Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްސަލް ދަނޑުތައް

މާލެ ސަރަހައްދުގެ ފުޓްސަލް ދަނޑުތަކުން ނަގާ އަގު ކޮންޓްރޯލްކުރާނަން: މިނިސްޓަރ މަހްލޫފް

14 ސެޕްޓެމްބަރު 2019 | ހޮނިހިރު 13:01

ފައިސާ ދީގެން ބޮޑު އަގުގައި ކުޅެން ދާން ޖެހޭ ޝަކުވާ ވަރަށް ބޮޑު

ލީވާން އަލީ
ލީވާން އަލީ | 14 ސެޕްޓެމްބަރު 2019 | ހޮނިހިރު 13:01
މިނިސްޓަރ މަހްލޫފް

މިނިސްޓަރ މަހްލޫފް

މާލެ ސަރަހައްދުގެ ފުޓްސަލް ދަނޑުތަކުން ނަގާ އަގު ކޮންޓްރޯލް ކުރާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެންޔޫ އެސްޔޫ ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ފައިސާ ދީގެން ބޮޑު އަގުގައި ކުޅެން ދާން ޖެހޭ ޝަކުވާ ވަރަށް ބޮޑު ކަމަށާއި، އެގޮތުން އެންމެ ބޮޑަށް ޝަކުވާ ލިބެމުން އަންނަނީ މާލެއިންނެވެ.

މިކަމާ ގުޅިގެން މާލޭގައި ދަނޑުތައް ހުރި ފަރާތްތަކާވެސް ބައްދަލުކުރި ކަމަށް ފާހަނގަކުރައްވާ މިނިސްޓަރ މަހްލޫފް ވިދާޅުވީ، މާލެ ސަރަހައްދުގައި އަޅާފައިހުރި ހުރިހާ ފުޓްސަލް ދަނޑުތަކުން ފީ ނެގުމަށް ވަކި އުސޫލެއް ހަދަމުން އަންނަ ކަމަށާއި، އެ އުސޫލުގެ ދަށުން ހުރިހާ ދަނޑަކުންވެސް ނަގާނީ އެއް އަގެއް ކަމަށެވެ.

މިހާރު ފުޓުބޯޅަ ކުޅެން ދާން 5،000 ރުފިޔާ ނުވަތަ 7،000 ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށް ފާހަނގަކުރައްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ރަށްޓެހިންނާއެކު އެބޭފުޅާވެސް ކުޅެން ދަނީ ފައިސާ ހަރަދުކޮށްގެން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ފުޓްސަލް ކުޅެން ދާން ބޭނުންވާ ކުޅުންތެރިންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މެރީ ބްރައުން ފުރަގަހުގައި އޮންނަ ބޮޑު ވެލި ދެ ދަނޑުގެ އިތުރުން ހެންވޭރު ދަނޑުގައި ޓާފް އެޅުމުގެ ކަންތައް ކުރިޔަށްދާނެ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ޔޫތު މިނިސްޓްރީން ހަމައެކަނި ކުރަންޖެހެނީ ފުޓުބޯޅަ އާއި ކުޅިވަރުގެ ކަންތައްތައް ނޫން ކަމަށާއި، އެހެން ކަންތައްތައްވެސް ކުރިޔަށްދާ ކަމަށެވެ. އަދި ކުޅިވަރު މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ގެންދިޔުމަށްވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

10 އެޕްރީލު 2017
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
05 އެޕްރީލު 2017

ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި

05 އެޕްރީލު 2017
ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
02 އެޕްރީލު 2017

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

02 އެޕްރީލު 2017
ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް