Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް

ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސްގައި މީޑިއާ ދާއިރާގެ އެވޯޑް ނައުހާއަށް!

ވިމް އެވޯޑްސް މި އަހަރު އެކި ކެޓެގަރީތަކުން 29 ކަނބަލަކަށާއި ދެ ކުންފުންޏަކަށް ވަނީ އެވޯޑް ހަވާލުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖުލައި 2019 | އާދީއްތަ 14:33
ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019 ގެ މީޑިއާ ދާއިރާގެ އެވޯޑް ނައުހާ އިބްރާހީމް އަށް

ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019 ގެ މީޑިއާ ދާއިރާގެ އެވޯޑް ނައުހާ އިބްރާހީމް އަށް

ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019 ގެ މީޑިއާ ދާއިރާގެ އެވޯޑް ނައުހާ އިބްރާހީމް އަށް ލިބިއްޖެއެވެ.

ވިމް އެވޯޑްސް މި އަހަރު އެކި ކެޓެގަރީތަކުން 29 ކަނބަލަކަށާއި ދެ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފައެވެ. ނައުހާ އަކީ މީޑިއާ ދާއިރާގެ 13 އަހަރުގެ ތަޖުރިބާ ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރެކެވެ.

Advertisement - newsAdvertisement

ނައުހާ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ޓީވީއެމްގެ މަޝްހޫރު ޕްރޮގްރާމެއް ކަމަށްވާ ފިލްމީ އުދަރެހުންނެވެ. ނައުހާ ވަނީ ޓީވީއެމްގައި 7 އަހަރު މަސައްކަތްކޮށްފައެވެ. ނައުހާ ވަނީ މީޑިއާ ދާއިރާގައި ހޭދަކުރި ދިގު މުއްދަތުގައި ރާއްޖެޓީވީގައި ހަބަރު ކިޔުމުގެ އިތުރުން އެކި ސިޔާސީ އަދި މުނިފޫހިފިލުވުމުގެ ގިނަ ޕްރޮގްރާމްތަކެއް ހުށަހަޅައިދީފައެވެ. މީގެ އިތުރުން ނައުހާ ވަނީ ރާއްޖެއިން ބޭރުގައި އެކި ޝޯތައް ވެސް ހުށަހަޅާފައެވެ.

ދިވެހި އަދި އިނގިރޭސި ބަހުން ތަފާތު އެކި ހަފްލާތައް ހޯސްޓް ކުރަމުން އަންނަ ނައުހާ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ރާއްޖެޓީވީގެ އެޑްމިން އެންޑް އެޗްއާރް މެނޭޖަރަކަށެވެ. ނައުހާ ތައުލީމް ހާސިލުކޮށްފައިވަނީ ޔޫކޭގެ މިޑްލް ސެކްސް ޔުނިވަރސިޓީ (ކޮލަންބޯ) އިން ބެޗިލާސް އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް އަދި ބެޗިލާސް އިން ހިއުމަން ރިސޯސަސް ކޮލަމްބޯގެ އައިސީބީޓީ އިންނެވެ.

ނިމިގެންދިޔަ ރޯދަ މަހު ނައުހާ ވަނީ ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތަފާތު ކަންކަން ދައްކުވައިދޭ ރާއްޖެޓީވީގެ "ނުރަސްމީ ގަޑި" ޕްރޮގްރާމް ޕްރޮޑިއުސްކޮށް، ހޯސްޓްކޮށްފައެވެ.

ނައުހާ އަކީ ތަފާތު އިވެންޓްތަކުގައި އަދި ޕްރޮގްރާމްތަކުގައި ވަރަށް ތަފާތުކޮށް ހެދުން އަޅާ ވަރަށް ތަފާތު ހެއަރ ސްޓައިލް ބޭނުންކުރާ ޕްރެޒެންޓަރެކެވެ. ނައުހާއަކީ ރާއްޖެޓީވީގައި ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މީހެކެވެ.

ވިމްސް އެވޯޑްގައި ގިނަ ކެޓަގަރީތަކުން އެވޯޑްތައް ހަވާލުކޮށްފައިވާއިރު މިއީ މި އެވޯޑް ދޭ ދެވަނަ އަހަރެވެ.

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އެކްސަސައިޒް "ޖައްރާފާ" ކާމިޔާބުކަމާއެކު ނިންމާލައިފި

02 އޮކްޓޯބަރު 2017
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އެކްސަސައިޒް "ޖައްރާފާ" ކާމިޔާބުކަމާއެކު ނިންމާލައިފި
17 އޯގަސްޓު 2017

އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި

17 އޯގަސްޓު 2017
އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި
16 އޯގަސްޓު 2017

ހޮޓެލް ޖެންގެ ހަތަރުވަނަ ފަންގިފިލާއިން ދުން އަރަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފި

16 އޯގަސްޓު 2017
ހޮޓެލް ޖެންގެ ހަތަރުވަނަ ފަންގިފިލާއިން ދުން އަރަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފި
12 އޯގަސްޓު 2017

ފުލުހުންނާއި މެދު ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑް ޔުނިޓާއި ހިއްސާ ކޮށްފި!

12 އޯގަސްޓު 2017
ފުލުހުންނާއި މެދު ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑް ޔުނިޓާއި ހިއްސާ ކޮށްފި!
30 ޖޫން 2017

ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި

30 ޖޫން 2017
ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު