Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

ފ އަތޮޅު ވިއްކާ ލުމުގެ މައުލޫމާތު ހޯދުމަށް ވާނީ އެދިފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 18:13
އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބޫ ސޯލިޙް

އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބޫ ސޯލިޙް

ފާފުއަތޮޅު ވިއްކާލުމަށް ތާޢީދުކޮށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު މާލިއްޔަތު ކޮމެޓީގައިކަމުވިޔަސް ނުވަތަ އެނޫން ތަނެއްގައި ވިޔަސް ވާހަކަފުޅުދައްކަވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ޕާޓީގެ ޕާރލަމެންޓްރީ ގްރޫޕު ދެކޮޅުކަން ކުރިންވެސް ހާމަކޮށްފައިވާނެ ކަމަށެވެ. ސަރުކާރުން ފ. އަތޮޅު ވިއްކާލުން ވަގުތުން ހުއްޓާލުމަށް ވެސް މީގެކުރިން ވެސް ގޮވާލާފައިވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބަޔާނުގައި ބުނެފައިވެއެވެ،

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކުން ހުއްޓުވުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ފ. އަތޮޅު ވިއްކާލާކަމުގެ ޚަބަރުތައް ފެތުރިފައިވީ ނަމަވެސް އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވުމުން، ރައްޔިތުން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންގެންދާތީ، ރައްޔިތުނަށް އެ މަޢުލޫމާތު ހޯދައި، ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންކަމުން އެކަމާގުޅޭ ހުރިހައި މަޢުލޫމާތެއް ސާފުކުރުމަށް އެމް.ޑީ.ޕީ އިންނާއި އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން މަސައްކަތްކުރަމުންންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިގޮތުން އެ މަޢުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވާ ކަމަށާއި އަދި އެ މަޢުލޫމާތު ހޯދުމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން އެ ކޮމެޓީގައި އެދުމަކީ އެއްވެސް ޙާލެއްގައި ފ.އަތޮޅު ވިއްކާލުމަށް ތާޢީދުކުރުމެއް ނޫން ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާއިން ފ. އަތޮޅު ގަންނަން އުޅެނީ، މިހާރުގެ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު ޕްރިންސް މުހައްމަދުގެ ޝައުގު އޮތުމުންނެވެ. ޕްރިންސް މުހައްމަދު ފ. އަތޮޅަށް ޝައުގުވެރިވީ، ސަރުކާރަށް ތާއިދުކުރާ ނޫހެއްގައި ބުނެފައިވާ ގޮތުގައި މީގެ އަހަރުތަކެއް ކުރި ފ. އަތޮޅުގައި ހުންނަވައި މުހައްމަދު ސްނޯކްލިންއަށް ވަޑައިގަތުމާއި ހިމިތީގެ ރީތިކަން ފެނިވަައިގެންފައި އޮތުމުންނެވެ. އެހެންވެ، އެ އަތޮޅު ތަރައްގީކުރަން ރާވާފައިވާ ޕްލޭންތައް ރައީސް އަބްދުﷲ ޔާމީނާ ހިއްސާކުރައްވާފައިވާ ކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ.

މާޗް މަހު ސައުދީ ރަސްގެފާނު ސަލްމާން ރާއްޖެ ވަަޑައިގެން ފ. އަތޮޅު ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު