Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަންކާ ހޮސްޕިޓަލް

އާސަންދައިގެ ދަށުން ލަންކާ ހޮސްޕިޓަލްގައި އޯގަން ޓްރާންސްޕްލާންޓް ކުރެވޭނެ: ސިއްދީގް

18 ސެޕްޓެމްބަރު 2019 | ބުދަ 11:30

ލަންކާ ހޮސްޕިޓަލާއި، އާސަންދަ އާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 18 ސެޕްޓެމްބަރު 2019 | ބުދަ 11:30
ލަންކާ ހޮސްޕިޓަލް

ލަންކާ ހޮސްޕިޓަލް

އާސަންދައިގެ ދަށުން އޯގަން ބަދަލުކުރުމުގެ އޮޕަރޭޝަން ލަންކާ ހޮސްޕިޓަލުން ކުރެވޭނެ ކަމަށް ލަންކާ ހޮސްޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރ ސިއްދީގް ފާރޫގް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ސިއްދީގް ވިދާޅުވީ ބައެއް ދަތިތައް ހުރުމުގެ ސަބަބަން، ކުރިން އެޤައުމުގެ ބަލިމީހުން ފިޔަވާ އިތުރު ބަޔަކަށް ގުނަވަން ބަދަލުކޮށްދިނުމުގެ އޮޕަރޭޝަން ލަންކާގެ ހޮސްޕިޓަލްތަކުގައި ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ސްރީލަންކާ ސަރުކާރުން އެ ހުރަސްތައް ނައްތާލާފައިވާ ކަމަށާއި، އެހެންކަމުން ދުނިޔޭގެ އެކި ގައުމުގެތަކުގެ ބަލިމީހުންނަށް ލަންކާގެ ހޮސްޕިޓަލްގައި އޯގަން ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ސިއްދީގް ވިދާޅުވީ ލަންކާ ސަރުކާރުން މި ގެނައި ބަދަލާއެކު، ރާއްޖޭގެ ރައްޔިތުންނަށް ލަންކާ ހޮސްޕިޓަލްގައި އޯގަން ބަދަލުކުރުމުގެ ޚިދްމަތް ލިބިގެންދާނެ ކަމަށެވެ.

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ދެއްވި ތަގްރީރްގައި ވިދާޅުވެފައިވަނީ ލަންކާގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އޯރގަން ޓްރާންސްޕްލާންޓްގެ ޚިދުމަތް، ދިވެހިންނަށް ލިބޭނެ ކަމަށެވެ.

ސިއްދީގް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ސިއްހީ ޚިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ލަންކާ ހޮސްޕިޓަލުން ލިބިގެންދާނެ ކަމަށާއި، އެ ޚިދްމަތް ފޯރުކޮށްދިނުމުގެ ގޮތުން އާސަންދަ އާއި ލަންކާ ހޮސްޕިޓަލާއި ދެމެދު އެއްބަސްވުމެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ދިވެހިންނަށް އާސަންދައިގެ ދަށުން، ހެޔޮ އަގުގައި މިހާރު ސިއްހީ ޚިދްމަތް ލިބިގެންދާނެ ކަމަށް ސިއްދީގް ވިދާޅުވިއެވެ. އެގޮތުން ނާރުގެ ބަލިތައް، ހިތުގެ ބަލިތައް، ކަށީގެ ބަލިތަކައް ރަނގަޅު ޚިދްމަތް، ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށް ސިއްދީގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާއަށްފަހު، އެ ގައުމުގެ އާންމު ހާލަތަށް މިހާރު ރުޖޫއަވެފައިވާ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދްމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ލަންކާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ސިއްހީ ޚިދްމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް