Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު

ކޯޓު އަމުރަކާ ނުލައި ހައްޔަރުކޮށްގެން ބެހެއްޓޭ ވަގުތު 24 ގަޑިއިރަށް ބަދަލުކޮށް ޓެރަރިޒަމް ބިލް ދިރާސާކޮށް ނިންމާލައިފި

27 ސެޕްޓެމްބަރު 2019 | ހުކުރު 06:13

ކުށުގެ އަދަބު ވަނީ 10 އިން 15 އަަހަރާއި ދެމެދަށް ބަދަލު ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 ސެޕްޓެމްބަރު 2019 | ހުކުރު 06:13
ފުލުހުން

ފުލުހުން

ސަރުކާރުގެ ފަރާތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅި ބިލް ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިން ދިރާސާ ކޮށް ނިންމައިފިއެވެ.

ކޮމިޓީއިން އެ ބިލަށް ގެނައި އިސްލާހުގެ ތެރޭގައި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެކަމަށް އޮތް މާއްދާ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮތް ގޮތަށް ހައްޔަރުކޮށްގެން ބެހެއްޓޭ ވަގުތު 24 ގަޑިއިރަށް ބަދަލު ކޮށްފައެވެ.

Advertisement - newsAdvertisement

ޓެރަރިޒަމް މާނަ ކުރުމުގައި ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި އޮތް މާއްދާއަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެމާއްދާ އެހެން އޮތުމުން ސިޔާސީ ޕާޓީތަކުން ވަނީ ޓެރަރިޒަމް ބިލުގައި ހަޅުތާލު ކުރުމުގެ ހައްގު ހަނިކޮށްފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ. އެމާއްދާ ވަނީހައްދު ފަހަނައަޅާފައިވާ ވަކި ސިޔާސީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ބަދަލުކޮށް ކޮމިޓީއިން އިސްލާހު ގެނެސްފައެވެ.

އިސްލާހު ހުށައެޅިއިރު އެގާނޫނުގެ 18 ވަނަ މާއްދާއަށް ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ބަދަލު ގެނައުމަށް ހުށައަޅާފައެވެ. ކޮމިޓީއިން ވަނީ އެމާއްދާއަށް "ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިސްޓު އެ މަޖިލީހުން ފާސްކުރުމުން ކަމަށް" ބަދަލުކޮށްފައެވެ.

މިހާރު އަމަލު ކުރަމުންދާ ޓެރަރިޒަމްގެ ގާނޫނުގައި ވާގޮތަށް ރައީސް އިބްރާހިމް ސޯލިހު ވަނީ ހަނގުރާމަވެރި ޖަމާއަތަކީ ކޮބައިކަން އާންމު ކުރައްވާފައެވެ.

ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުޢާމަލާތުކުރުމުގެ ފުރުޞަތު ނުދީ ހިފެހެއްޓިދާނެ ކަމަށް އޮތް މާއްދާ ވެސް އިސްލާހު ކޮށްފައެވެ. އެގޮތުން ހައްޔަރު ކުރެވޭ މީހާއާއިއެކު އޭނާގެ ގާނޫނީ ވަކީލަކާއެކު ބައްދަލުވުމުގެ ފުރުސަތު ހައްޔަރު ކުރާ މުއްދަތުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ނުދީ ހިފެހެއްޓިދާނެގޮތަށް ބަދަލު ކޮށްފައެވެ. އަދި އެ ފުރުސަތު ހަނިކުރަންޖެހޭނެ ފަދަ ހާލަތެއް އޮތްކަމަށް ފުލުހުންނަށް ފެނިއްޖެނަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު ހަތް ދުވަހުގެ މުއްދަތަށް އިތުރު ކުރެވިދާނެކަމަށް ވަނީ ބަދަލު ކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި ސަބަބު ފިލައި ގޮސްފިކަމަށް ފުލުހުންނަށް ފެނިއްޖެ ހާލަތެއްގައި ވަކީލަކާ ބައްދަލުވުމުގެ ހުއްދަ ދޭންޖެހޭނެކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ބިލްގައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަނު ހުރުމުގެ ހައްގު އުނިކުރަން ހިމަނާފައި އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ. އެ މާއްދާގައިވާ ކުރިން ވެސް އޮތް ގޮތަށް ޓެރަރިޒަމްގެ މައްސަލައެއްގައި ޝަރީޢަތަކަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށް ބަލާއިރު، ކުށެއް ކުރިކަމަށް އެކަށީގެންވާ މިންވަރަކަށް ޤަބޫލުކުރެވޭނަމަ، އޭނާ ހަނު ހުންނަ ހުރުމަކީ، އެކަމަށް އިތުރު ބާރު ލިބިދޭ ކަމެއް ކަމުގައި ބެލެވިދާނެ ކަމަށެވެ.

ކޮމިޓީއިން އިސްލާހު ގެނައި ބިލުގައި ވަނީ ކުށުގެ އަދަބު ވެސް ލުއި ކޮށްފައެވެ. އެގޮތުން ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް އޮތް އޮތުން ވަނީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ކަމަށް ކަނޑައަޅާފައެވެ.

ނަމަވެސް ކުރިން ބިލްގައި ހިމަނާފައިވާ ގޮތަށް ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާގެ އަތުގައި، ކުށެއް ކުރުމަށް ބޭނުންކުރެވޭނެ އެއްޗެއް ނުވަތަ އެފަދަ ކުށެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް އޮތްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ ނަމަ، ކޯޓު އަމުރަކާ ނުލައި އެފަދަ މީހެއް ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ބަލައި ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.

އެބިލްގައި ހުރި އިމްލާ ކުށްތައް ވެސް ވަނީ ރަނގަޅުކޮށް ރިޕޯޓް ނިންމުމަށްފަހު މަޖިލީހުގެ މެމްބަރުން އެބިލަށް ޚިޔާލު ފާޅުކުރުމަށް ވަނީ އަންނަ އާދީއްތަ ދުވަހުގެ 12:00 އަށް ހުޅުވާލާފައެވެ.

ބެލެވޭގޮތުގައި މަޖިލީސް ހުޅުވާ ދުވަހު މި ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ. މަޖިލީހުގެ ދައުރު ފެށޭނީ އަންނަ އަންގާރަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް