Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކްލައިމެޓް ޗޭންޖް

ދުނިޔެ ހޫނުވެ، އުޅެން ނުކުޅަދާނަ ވެގެން ދާއިރު، ފައިސާ ހޯދުމުގެ ބޭނުމަކީ ކޮބާ؟

ސްޓްރައިކް ބޭއްވުނީ ބުރާސްފަތި ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2019 | ހުކުރު 09:05
ފާތިމަތު ނަފްއަތު، 16 އަހަރު

ފާތިމަތު ނަފްއަތު، 16 އަހަރު

ދުނިޔެ ހޫނުވެ ފެނުގެ ލެވެލް މައްޗަށް ގޮސް، މުޅި ދުނިޔެ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި އޮތް ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ދެދުވަހުން އެއްދުވަހު ދުނިޔޭގެ ގައުމުތަކުގެ އިސްވެރިން ކޮންފަރެންސްތަކަށް ޖަމާވެ ދައްކަމުން ގެންދަނީ ދުނިޔެ ނުރައްކަލުގެ ތެރޭގައި އޮތް ކަމަށާއި މޫސުމަށް އަންނަ ބަދަލުތައް، ނުވަތަ ކްލައިމެޓް ޗޭންޖްގެ ސަބަބުން އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާނެ ކަމުގެ ވާހަކައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާތެރިކަން އެންމެ ބޮޑު އެއް ޤައުމަކީ މި ކުޑަކުޑަ ދިވެހިރާއްޖެއެވެ.

ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ އަތް މަތީގައި ވަގުތުން ވަގުތަށް ފިޔަވަޅުއެޅުމުގެ ބާރު އޮތް ނަމަވެސް ހަމައެކަނި އަމަލުކުރާނެ ކަމަށް ބުނެ އެ އަމަލު ތަންފީޒް ކުރުމުގައި އެ ފަރާތްތައް ވަނީ ފެއިލްވެފައެވެ. އިނގިރޭސި ބަހުރުވައިން ބުނާނަމަ "އޯލް ޓޯކް އެންޑް ނޯ އެކްޝަން" އެވެ. ފައިސާގެ ދަހިވެތިކަމުގައި، ވާ އެއްޗެއް ވުމަށް ދޫކޮށްލާފައި އޮތް ވާހަކަ ބުނެލަން ކެރުނީ އެންމެ 16 އަހަރުގެ ފާތިމަތު ނަފްއަތަށެވެ. އަދި ނަފްއަތު ފަދަ އެތައް ދިވެހި ޒުވާނުންނަށެވެ. މި ކަމާއި ދެކޮޅަށް ތެދުވަން ކެރުނީ މިހާރު ރާއްޖޭގައި ކުރެވެމުންދާ މޫސުމާއި ބެހޭ ހަޅުތާލުގެ ބައިވެރިންނަށެވެ.

ބުރާސްފަތި ދުވަހު ވެލާނާގެ ކުރިމަތީގައި ހުރެ ނަފްއަތު ބުނީ އޭނާ ސްކޫލް ކުއްޖަކަށް ވެ ހުރެ، މި ހަޅުތާލަށް ނިކުންނަން ޖެހުނީ އޭނާގެ މުސްތަގުބަލަށްޓަކާ ކަމަށެވެ. އަދި އޭނާ ފަދަ އެތައް ކުދިންނެއްގެ މުސްތަގުބަލަށްޓަކައި ކަމަށެވެ.

ސިޔާސަތުތައް ކަނޑައަޅަން ތިބި ފަރާތްތަކަށް ރާއްޖެ އަށް ކުރިމަތިވެފައިވާ މި ބޮޑު ބިރުވެރިކަމުގެ އަޑުއިއްވައި ދިނުމަށް ނަފްއަތާއެކު އެ އުމުރުގެ އެތައް ކުދިންނެއް ވަނީ ބައިވެރިވެފައެވެ.

16 އަހަރުގެ ޝަޒާ ވަހީދުވެސް ބުނީ އޭނާވެސް ހަޅުތާލަށް ނުކުތީ އޭނާގެ މުސްތަގުބަލަށްޓަކާ ކަމަށެވެ. މިއަދު އެކަމަށް ފިޔަވަޅު ނޭޅިއްޖެ ނަމަ، މާދަމާއެއް ނޯންނާނެ ކަމަށާއި އޭނާ ބޭނުންވަނީ ފަހި މުސްތަގުބަލެއް ކަމަށެވެ.

ޝަޒާއާއި ނަފްއަތު ފަދަ ހިތްވަރުގަދަ ކުޑަކުދިންގެ އަޑު ބުރާސްފަތި ދުވަހުގެ ހަޅުތާލުގައި އިވިގެން ދިޔައިރު، މި ހަޅުތާލުގައި އެކި އުމުރުފުރައިގެ މީހުންވަނީ ބައިވެރިވެފައެވެ. މި ކުދިން އަޑުއުފުލާފައިވަނީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބޭނުމުގައެވެ. ލިބިފައިވާ ބާރުތަކުގެ ބޭނުން ރަނގަޅަށް ހިފާ، މި ކުޑަކުޑަ ރާއްޖެ ސަލާމަތް ކުރުމަށް އެދިއެވެ. ހަމައެކަނި ކޮންފަރެންސްތަކުގައި ރާއްޖެ ސަލާމަތް ކުރުމަށް ފިޔަވަޅު އަޅާނަމޭ ބުނުމުގެ ބަދަލުގައި، އަމަލުން އެކަން ދެއްކުމަށް އެދިއެވެ.

ހަޅުތާލުގެ ބައިވެރިއެއް ކަމަށް ވާ 35 އަހަރުގެ ލިއުޝާ ގޮވާލާފައިވަނީ ޒަމާނާއި އެއްވަރަށް، ޓެކްނޮލޮޖީ ތަރައްގީވެ، ރަނގަޅުގޮތުގައި އޭގެ ބޭނުން ކުރުމަށެވެ

2020 ވަނަ އަހަރު ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް މަސައްކަތް ކުރުމުގެ ސިޔާސަތު އެކުލަވާލާފައި އޮތްއިރު، 2019 ވަނަ އަހަރުވީއިރުވެސް އެ ކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނެތް ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. ހަޅުތާލުގެ ބައިވެރިން ރާއްޖޭގައި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ވަނީ އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރިއެވެ. އެދުވަހު މަޖިލީހުގެ އެންވަޔަރަމެންޓަލް އެންޑް ކްލައިމްޓް ޗޭންޖް ކޮމެޓީއާއި ހަޅުތާލުގެ މެމްބަރުން ކުރި ސުވާލަށް އެ ކޮމެޓީ އިން ދިން ޖަވާބަކީ ބަލައިގަނެވޭނެ ޖަވާބެއް ނޫން ކަމަށް އެމީހުންވެސް ދެކެއެވެ.

މިކަން ފާހަގަކޮށް 21 އަހަރުގެ އިނާސް ރަޝީދް ބުނީ ސަރުކާރު ބަދަލުވުމަކީ ދެއްކޭނެ އުޒުރެއް ނޫންކަމަށެވެ. އެ ޒުވާނާ ބުނާ ގޮތުން ނަމަ ތިމާވެށި ރައްކާތެރި ކުރުމަކީ ހުރިހާ ސަރުކާރެއްގެ ވެސް ޒިންމާއެކެވެ.

ރާއްޖެ މިހާ ނާޒުކު ފައްތަރެއްގައި އޮތް އިރު، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އާންމުން އެކަށީގެންވާ މިންވަރަށް ހޭލުންތެރި ނުވުމަކީ ވެސް ގަބޫލުކުރަން ޖެހިފައިވާ ދެރަ ހަގީގަތެވެ. މިކަމުގައި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މުޅި ތައުލީމީ ނިޒާމު ފެއިލް ވެފައިވާ ކަމަކީ ހަގީގަތެކެވެ.

ދުނިޔޭގެ ފާހަގަކޮށްލެވޭ ފަދަ ލީޑަރުން ވެސް ލަދުން އިސްދަށަށް ޖައްސުވާލި ގްރޭޓަރ ތަންބާރގް ކަހަލަ ކުއްޖެއް ނެތުމަކީ ހަމަ ހަގީގަތުގައިވެސް އަޅުގަނޑުމެން ލަދު ގަންނަން ޖެހޭ ކަމެކެވެ. ބޮޑު ނުރައްކަލުގެ ތެރޭގައި އޮތް ކަން އެނގޭއިރުވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމަކީ ދެރަވާން ޖެހޭ ކަމެކެވެ.

މިއަދު އިހުސާސް ނުކުރެވުނު ކަމުގައި ވިޔަސް ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ގުޅިގެންނާއި އެކި ފަރާތްތަކުން ކުރަމުން ގެންދެވޭ އަމަލުތަކުގެ ސަބަބުން މުޅި ރާއްޖެއަށް ވެސް އެތައް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ. މިހާރު އަޅުގަނޑުމެންނަށް މާގިނަ ދުވަހެއް ނެތެވެ. ނަފްްއަތުއާއި ޝަޒާފަދަ ކުުދިންގެ އަޑު އައްސަވާށެވެ.

ތަރައްގީ އަކީ ގަސް ކަނޑާ ބިން ހިއްކުމެއް ނޫނެވެ. އުސް އިމާރާތްތަކާއި ޕާކުތަކެއްވެސް ނޫނެވެ. ތަރައްގީގެ ނަމުގައި ކަނޑު ފަޅުތައް ހަލާކު ކުރުން ހުއްޓާލައްވާށެވެ. ހަގީގީ ތަރައްގީ އަކީ ރާއްޖެއަށް ލިބިފައިވާ ރީތި ގުދުރަތް ހިމާޔަތްކުރުމެވެ. ތަރައްގީ ކުރަންވީ އެއާރޕޯޓުތަކެއް ނޫނެވެ. ދިވެހިންގެ ވިސްނުމެވެ.

މިހާރު ދެ އަތް އުރާލައިގެން ތިބެވޭކަށް ނެތެެވެެ. ރާއްޖެ މާދަމާވެސް އަޑިއަށް ގޮސްފި ނަމަ ދެން އަހަރުމެން ވަންނާނީ ކޮންތާކަށް ތޯއެވެ. އަޅުގަނޑުމެންގެ ދިވްހި ދަރިން ސަރުކާރަށާއި ސޔާސަތު ކަނޑައަޅާފައިވާ ފަރާތްތަކަށް މި ގޮވާލަނީ އަޅުގަނޑުމެން ލޯބޮވާ ކުޑަ ކުޑަ ދިވެހި ރާއްޖެ ސަލާމަތް ކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

29 ޖުލައި 2017
މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

07 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު