Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލެކްސަސް ސަންޗޭޒް

ލޯން އެއްބަސްވުމެއްގެ ދަށުން ސަންޗޭޒް އިންޓައަށް ބަދަލުވުމާ ގާތަށް

28 އޯގަސްޓު 2019 | ބުދަ 12:19

ޔުނައިޓެޑާއެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 28 އޯގަސްޓު 2019 | ބުދަ 12:19
އެލެކްސަސް ސަންޗޭޒް

އެލެކްސަސް ސަންޗޭޒް

ލޯން އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް އިންޓަ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ހޯމަ ދުވަހު ޓްރާންސްފާގެ ދޮރުތައް ބަންދުވުމުގެ ކުރިން އިންޓައަށް ސަންޗޭޒް ގެނައުމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބޭނުންވާ ކަމަށެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން ލޯން އެއްބަސްވުމެއްގެ ދަށުން ސަންޗޭޒް އިންޓައަށް ދޫކޮށްލަން ޔުނައިޓެޑުން މިހާރު ވަނީ އެއްބަސްވެފައެވެ. އަދި ލޯން އެއްބަސްވުން ހަމަވުމުން އެއްބަސްވުން ދާއިމީ ކުރުމުގެ އިހުތިޔާރު އިންޓައަށް ލިބޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންޓައަށް ސަންޗޭޒް ބަދަލުވުމާ ގާތަށް ގޮސްފައިވާއިރު، އޭނާއާއެކު ޔުނައިޓެޑަށް ކުޅުނު ރޮމެލޫ ލުކާކޫ ވަނީ 74 މިލިއަން ޕައުންޑުގެ އަގަކަށް ދާދި ފަހުން އިންޓައަށް ބަދަލުވެފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަހަރަކު 14 މިލިއަން ޕައުންޑު މުސާރައިގެ ގޮތުގައި ލިބޭ ގޮތަށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް ވަނީ އެ ކްލަބާ އެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ. ބާސާގައި ކާމިޔާބީތައް ހޯދުމަށް ފަހު ސަންޗޭޒް ބަދަލުވީ އާސެނަލަށެވެ.

ސަންޗޭޒް ވަނީ އާސެނަލް އަށް ކުޅުނު 166 މެޗުގައި 80 ލަނޑު ކާމިޔާބު ކޮށްފައެވެ. އާސެނަލް ދޫކޮށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވެފައި ވާއިރު، އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 45 މެޗުގައި ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ.

ޗިލީގެ ގައުމީ ޓީމަށް ކުޅުނު 130 މެޗުގައި 43 ލަނޑު ކާމިޔާބު ކޮށްފައިވާ ސަންޗޭޒް ވަނީ އެ ޓީމާއެކު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް