Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

ބިދޭސީ ކުޅުންތެރިންގެ މައްސަލަ އީގަލްސްއަށް ވަނީ ދިމާވެފަ: ސާންތި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 13:19
އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)

މާލޭ ލީގުގައި ވެލެންސިއާއާ ދެކޮޅަށް އީގަލްސް ނިކުންނަންޖެހެނީ ދަތިތަކާއެކު، މުހިންމު މެޗަކަށް ކަމަށް އެޓީމުގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފި އެވެ.

މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ މާލޭ ލީގުގައި ކުޅޭ ކޮންމެ މެޗެއްވެސް މުހިންމުވާނެ ކަމަށާއި، އަދި އެއްވެސް މެޗަކީ ފަސޭހަ މެޗެއް ކަމަށްވެސް ބަލައިގެން ނުވާނެ ކަމަށެވެ.

ސާންތި ބުނީ ލީގުގައި އީގަލްސް ކުޅެން މިޖެހެނީ ބޮޑު ބްރޭކަކަށް ފަހު ކަމަށާއި، ބޮޑެތި ދަތިތަކެއް އެޓީމަށް ދިމާވާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ ހަވީރު ކުޅެން ޖެހުމަކީ ޓީމަށް ދިމާވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބިދޭސީ ކުޅުންތެރިންގެ މައްސަލަވެސް އެޓީމަށް ދިމާވެފައިވާ ކަމަށެވެ.

ބިދޭސީ ކުޅުންތެރިންނާ ބެހޭ ގޮތުން ސާންތި ބުނީ މި ސީޒަނުގައި އީގަލްސްއަށް ގެނައި އެއްވެސް ބިދޭސީ ކުޅުންތެރިޔެއްގެ ފަރާތުން މާ ތަފާތު ކުޅުމެއް ފެނިގެންނުދާ ކަމަށާއި، އެގޮތުން ވެލެންސިއާ މެޗުގައި ސުޖަން ފިޔަވާ އިތުރު ބިދޭސީ ކުޅުންތެރިޔަކު ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އެހެންނަމަވެސް އަހުމަދު ނާޝިދު (ނައްޓޭ) އަދި ރިޒްވާން ވެލެންސިއާ މެޗުގައި ފެނިގެންދާނެ ކަމަށާއި، އެ ދެ ކުޅުންތެރިން ޓީމާ ގުޅުމަކީ ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ. އެހެންނަމަވެސް އެ ދެ ކުޅުންތެރިންނަށް 90 މިނެޓު ހަމަނުކުރެވިދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މެޗާ ބެހޭ ގޮތުން ސާންތި ބުނީ ވެލެންސިއާއަކީ އިދިކޮޅަށް ކުޅެން ފަސޭހަ ޓީމެއް ކަމަށާއި، އެޓީމު ކުޅެނީ އީގަލްސް ކުޅޭ ސްޓައިލާ ވަރަށް އެއްގޮތް ގޮތަކަށް ކަމަށެވެ.

މާލޭ ލީގުގައި އީގަލްސް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެޓީމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެގޮތުން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި އެއް މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
24 އެޕްރީލު 2017

އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ

24 އެޕްރީލު 2017
އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު