Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި

ގްރީން ސްޓްރީޓް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 5 މާރިޗު 2017 | އާދީއްތަ 20:18
ވެލެންސިޔާ އާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން

ވެލެންސިޔާ އާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޓީއޯ މާލޭ ލީގުގައި ކްލަބު ވެލެންސިޔާ އާއި ކްލަބު ގްރީން ސްޓްރީޓް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަ އިރުތަކެއް ވަންދެން ބޯޅަ ހިފަހައްޓައިގެން ކުޅުނީ ގްރީން ސްޓްރީޓުންނެވެ. އެހެން ނަމަވެސް މި ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެ އެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އިލިއާ ސުބޮލިޗްގެ ހިލޭ ޖެހުމާއެކު ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރިނަމަވެސް ފައިސަލްވަނީ ވަރަށް ހުޝިޔާރު ކަމާއެކު އެ ހަމަލާ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފަ އެވެ. ގުރީން ސްޓްރީޓުން ނެގި ކޯނަރުން ސައިފް ބޮލުން ޖަހާ ގޯލަށް ފޮނުވާލި ބާރު ހަމަލާވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފައިސަލް ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ސުޓްރީޓުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. އެލިއާގެ ރީތި ޕާހަކަށް އަހުމަދު ރަޝީދު (އައްމަޑޭ) ކުރިއަށް ޖެހި ކީޕަރު ނައްޓާލުމުން ފައިސަލް ވަނީ އޭނާއަށް ފައުލް ކޮށްފަ އެވެ. ގުރީން ސްޓްރީޓަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ އިލިއާ ސުބޮލިޗް އެވެ.

ގްރީން ސްޓްރީޓުން މި ލަނޑުޖެހިތާ އެއް މިނެޓު ފަހުން ވެލެންސިއާ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ވެލެންސިޔާގެ ނިހާން ނަގައިދިން ހުރަސް ގުރީން ސްޓްރީޓްގެ އޭރިއާ ތެރޭގައި ހުރެ ކީޕަރު ބޯމަތިން ގޯލަށް ފޮނުވާލީ ޗިންޑާ ޕްރިންސެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށް ވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ގުރީން ސުޓްރީޓުގެ ފޯވާޑް އައްމަޑޭއަށް ލިބުނު ހުސް ދެ ފުރުސަތަކާއި ވެލެންސިއާގެ ވެސްޓަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

މެޗުގެ 78 ވަނަ މިނެޓުގައި އިލިއާ ފޮނުވާލި ބާރުހަމަލާވެސް ދިފާއުކުރީ ފައިސަލް އެވެ. ފައިސަލްވަނީ މެޗުގައި ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުރީން ސުޓްރީޓްގެ މިޑްފީލްޑަރު އިލިއާ ސޮބުލް އެވެ.

މިއީ މާލޭ ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗެވެ. ގުރީން ސުޓްރީޓުން ވަނީ އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ވިކްޓަރީ ބަލިކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރީން ސްޓްރީޓުގެ ޓްރަޔަލް އަށް ބޮޑު ތަރުހީބެއް

ގްރީން ސްޓްރީޓުގެ ޓްރަޔަލް އަށް ބޮޑު ތަރުހީބެއް

08 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

03 އެޕްރީލު 2017
ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް

ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް

12 މާރިޗު 2017
މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު