Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ފައިސާ އާއި ބެހޭ ބިލްތައް ދެން ހުށަހެޅޭނީ ސަރުކާރަށް އެކަނި

8 އޯގަސްޓު 2019 | ބުރާސްފަތި 08:23

ފައިސާ އާއި ގުޅުން ހުރި އެއްވެސް ބިލެއް ސަރުކާރުން ފިޔަވާ އެހެން ފަރާތަކަށް މަޖިލީހަށް ދެން ހުށަނޭޅޭނެ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 8 އޯގަސްޓު 2019 | ބުރާސްފަތި 08:23
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

ފައިސާ އާއި ގުޅުން ހުރި ބިލްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ ހަމައެކަނި ސަރުކާރުން ކަމަށް ކަނޑައަޅައި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މަޖިލީހުގައި ގަވާއިދަށް ބަދަލުގެނެސް, ދައުލަތުން ޓެކުހެއް ނަގަންޖެހޭނެ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަންޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭންޖެހިދާނެ ކަމެއް ނުވަތަ އުނިއިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް (މަނީ ބިލު) ހުށަހެޅޭނީ ސަރުކާރުން ކަމަށް ފާސްކޮށްފައިވަނީ އަންގާރަ ދުވަހު އޮތް މަޖިލިސް ޖަލްސާގައެވެ.

Advertisement - newsAdvertisement

"މަނީ ބިލް" ސަރުކާރުން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަށް 73 މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޓެކްސް އާއި ގުޅުން ހުރި ބިލްތައް ހަމައެކަނި ހުށަހެޅޭނީ ސަރުކާރަށެވެ. ނަމަވެސް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް ބޮޑު ކުރުން ފަދަ ބިލްތައް މެމްބަރުންނަށް ހުށަހެޅޭނެއެވެ. މަޖިލީހުގެ ގަވާއިދަށް މި ގެނައި ބަދަލުގެ ސަބަބުން ދެން ،ސަރުކާރުން ފިޔަވާ އެއްވެސް މެމްބަރަކަށް ފައިސާ އާއި ގުޅުން ހުރި ބިލެއް މަޖިލީހަށް ހުށަނޭޅޭނެއެވެ.

މަޖިލީހުގެ މި ދައުރުގެ ޖަލްސާތަކަށް ބައެއް މެމްބަރުން ފައިސާ އާއި ގުޅުން ހުރި ބިލްތައް ހުށަހެޅުމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ބިލްތައް މަޖިލީހަށް ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ. ދުނިޔޭގެ ތަހްޒީބް ގައުމުތަކުގައި ވެސް ފައިސާ އާއި ބެހޭ ބިލްތައް މަޖިލީހަށް ހުށަހަޅަނީ ސަރުކާރުންނެވެ.

މީގެ އިތުރުން މަޖިލީހުގެ ގަވާއިދު އެކުލަވާލަމުން އަންނަ ކޮމިޓީން މަޖިލީހުގެ ދައުރުތަކަށް ވެސް ވަނީ ބަދަލުގެނެސްފައެވެ. ގަވާއިދު ކޮމިޓީން ދައުރަށް ގެނައި ބަދަލު، އެގޮތަށް މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފައެވެ.

ގަވާއިދު ކޮމިޓީން ބަދަލުގެނެސްފައިވަނީ ދެވަނަ ދައުރާއި ތިންވަނަ ދައުރަށެވެ. ކުރިން އޮންނަ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ކުރިއަށް ދާނީ 01 ޖޫން ފެށިގެން 06 އޮގަސްޓްގެ ނިޔަލެވެ. އަދި ތިންވަނަ ދައުރު ހިނގާނީ 27 އޮގަސްޓު އިން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށެވެ.

ގަވާއިދު ކޮމިޓީން ބަދަކޮށް މަޖިލީހުން ފާސްކޮށްފައިވާ ގޮތުން މިހާރު ދެވަނަ ދައުރު ހިނގާނީ 01 ޖޫން އިން ފެށިގެން 31 އޮގަސްޓަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ 01 އޮކްޓޫބަރު އިން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް