Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

ދައުލަތުން ހުށަހެޅި ހެކި ބަލައިނުގަތުމަށް އާޒިމާ އެދިއްޖެ

2 ސެޕްޓެމްބަރު 2019 | ހޯމަ 13:58

މިއަދުގެ ޝަރީއަތުގައި ވެސް އޮތީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައެޅުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ސެޕްޓެމްބަރު 2019 | ހޯމަ 13:58
އާޒިމާ މިއަދުގެ ޝަރީއަތަށް ވަންނަނީ

އާޒިމާ މިއަދުގެ ޝަރީއަތަށް ވަންނަނީ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގައި އޭނާއާއި ދެކޮޅަށް ހުށައެޅި ހެކި ބަލައިނުގަތުމަށް ޝަރީއަތުގައި އޭނާ އެދިވަޑައިގެންފި އެވެ.

ހޯމަ ދުވަހު ބޭއްވި ޝަރީއަތުގައިވެސް އޮތީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައެޅުމެވެ.

Advertisement - newsAdvertisement

އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާގައި ދައުލަތުން ހުށައެޅި ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، ބީއެމްއެލްގެ މުހައްމަދު ޝަރީފު ހިމެނިވަޑައިގަންނަވައެވެ.

ހޯމަ ދުވަހު ބޭއްވި އާޒިމާގެ ޝަރީއަތުގެ އަޑުއެހުމުގައި އާޒިމާ ވަނީ އެ ހެކިން ބަލައި ނުގަތުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން ރައީސް ޔާމީންގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ފާހަގަ ކުރައްވާފައިވަނީ އެމަނިކުފާނަކީ މަނީ ލޯންޑަރިންގެ ދައުވާ ލިބޭ ފަރާތް ކަމަށާއި އެމައްސަލާގައި ދައުވާ ލިބޭފަރާތްކަމުން އެމައްސަލައިގައި ހެކިބަސް ނުނެގޭނެ ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީންގެ ހެކި ބަސް ބަލައި ނުގަނެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. މީގެއިތުރުން ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ނިންމާފައިވާ 52 ވަނަ ގަޒިއްޔާގައި އެއް ކުށެއްގައި ހިމެނޭ ބައެއް އެއްކޮޅަށް ވެސް ދެ ކޮޅަށް ވެސް ހެކިންގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީންގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މުވައްވިޒު އާއި ލުތުފީގެ ހެކިބަސް ނުނެގޭނެ ކަމަށް ދެކިވަޑައިގަންނަވާ ސަބަބު ކަމަށް އާޒިމާ ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ފައިސާތަކެއް ބޭންކަށް ޖަމާވިކަން އެނގިހުރެ އެކަން ހުއްޓުވާފައި ނުވާތީއެވެ. އެގޮތުން މުއައްވިޒު ވަނީ ލުތުފީއާއެކު ޔާމީނާއި ސުވާލުކޮށްފައިކަމަށާއި އޭނާއަށް އެކައުންޓް ފްރީޒްކުރުމަށް ފުރުސަތުލިބި އެކަން ކޮށްފައި ނުވާތީ އޭނާގެ ހެކިބަސްވެސް ނެގިގެން ނުވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ހޯމަ ދުވަހު ވިދާޅުވީ އަދުލުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތަތީ އާއި އަދިލުވެރި ހެކިބަހެއް އަދާ ކުރެވޭ ފަދަ މާހައުލެއް މިހިނދަށް ގާއިމްވެފައި ނެތުމުގެ ސަބަބުން ފުރާނައަށް އޮތް ނުރައްކަލައަށްޓަކައި މައްސަލައިގެ ހެކިބަސް އަދާކުރުމުން ތަނާޒުލްވާކަމަށް ވިދާޅުވެ އެކޯޓަށް ލުތުފީ ސިޓީ ފޮނުއްވާފައިވާ ސަބަބު ވެސް އާޒިމާ ސަބަބެއްގެ ގޮތުގައި ނެންގެވިއެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ޔާމީނަށް ކުރެވޭ މަނީ ލޯންޑަރިން ދައުވާއާއި ގުޅިގެން ލުތުފީ ފުލުހުންގެ އިދާރާއަށް ދެއްވި އިންޓަވިއު ރެކޯޑިންއެއް ފުލުހުން ނަގާފައިވާ ކަމަށެވެ. އެ އިންޓަވިއުގައި ކޯޓަށް ފޮނުއްވި ސިޓީގައި ފާހަގަ ކޮށްފައިވާ އެއްވެސްކަމެއް ލުތުފީ ފާހަގަ ކުރައްވާފައިނުވާކަމަށާއި ކިތާބީ ހެކިތަކަށް ބަލާއިރު ރެކޯޑިން ބެލުމަށްފަހު ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް އެދިލައްވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ޝަރީފުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވީ އޭނާއަކީ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު މައުލޫމާތު ދީފައިވާ ފަރާތެއްކަމަށާއި ދޮގުހެކިބަސް ދިނުމުން އެމައްސަލަ ފުލުހުން ބަލަމުންދާތީ އެހެކިބަސް ނުނެގޭނެ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ ޝަރީފުގެ ހެކިބަސް ނުނެގެންވީ ސަބަބެއް ނެތްކަމަށާއި މީހަކަށް ކުރެވޭ ތުހުމަތަކީ އެމީހަކަށް ކުށް ސާބިތުވުން ނޫންކަމަށެވެ. ޝަރީފުގެ މައްޗަށް މިހާތަނަށް ކުށް ސާބިތުވެފައިނުވާ ކަމަށް ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ. ގާޒީ ވަނީ ޝަރީފުގެ މައްސަލަ މިހާރު އޮތް ހިސާބަކީ ކޮބައިތޯ އެހުމުން ދައުލަތުން ބުނެފައިވަނީ އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި ދައުވާ ކުރުމަށް ޕީޖީއަށް ލިބިފައިނުވާ ކަމަށެވެ.

ޝަރީއަތުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ އެސްކްރޯ އެކައުންޓެއް ހެދުން އެއީ ގާނޫނާއި ޚިލާފު ކަމެއްތޯ އާއި އެސްކްރޯ އެކައުންޓް ހެދުމަށް ލަފާ ދީފައިވަނީ އާޒިމާ އެކަނިތޯއާއި ލަފާ ދިނުމަކީ ކުށެއްތޯ ދައުލަތާއި ސުވާލު ކޮށްފައެވެ. ދައުލަތުން ބުނެފައިވަނީ އެސްކްރޯ އެކައުންޓް ހެދުން އެއީ ގާނޫނާއި ޚިލާފު ކުށެއްކަމެއް ދައުލަތުން ގަބޫލު ނުކުރާކަމަށެވެ. ނަމަވެސް މައްސަލައިގެ ހާލަތަށް ބަލާނަމަ އެއީ ކުށެއް ކަމަށާއި މަނީ ލޯންޑްރިންގެ ގާނޫނުގައިވާ ގޮތުން އެކަން ފޮރުވަން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުށެއް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

އެއަށް ރައްދު ދެއްވައި އާޒިމާ ވިދާޅުވީ އޭނާ އޭސީސީއަށް ލަފާ ދެއްވާފައި ނުވާނެ ކަމަށާއި އޭނާ ކުރެއްވި ކަމަކީ ވަޒީފާއާއި ގުޅޭގޮތުން ކުރެއްވި ކަމެއް ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ އެދިލެއްވުމަކަށް އޭސީސީއަށް ގުޅައިގެން އެމަނިކުފާނުގެ މެސެޖް ޕާސްކޮށްދެއްވީ ކަމަށެވެ. އޭނާއަކީ އޭސީސީއަށް ލަފާދެއްވޭނެ ފަދަ ބޭފުޅެއް ނޫންކަމަށް ވިދާޅުވިއެވެ. އޭސީސީއަށް އޭނާ ގުޅުއްވީ ރައީސް ޔާމީން ވިދާޅުވެގެން ވަޒީފާގެ މަސްއޫލިއްޔަތުން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އެދިލެއްވި ކަމުގައި ވީނަމަވެސް ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިޝަރީއަތުގައި ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ކަންކަން ބަލައިގަތުމާއި ގުޅޭ ގޮތުން ގޮތް ނިންމުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް