Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިވާން ޕެރިސިޗް

ލޯން އެއްބަސްވުމެއްގެ ދަށުން ޕެރިސިޗް ބަޔާންއަށް ބަދަލުވެއްޖެ

13 އޯގަސްޓު 2019 | އަންގާރަ 13:37

ޕެރިސިޗް ބޭނުންވަނީ ބަޔާންއާއެކު ޗެމްޕިއަންސް ލީގު ހޯދަން

ލީވާން އަލީ
ލީވާން އަލީ | 13 އޯގަސްޓު 2019 | އަންގާރަ 13:37
އިވާން ޕެރިސިޗް

އިވާން ޕެރިސިޗް

ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާނަށް ކުޅެމުން އައި ކްރޮއޭޝިއާގެ ފޯވާޑް އިވާން ޕެރިސިޗް ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ޕެރިސިޗް ބަޔާންއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި ނަމަވެސް، އެއް އަހަރު ފަހުން އެއްބަސްވުން ދާއިމީކުރުމުގެ އިހްތިޔާރު ބަޔާނަށް އޮންނާނެއެވެ.

ބަޔާންއަށް ބަދަލުވުމަށްފަހު ޕެރިސިޗް ބުނީ، އަނބުރާ ޖަރުމަނަށް އާދެވުމުން ވަރަށް އުފާވެފައި ހުރި ކަމަށާއި، ބަޔާންއަކީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް ކަމަށެވެ.

އެގޮތުން ޕެރިސިޗް ބުނީ، ޖަރުމަން ލީގާއި، ޖަރުމަން ކަޕްގެ އިތުރުން ބަޔާންއާއެކު ޗެމްޕިއަންސް ލީގު ހޯދަން ޓާގެޓް ކުރާނެ ކަމަށެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ހޯދަން މަސައްކަތް ކުރަމުން އަންނަ ޕެރިސިޗް އިންޓައާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

ބްރޫޝިއާ ޑޯޓްމަންޑް އާއި ވުލްފްސްބާގަށްވެސް ކުޅެފައިވާ ޕެރިސިޗް އިންޓައަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 163 މެޗުގައި 40 ލަނޑު ކާމިޔާބުކޮށްފައެވެ.

ޑޯޓްމަންޑާއެކު ބުންޑަސް ލީގާ އަދި ޖަރުމަން ކަޕް ކާމިޔާބުކޮށްފައިވާ ޕެރިސިޗް ވަނީ ވުލްސްބާގާއެކު ޖަރުމަން ކަޕް އަދި ޖަރުމަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ކްރޮއޭޝިއާ ގައުމީ ޓީމާއެކު މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ހޯދާފައިވާ ޕެރިސިޗް ވަނީ ގައުމީ ޓީމަށް ކުޅުނު 82 މެޗުގައި 23 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

11 ޖުލައި 2017
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި
01 ޖުލައި 2017

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

01 ޖުލައި 2017
ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް
18 ޖޫން 2017

ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ

18 ޖޫން 2017
ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ
14 ޖޫން 2017

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
08 އެޕްރީލު 2017

ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

08 އެޕްރީލު 2017
ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް