Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

ފަނޑިޔާރުކަމަށް ރައީސަށް ލަފާއެރުވި ދެ ބޭފުޅުންގެ ތެރެއިން އެއްވެސް ނަމެއް އިސްކޮށްފައެއް ނުވާނެ: ޖޭއެސްސީ

17 ސެޕްޓެމްބަރު 2019 | އަންގާރަ 03:54

ޖޭއެސްސީން ރައީސަށް ލަފާއެރުވީ ދިޔާނާ ނުވަތަ މަހާޒު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 ސެޕްޓެމްބަރު 2019 | އަންގާރަ 03:54
ދިޔާނާ(ކ) އަދި މަހާޒު

ދިޔާނާ(ކ) އަދި މަހާޒު

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ މަގާމަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމުގައި އެ ކޮމިޝަނުން އިސްކަންދީފައިވާ ދެ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅެއްގެ ނަމަށް އިސްކަން ދީފައި ނުވާނެ ކަމަށް ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް "ހައިލީ ރެކޮމެންޑް ކުރާ" ފުރަތަމަ ނަމެއްގެ ގޮތުގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި, ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަން ޖޭއެސްސީ އިން ވަނީ ރައީސް އަށް އަރުވާފައެވެ. ޖޭއެސްސީ އިން ބުނީ ދިޔާނާ އާއި މަހާޒުގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ނަމަކަށް އިސްކަން ދީފައި ނުވާނެ ކަމަށެވެ. އަދި ދެ ނަން ބަޔާން ކުރުމުގައި އިސްފަސްކޮށްފައިވަނީ ވަކި ތަރުތީބެއްގެ ގޮތުން ނުވަތަ އިސްކުރުމެއްނެތި އެއް ހަމައެއްގައި ދަރަޖަ ކޮށްފައިވާ ދެ ބޭފުޅުން ކަމަށެވެ.

Advertisement - newsAdvertisement

ޖޭއެސްސީ އިން ބުނީ ރައީސަށް ލަފާ އެރުވުމުގައި ރައްޔިތުންގެ މަޖިލީހަށް ވަކި އަދަދަކަށް ނަން ފޮނުވުމަށް ކޮމިޝަނުން މަޝްވަރާ ދީފައި ނުވާނެ ކަމަށާއި އެ ކޮމިޝަނުގެ މަޝްވަރާއަށް ރިއާޔަތް ކޮށް މަޖިލީހަށް ފޮނުވާނެ ނަމަކާއި ފޮނުއްވާނެ ނަމުގެ އަދަދު ކަނޑައަޅަނީ ރައީސް ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން ރައީސަށް ރެކޮމެންޑްކުރި ތިންވަނަ ނަމެއްގެ ގޮތުގައި އެ މަގާމަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، އެ ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗް 7 އަށް ވަނީ އިތުރުކޮށްފައެވެ. އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޑީޑީ މަގާމުން ވަކި ކުރެއްވުމާއި ގުޅިގެން އެ މަގާމު އޮތީ މިހާރު ހުސްކޮށެވެ. މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ ހަ ފަނޑިޔާރުންނެވެ.

ޤާނޫނު އަސާސީގެ 148 ވަަނަ މާއްދާގެ (ހ) ގެ ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށް ބުނެފައިވެއެވެ. އަދި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން އެބޭފުޅުން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

09 މެއި 2017

ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ

09 މެއި 2017
ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް