Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތާޒާ ފެނުގެ މައްސަލަ

މިހާރު ބާޒާރުގައިހުރި "ތާޒާ" ފެނުގައި ފާ ރަހައެއް، އެމްއެފްޑީއޭ އިން މި މައްސަލަ ބަލަނީ

މައްސަލަ ޖެހުނު ތާޒާ ފުޅިތަކުގެ ބެޗް ނަމްބަރުތަކަކީ 1465 އާއި 1466

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 މާރިޗު 2017 | އާދީއްތަ 08:56
ތާޒާ ފެން

ތާޒާ ފެން

ރާއްޖޭގައި އުފައްދައި ފުޅީގައި ބަންދުކޮށް، ބުއިމަށް ބޭނުން ކުރަމުންދާ "ތާޒާ" ފެނުގެ ޝިޕްމަންޓެއްގައި މައްސަލައެއް ފެންމަތިވެ، އެފެން ފުޅިތައް ފިހާރަތަކުން ނަގަން ފަށައިފި އެވެ.

އައިލެންޑް ބެވަރޭޖް މޯލްޑިވްސް (އައިބީއެމް) އިން އުފައްދާ އެ ފެނުގައި ފާ ވަހާއި ފާ ރަހަ އެ ފެނުގައި ހުރުމުން އާންމު ރައްޔިތުންގެ ޝަކުވާތައް އިތުރުވެ، އެ ފެން ނަގަމުންދާ ކަމަށް އެ ކުންފުނިން ވެސް ވަނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން ގުޅާ ލުމުން މައުލޫމާތު ދީފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާ ވަހާއި ފާ ރަހަ ހުރީ ތާޒާ ފެނުގެ ފަސް ލީޓަރުގެ ފުޅިތަކެއްގަ އެވެ. އެނގިފައިވާ ގޮތުގައި މައްސަލަ ޖެހިފައިވަނީ ބެޗް ނަމްބަރު 1465 އާއި 1466 ގެ ފުޅި ތަކުގަ އެވެ.

އައިބީއެމް އިން ބުނީ ހޮނިހިރު ދުވަހު އެފަދަ މައްސަލައެއް ފެންމަތި ވެފައިވާ ކަމަށާއި އެ ފުޅިތައް މިހާރު ނަގަމުންދާ ކަމަށެވެ. އަދި އެ ފެނުގެ ބަދަލުގައި ރަނގަޅު ފެން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެ ފެނުގައި ހުރީ ކޮން މައްސަލައެއް ތޯ ސުވާލު ކުރުމުން އައިބީއެމް އިން ބުނީ ހުރި މައްސަލަތައް އެނގޭނީ އެ ފެނުގެ ޓެސްޓްތައް ހެދުމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މިހާރު ތާޒާ ފެނުގެ ސާމަޕަލް ނަގާފައިވާ ކަމަށާއި ޓެސްޓު ކުރަމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އިތުރަށް އެއްޗެއް ބުނަން އެނގޭނީ ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށެވެ.

ރާއްޖޭގައި ހާއްސަކޮށް މާލެގައި ގިނަ ގޭބީސީތަކުން ބުއިމަށް ބޭނުންކުރަނީ ފުޅިތަކުގައި ބަންދުކޮށްފައިހުންނަ ފެނެވެ. ތާޒާ ފެނަކީ ވެސް ގިނަ ރައްޔިތުން ބުއިމަށް ބޭނުންކުރާ ފެނެއް ކަމަށްވާއިރު ފެނުގައި މި ފަދަ މައްސަލަތައް ދިމާވުމަކީ ގިނަ ބަޔަކަށް ސިއްހީ މައްސަލަތައް ކުރިމަތި ވެދާނެ ކަމެކެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު