ސޮބާ ހަވާލުވީ ކްލަބް ގްރީން ސްޓްރީޓާއެވެ. އެގޮތުން އޭނާ ވަނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް އެޓީމު ޕްރޮމޯޓްކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މާލޭ ލީގުގައި ގްރީން ސްޓްރީޓް މިވީތަނަށް ދެ މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެއް މެޗުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުން ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
14 އެޕްރީލު 2017

އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

14 އެޕްރީލު 2017
އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް
08 އެޕްރީލު 2017

ގްރީން ސްޓްރީޓުގެ ޓްރަޔަލް އަށް ބޮޑު ތަރުހީބެއް

08 އެޕްރީލު 2017
ގްރީން ސްޓްރީޓުގެ ޓްރަޔަލް އަށް ބޮޑު ތަރުހީބެއް
05 އެޕްރީލު 2017

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު