Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

ބަންދުގެ އަމުރު ނުނެރުނީ އޭރު އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ދާތީ: ސުޕްރީމް ކޯޓު

5 އޯގަސްޓު 2019 | ހޯމަ 09:47

އަދީބު ފިއްލެވީ އަމުރަކަށް އެދިފައިވަނިކޮށް ކަމަށް ބިޝާމް ވިދާޅުވުން އެއީ ހަގީގަތާއި ޚިލާފު ވާޙަކައެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 އޯގަސްޓު 2019 | ހޯމަ 09:47
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމަށް އެދި ދައުލަތުގެ ފަރާތުން ކޯޓުގައި އެދުނުނަމަވެސް އެ އަމުރު ނުނެރުނީ އޭރު އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ބަންދުގެ އަމުރު ނެރެދިން ނަމަ އަދީބަށް ނުފިއްލެވޭނެކަމަށް މީޑިއާތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވައި އެކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަންދުގައި ބެހެއްޓުމުގެ އަމުރަށް ދައުލަތުން އެދުނީ އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ކަމަށްވާތީ އެއީ ބޭނުންތެރިކަމެއް ކަމެއް ނޫންކަމަށް ފެންނާތީ ކަމަށެވެ.

Advertisement - newsAdvertisement

އެބަޔާނުގައި ބުނެފައިވަނީ ކޯޓު އަމުރެއް ނުނެރުނީ ދައުލަތުން އަދީބުގެ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުނީ އަދީބު ބޭސްފަރުވާއަށް ވަޑައިގެން އުޅުއްވަނިކޮށް ކަމަށާއި އޭރު އެމަނިކުފާނު އެކޯޓަށް ހާޒިރުވެވޭކަށްވެސް ނެތްކަމަށެވެ. އަދި ބަންދާ މެދު ޣައިރު ހާޒިރުގައި ގޮތެއް ކަނޑައެޅުމަކީ ޖިނާއީ އިޖުރާއަތާއި ޚިލާފު ކަމެއް ކަމަށާއި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ބަންދުގެ މުއްދަތު ޖެހުމަކީ ބޭނުންތެރި ކަމަކަށް ނުވާ ކަމަށެވެ.

ނަމަވެސް ދައުލަތުން އެދުނު ދެވަނަ ކަންތައް ކަމަށްވާ އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު އެކޯޓުން ނެރެދިނީ އެމައްސަލައިގައި އެދުނުގޮތަށް އެންމެ ރައްކާތެރި ފިޔަވަޅުކަމަށް އެ ކޯޓަށް ފެންނާތީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދީބުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އެކަން އެކޯޓަށް އަންގާފައި ނުވާ ކަމަށާއި އަދި އަދީބު މިނިވަންވެވަޑައިގަތް ފަހުން ދައުލަތުން އެމަނިކުފާނު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފައި ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދީބު ފިއްލެވީ އޭނާ ބަންދު ކުރުމަށް ސުޕްރީމް ކޯޓުގެ އަމުރަކަށް އެދިފައިވަނިކޮށް ކަމަށް ބިޝާމް ވިދާޅުވުން އެއީ ހަގީގަތާއި ޚިލާފު ވާޙަކައެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

އަދީބު ޚިޔާނާތްތެރިވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް އެކޯޓުގައި އަންގާރަ ދުވަހުގެ ހެނދުނު 10:15 އަށް އެ ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
07 މާރިޗު 2017

ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި

07 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
25 ފެބުރުއަރީ 2017

ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

25 ފެބުރުއަރީ 2017
ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
21 ފެބުރުއަރީ 2017

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް