Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން ދުވަސް

މިނިވަން ދުވަހާއި ގުޅުވައިގެން މިއަދު ހަވީރު އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަށް ބަދަލެއް ގެނެސްފި

އިންޖީނިލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ ހަވީރު 04:00 އިން އިރުއޮއްސި 06:00 އަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖުލައި 2019 | ހޮނިހިރު 08:21
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގޭ ހަރަކާތްތަކާއި ގުޅިގެން މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ ހަވީރު 04:00 އަކުން އިރުއޮއްސި 06:00 އަކަށް ކަމަށެވެ. ކުރިން މާލޭ ސިޓީ ކައުންސިލް އިން ނިންމައިފައިވާ ގޮތުން ދުއްވާ އެއްޗެހި ދުއްވުން މަނަލީ ހަވީރު 3.30 ން ފެށިގެން 6.30 އަށެވެ.

Advertisement - newsAdvertisement

ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، އާ ފުރާ މީހުން ބޭނުންކުރުމަށް ހުއްދަ ދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ އިތުރުން އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވޭ އުޅަނދުތައް ފިޔަވައި އިތުރު އިންޖީނުލީ އުޅަނދެއް ދުއްވުމަކީ މަނާކަމެއް ކަމަށް އިއުލާނުގައިވެއެވެ.

ޓްރާންސްޕޯޓުން އިތުރަށް ބުނީ އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހޮނިހިރު ދުވަހު ހަވީރު މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އާއި ކެޑޭޓު ކޯގެ ފަރާތުން ބައިވެރިވާ 4 ބޭންޑަކާއެކު ޖުމްލަ ފަސް ބޭންޑްގެ ޕެރޭޑާއި ރޫޓްމާޗް ހިމެނެއެވެ. އެމްއެންޑީއެފުން ބާއްވާ ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ވަނީ ބަންޑާރަކޮށިން 04:15 ގައެވެ. އަދި ޕެރޭޑް ފުރަތަމަ ހުއްޓުމަށް ހަމަޖެހިފައިވަނީ މުލިއާގެ ކުރިމައްޗަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު