Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ފައިސާގެ އަގު ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް: މިނިސްޓަރ އަމީރު

27 އޯގަސްޓު 2019 | އަންގާރަ 02:52

ސަރުކާރުގެ އަމާޒަކީ ގައުމީ އުފެއްދުންތެރިކަން އިތުރުން ކަމަށް ވިދާޅުވި

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 27 އޯގަސްޓު 2019 | އަންގާރަ 02:52
ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގައި ވަހަކަ ދައްކަވަނީ

ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގައި ވަހަކަ ދައްކަވަނީ

އާ ހަރަދުތަކުން ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރިޒާވްއަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމަށާއި ފައިސާގެ އަގު ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ ބެޖެޓަށް ހަރަދުގެ ގޮތުގައި އިތުރު 1.70 ބިލިއަން ރުފިޔާ ހިމެނުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ބަޖެޓު މާލިއްޔަތު ކޮމިޓީގައި ދިރާސާކުރުމަށްފަހު ރިޕޯޓެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން، ފިނޭންސް މިނިސްޓަރު އަމީރު ވަނީ ހޯމަ ދުވަހުގެ ރޭ މަޖިލީހުގައި މިކަމާއި ބެހޭ ގޮތުން އޮތް ބަހުސް މަރުހަލާއަށް ވަޑައިގެން މެމްބަރުންނާއި މުހާތަބު ކުރައްވާފައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އަމާޒަކީ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދީ އިތުރު ހަރަކާތްތަކެއް އުފެދި އެކްސްޕޭންޝަނަކަށް ދިއުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި އޭގެން ދަރަނި 60 އިންސައްތައިގަ ހިފެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސައުދީ ފަންޑުން ހިލޭ އެހީގެ ގޮތުގައި 40 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔަގެ ހިލޭ އެހީ ލިބިފައިވާ ކަމަށާ އަދި އެސްއެމްއީ ބޭންކުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ލޯނު ދިނުމަށް އެސްބީއައިއިން 25 މިލިއަން ޑޮލަރުގެ ކުރިޑިޓް ފެސިލިޓީއެއް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ހަރަދު ކުރެވޭނީ މަޖިލީހުން އެކަމުގެ ހުއްދަ ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެގްރީމެންޓަކާ 2011 ވަނަ އަހަރު ހެދުނު ސާކް ފެސިލިޓީއެއްގެ ތެރެއިން މިހާރުވެސް 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީއަކަށް ޓެޕްއިން ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާރުގެ ސަރުކާރުން ދެފުށް ފެންނަ ގޮތަކަށް ޓެންޑަރިން ޕްރޮސެސް ކުރިއަށް ގެންދާތީ ކުރީގަ އަގުބޮޑުކޮށް ކުރެވުނު މަސައްކަތްތައް މިހާރު ވަރަށް އަގު ކުޑަކޮށް ކުރެވޭ ކަމަށެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތް ކުރިން 70 މިލިއަން ރުފިޔާއަށް ކުރެވުނު ނަމަވެސް މިހާރު 30 މިލިއަނަށް ކުރެވޭ ކަމަށެވެ.

ބަޖެޓު އިތުރު ކުރަން ޖެހެނީ މައިގަނޑު ތިން ކަމަކަށް ބޭނުންތެރިވާތީ ކަމަށާއި އެކަންކަމަކީ މިއަހަރު ދައުލަތަށް ލިބޭ އާމްދަނީން ކުރަން ބޭނުންވާ ހަރަދުތައް ބަޖެޓުގައި ހިމެނުމަށާއި ރައީސް އިބްރަހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދުތައް ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށްޓަކައި ކަމަށާއި މަޖިލީހުން ފާސްކޮށްގެން ހަރަދު ކުރުމުގެ އުސޫލު ހިފެހެއްޓުމަށްޓަކައި ކަމަށެވެ.

ސަޕްލިމަންޓްރީ ބަޖެޓްގެ ބަހުސްގެ މަރުހަލާ އަދިވެސް މަޖިލީހުގައި ކުރިއަށްދާތީ، އެ ބަޖެޓް މަޖިލީހުގެ ތަޅުމުން ފާސްކުރަން ހަމަޖެހިފައި އޮތީ އަންގާރަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް