Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

ރައީސް ސޯލިހު ބ. އޭދަފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

30 ޖުލައި 2019 | އަންގާރަ 14:19

ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ރައީސްގެ ސަމާލުކަމަށް ގެންނެވި

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖުލައި 2019 | އަންގާރަ 14:19
ރައީސް ސޯލިހު، އޭދަފުށީ ކައުންސިލަރުންނާ ބައްދަލުކުރައްވަނީ

ރައީސް ސޯލިހު، އޭދަފުށީ ކައުންސިލަރުންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބ. އޭދަފުށީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ އަދި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެވިއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އޭދަފުށީގެ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ކައުންސިލް ހިއްސާކުރި ކޮންމެ ކަމަކަށް ވެސް ރައީސް އުއްމީދީ ޖަވާބެއް ދެއްވާފައިވާ ކަމަށާއި، އުންމީދުކުރަނީ މައްސަލަތަކަށް ދާދި އަވަހަށް ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން އެރަށުގައި ގޯތި ދުނުކުރާތާ 28 އަހަރުވެފައިވާކަން ފާހަގަކުރައްވައި ތޮލާލް ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިންކަން ބޮޑުވެފައިވާ ކަމަށާއި، މިމައްސަލައަށް ވެސް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިފައިވާ ކަމަށެވެ.

މީގެ އިތުރުން މިހާރު އެރަށުގެ ބަނދަރުގައި ޖާގަނެތުމުން އައު ބަނދަރެއް އަޅައި ދިނުމަށާއި، ކަރަންޓުގެ ކަނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދައިދެއްވުމަށް އެދިފައިވާ ކަމަށެވެ. އަދި ގަބުރުރަސްތާން ފުރޭތީ ވެލި އަޅާގެން އެމަސައްކަތް ކުރެވޭނެ ގޮތާއި، ކުނީގެ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދޭ ކަމަށެވެ.

ތޮލާލް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ ސްޕީޑް ލަސްވާތީ އެކަން ވެސް ބަލައިދިނުމަށް އެދިފައިވާ ކަމަށާއި، ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ތޮލާލް ވިދާޅުވީ ކައުންސިލް އެދުނު ހުރިހާ ކަމަކަށް އެކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި، ކަމާ ބެހޭ މިނިސްޓްރީތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް އެދިފައިވާ ކަމަށެވެ. އަދި ހުރިހާ ކަމަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ތޮލާލް ވިދާޅުވިއެވެ.

ރައީސް ސޯލިހު ބ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ މިދަތުރުފުޅުގައި ފެހެންދޫ އަދި ފުޅަދޫއަށް ވަޑައިގެންނެވިއެވެ. އަދި އެދެރަށުގެ ކައުންސިލްއާ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާ ރަށުގެ ހާލަތު ވަނީ ބައްލަވާލައްވާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް