Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ2023

އައިއޯއައިޖީ 2023؛ ރާއްޖޭގައި ބޭއްވުމަށް މަޑަގަސްކަރައިގެ ތާއީދަށް އެދިއްޖެ

13 ޖުލައި 2019 | ހޮނިހިރު 09:46

ޔޫތް މިނިސްޓާރގެ މި ދަތުރުފުޅުގައި މަޑަކަސްކަރައިގެ އޮލިމްޕިކް ކޮމިޓީއާ ވެސް ވަނީ ބައްދަލުކުރައްވާފަ

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 13 ޖުލައި 2019 | ހޮނިހިރު 09:46
މިނިސްޓަރ މަހުލޫފް މަޑަކަސްކަރައިގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީ ހާޖޯ އާއި ބައްދަލުކުރެއްވުން

މިނިސްޓަރ މަހުލޫފް މަޑަކަސްކަރައިގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީ ހާޖޯ އާއި ބައްދަލުކުރެއްވުން

އައި.އޯ.އައި.ޖީ 2023 ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯދުމުގެ ގޮތުން ޔޫތް މިނިސްޓާރ އަހުމަދު މަހުލޫފް ހޮނިހިރު ދުވަހު މަޑަކަސްކަރައިގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީ، މިނިސްޓަރ ހާޖޯއާއި ބައްދަލު ކުރައްވައިފިއެވެ.

ޔޫތް މިނިސްޓާރގެ މި ދަތުރުފުޅުގައި މަޑަކަސްކަރައިގެ އޮލިމްޕިކް ކޮމިޓީއާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

މިނިސްޓަރ މަހުލޫފު ވިދާޅުވެފައި ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި މަޑަކަސްކަރައިން ވެސް ވަނީ ބިޑަށް ހުށައަޅާފަ ކަމަށާއި އަދި މަޑަކަސްކަރަ މީގެ ދެ އަހަރުކުރިންވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހޮސްޓް ކޮއްފައިވާތީ މިހިނގާ 2023 ވަނަ އަހަރު ރާއްޖޭގެ ބިޑަށް ތާއީދު ކުރުމަށް އެދިފައިވާ ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ މަހުލޫފްގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ސީޝެލްސްއިން ވެސް ތާއީދު ކުރާނެ ކަމުގެ ޔަގީންކަންވަނީދީފައެވެ.

ޔޫތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯދުމުގެ ގޮތުން ވަޑައިގަންނަވާނީ ސީޝަލްސް، ކޮމޮރޯސް އަދި މޮރިޝަސް އަށް ކަމަށެވެ.

އައިއޯއައިޖީގެ ކައުންސިލްގެ މެމްބަރުން ދާދިފަހުން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވާ ދިވެހި ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ ބައްދަލުކޮށް ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތައް ބައްލަވާލައްވާފައެވެ.

ރާއްޖެއަށް ބިޑު ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ކައުންސިލް މެމްބަރުން ވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
20 މެއި 2017

މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ

20 މެއި 2017
މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ
09 މެއި 2017

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި

09 މެއި 2017
ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި
11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް