Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާ ސަރަޙައްދުގެ މަސައްކަތްތައް ބަޔަކާ ހަވާލުކޮށްފި

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ތާރިޤް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އޯގަސްޓު 2019 | ބުދަ 07:16
ކަޅުވަކަރު މިސްކިތުގެ މަސައްކަތް އަމޭން މޯލްޑިވްސްއާއި ހަވާލުކުރުން

ކަޅުވަކަރު މިސްކިތުގެ މަސައްކަތް އަމޭން މޯލްޑިވްސްއާއި ހަވާލުކުރުން

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާ ސަރަޙައްދުގެ މަސައްކަތްތައް ކުރުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ބުދަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤެވެ.

އޭގެ އިތުރުން، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހީމް މުއްޠަލިބެވެ.

މި މަސައްކަތްތައް ނިންމުމަށް އަމޭން މޯލްޑިވްސްއަށް 120 ދުވަސް ދީފައިވާއިރު، މަސައްކަތުގެ އަގެއްގެ ގޮތުން ދެފަރާތުން އެއްބަސްވެފައިވާ އަގަކީ 2,967,867.86 (ދެ މިލިއަން ނުވަ ލައްކަ ފަސްދޮޅަސް ހަތްހާސް އަށްސައްތަ ފަސްދޮޅަސް ހަތް ރުފިޔާ އަށްޑިހަ ހަ ލާރި) އެވެ.

މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، މިސްކިތާއި ހަރިންމަ ފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ވަށާ ފާރު ރޭނުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ލޭންޑްސްކޭޕިންގ ގެ މަސައްކަތްތައް ކުރުމާއި، އަދި ލޭންޑްސްކޭޕް ޕްލޭންގައި ވާގޮތަށް ކޮންކްރީޓް ޕޭވްމަންޓް އެޅުމުގެ އިތުރުން، އައުޓްޑޯރ އެގްޒިބިޝަން އެރީއާ ތައްޔާރުކުރުމެވެ.

އޭގެ އިތުރުންވެސް ކަރަންޓު ވައިރު ކުރުމާއި، ލޭންޑްސްކޭޕާއި މިސްކިތުގެ ބޮކި ހަރުކުރުން އަދި ޕްލަމްބިންގ މަސައްކަތްތަކާއި، އަލިފާންނިއްވާ އާލާތްތައް ހަރުކުރުމުގެ އިތުރުން ކުލަ އާއި ދޮންވެލިލުންވެސް މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން މި މަސައްކަތް ކުރުމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ޕްރޮޖެކްޓް ޓީމަކުން ކަމަށާއި، މިސްކިތުގެ ބައިތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރާނީ މި ޓީމުގެ ކޮންޒަރވޭޝަން އޮފިސަރުން ކަމަށެވެ. އަދި މި މަސައްކަތްތަކާއި މިސްކިތް ރޭވުމުގެ ކަންކަން ކުރެވެމުންދާނީ ސީދާ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބެލުމުގެ ދަށުން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރުގެ މެއި 8 ވަނަ ދުވަހު ވަނީ ރޫޅާލާފައެވެ. އެއަށްފަހު މިސްކިތް ހުރި ސަރަހައްދުގައި ރައީސް ޔާމީން ވަނީ ކުޑަކުދިން ކުޅެ މަޖާކޮށް ހެދުމަށް ވިންޓަރ ޕާކެއް ހައްދަވާފައެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު