Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ޝައިތާނާގެ ކިބައިން ސަލާމަތް ވެވޭނީ އީމާންކަމުގެ ނޫރުން ހިތްތައް އަލިކޮށްގެން: ޚުތުބާ

ޝައިތާނާގެ ވަސްވާހުގައި ޖެހިގެން ވަގުތުތައް ބޭކާރުކުރާ މީހުން ވަރަށް ގިނަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ސެޕްޓެމްބަރު 2019 | ހުކުރު 07:58
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

ޝައިތާނާގެ ކިބައިން ސަލާމަތް ވެވޭނީ އީމާންކަމުގެ ނޫރުން ހިތްތައް އަލިކޮށްގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ޤިޔާމަތް ދުވަހާއި މެދު ޢާފިލު ނުވާށެވެ" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، އުމުރުގެ ބޮޑު ބައެއް ބޭކާރު ގޮތުގައި ގިނަ ބަޔަކު ހޭދަކުރާ ކަމަށާއި، ޝައިތާނާގެ ވަސްވާހުގައި ޖެހިގެން ވަގުތުތައް ބޭކާރުކުރާ މީހުން ވަރަށް ގިނަ ކަމަށެވެ.

އެގޮތުން އެކަމުން ސަލާމަތްވެ ހިދާޔަތުގެ މަގަށް އާދެވެން އޮތް ގޮތަކީ އީމާންކަމުގެ ނޫރުން ހިތްތައް އަލިކުރުން ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި އިތުރަށް ބުނީ، އިންސާނާ މަރުވެ ކަށްވަޅާއި ހަމައަށް ދާ ހިސާބުން ޤިޔާމަތުގެ މަރުހަލާ ފެށިގެންދާނެ ކަމަށާއި، ކަށްވަޅަކީ އާޚިރަތުގެ ފުރަތަމަ މަންޒިލް ކަމަށެވެ. އެގޮތުން ކަށްވަޅުގައި ލިބޭނެ ހަމައެކަނި އެހީއަކީ އިންސާނާ ކޮށްފައިވާ ހެއު އަމަލު ކަމަށާއި، ނުބައި އަމަލު ކުރާ މީހުންގެ އަމަލުތައް ބިރުވެރި ސިފައެއްގައި ކަށްވަޅުން އެމީހަކާއި ބައްދަލު ކުރާނެ ކަމަށެވެ.

އެކަން ސިފަކުރައްވަމުން ޚުތުބާގައި ބުނީ، ނުބައި އަމަލު ކުރާ މީހުންނަށް ކަށްވަޅު ވެގެންދާނީ ނަރަކައިގެ ބިރުވެރި ވަޅުގަނޑަކަށް ކަމަށާއި، ހެޔޮ އަމަލު ކުރާ މީހުންނަށް ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާއެއްފަދަ ތަނެއް ކަމަށެވެ.

ޤިޔާމަތް ދުވަހު ކަންތައް ވާނެ ގޮތުގެ ވާހަކައަށް އަލިއަޅުވާލައްވަމުން ޚުތުބާގައި އިތުރަށް ބުނީ، ޤިޔާމަތް ދުވަހު އުޑުތައް ފަޅައިގެންގޮސް ކުދިކުދި ވެގެންދާނެ ކަމަށާއި، ބޮޑެތި ފަރުބަދަތައްވެސް ފުނޑުފުނޑުވެ ލުއި ކަފަކޮޅުތަކެއް ފަދައިން މީސްތަކުންގެ ބޯމަތީގައި އެނބުރޭނެ ކަމަށެވެ. އަދި މި ކަންކަމާއި މެދު ފުންކޮށް ވިސްނައި އިބްރަތް ހާސިލު ކުރުމަށްވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ގާސިމަކީ އެމްޑީޕީ ފައުންޑަރ މެންބަރެއް، ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: ނަޝީދު

22 އެޕްރީލު 2017
 ގާސިމަކީ އެމްޑީޕީ ފައުންޑަރ މެންބަރެއް، ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: ނަޝީދު
13 އެޕްރީލު 2017

ކަނޑަށް އެރެންދިޔަ ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފި

13 އެޕްރީލު 2017
ކަނޑަށް އެރެންދިޔަ ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފި
06 މާރިޗު 2017

ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް

06 މާރިޗު 2017
ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
19 ފެބުރުއަރީ 2017

ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު

19 ފެބުރުއަރީ 2017
ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު