Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަށް އަހަރުގެ ކުއްޖަކު މަރުވުން

ރޭލެއްގެ ކުރިމައްޗަށް ކޮށްޕާލި އަށް އަހަރުގެ ކުއްޖަކު މަރުވެއްޖެ

30 ޖުލައި 2019 | އަންގާރަ 03:16

ކުއްޖާ އާއި އޭނާގެ މަންމަ ކޮށްޕާލުމަށް ފަހު އެމީހުން ކޮށްޕާލި މީހާ ވަނީ ފިލަން ދުއްވައި ގަނެފަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 ޖުލައި 2019 | އަންގާރަ 03:16
މި ހާދިސާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

ޖަރުމަނުގެ ފްރޭންކްފަރޓް ރެއިލްވޭ ސްޓޭޝަންގައި ރޭލެއްގެ ކުރިމައްޗަށް ކޮށްޕާލި އަށް އަހަރުގެ ކުއްޖެއް މަރުވެ އޭނާގެ މަންމަ އަށް އެކި ވަރުގެ އަނިޔާ ވެއްޖެއެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި އެމީހާ ކުޑަ ކުއްޖާއާ އޭނާގެ މަންމަ ކޮށްޕާލުމަށް ފަހު ފިލަން ދުއްވައި ގަތެވެ. ގަސްތުގާ އެ ދެ މީހުން ކޮށްޕާލުމަށް ފަހު އޭނާ ފިލަން އުޅުމުން އެވަގުތު ސްޓޭޝަންގައި ތިބި މީހުންވަނީ އޭނާ ހުއްޓުވާފައެވެ.

އެފްރިކާގެ އެރިޓްރީއަށް ނިސްބަތްވާ މި ފިރިހެން މީހާ މިހާރުވަނީ ޖަރުމަނު ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ޖަރުމަނު ފުލުހުން ބުނީ 40 އަހަރުގެ މި މީހާ ވަނީ ތިންވަނަ މީހަކު ވެސް ރޭލުގެ ކުރިމައްޗަށް ކޮށްޕާލަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި މީނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލި ކަމުގެ ތުހުމަތު ކުރެވި ތަހުގީގު ފަށާފައިވާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.

ހަބަރު ލިބުމާއެކު ޖަރުމަނުގެ އިންޓީރިއަރ މިނިސްޓަރ ހޯސްޓް ސީހޮފަރ ވަނީ އެ މަނިކުފާނުގެ ޗުއްޓީ ދަތުރުފުޅު ކުރުކޮށްލުމަށް ފަހު އެބުރި ވަޑައިގެން ސަލާމަތީ ކަންކަމާ ހަވާލުވެ ތިބި އިސްބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ހާދިސާގައި އަނިޔާވި މަންމަ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހެންނަމަވެސް އޭނާ އަށް ލިބިފައިވާ އަނިޔާ ތަކަކީ ކިހާ ވަރެއްގެ އަނިޔާތަކެއް ކަމަށް ބުނަން ނޭނގޭ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ފްރޭންކްފަރޓް ރެއިލްވޭ ސްޓޭޝަންގައި ހިނގި މި ހާދިސާ ހިނގާފައި މިވަނީ ޖަރުމަނުގެ ވޯރޑްގެ ރެއިލްވޭ ސްޓޭޝަންގައި ފިރިހެނަކު 34 އަހަރުގެ އަންހެނަކު ގަސްތުގާ ރޭލެއްގެ ކުރިމައްޗަށް ކޮށްޕާލާ މަރާލާފާ ވާތާ ދިހަ ދުވަސް ފަހުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
17 ޖުލައި 2017

ސައުދީ އަރަބިއްޔާގައި މިނީ ސްކާޓެއްލައިގެން އަންހެން ކުއްޖަކު އުޅެނިކޮށް ފެންނަ ޥީޑިއޯއެއް ތަހުގީގު ކުރަނީ

17 ޖުލައި 2017
ސައުދީ އަރަބިއްޔާގައި މިނީ ސްކާޓެއްލައިގެން އަންހެން ކުއްޖަކު އުޅެނިކޮށް ފެންނަ ޥީޑިއޯއެއް ތަހުގީގު ކުރަނީ
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
18 އެޕްރީލު 2017

އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ

18 އެޕްރީލު 2017
އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް