Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަން

ސުނާމީ ކާރިސާ އާއި ގުޅިގެން ގއ. އަތޮޅުގައި އެޅި ހައުސިންގ ޔުނިޓް ހެދުމުގައި ބޮޑެތި ކޮރަޕްޝަން

9 ޖުލައި 2019 | އަންގާރަ 10:28

ގއ. އަތޮޅުގެ 4 ރަށެއްގައި 298 ހައުސިންގް ޔުނިޓް އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަން އާއި މެދު ވެފައި ވަނީ 225 މިލިއަން ރުފިޔާގެ އެއްބަސްވުމެއް

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 9 ޖުލައި 2019 | އަންގާރަ 10:28
މިއަދު ކުރިޔަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުމުގައި، މެނޭޖަރ ކޮމްޕްލައިންސް އެންޑް ސްޕެޝަލް އޮޑިޓްއަބްދުﷲ ޒުހުރީ ވާހަކަދައްކަވަނީ

މިއަދު ކުރިޔަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުމުގައި، މެނޭޖަރ ކޮމްޕްލައިންސް އެންޑް ސްޕެޝަލް އޮޑިޓްއަބްދުﷲ ޒުހުރީ ވާހަކަދައްކަވަނީ

ސުނާމީ ކާރިސާއާއި ގުޅިގެން ގއ. ގެ ރަށްތަކުގައި 2008 ވަނަ އަހަރު ކުރިއަށް ދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅޭ އޮޑިޓް ރިޕޯޓްގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހުރިކަން ހާމަވެއްޖެއެވެ.

މިއަދު ކުރިޔަށް ދިޔަ މާލިއްޔަތު ކޮމިޓީގެ 11 ވަނަ ޖަލްސާގައި ވަނީ ގއ. ގެ ރަށްތަކުގައި ކުރިޔަށް ދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅޭ އޮޑިޓް ރިޕޯޓާ ބެހޭގޮތުން މެންބަރުން ވާހަކަ ދައްކާފައެވެ.

ސުނާމީ ކާރިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން 2008 ވަނަ އަހަރު ކުރިޔަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން ގއ. އަތޮޅުގެ 4 ރަށެއްގައި 298 ހައުސިންގް ޔުނިޓް އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަން އާއި މެދު ވެފައި ވަނީ 225 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ. މި އަދަދު ހަރަދުކުރަން ހަމަޖެހިފައިވަނީ ސީދާ ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ދަށުންނެވެ. ނަމަވެސް މުޅި މި ޕްރޮޖެކްޓަށް ޖުމުލަ 382 މިލިއަން ރުފިޔާ ހަރަދުވިއިރު ، އިތުރަށް ކުރެވުނު ހަރަދުގެ ޖުމުލަ އަކީ 156 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 154 މިލިއަން ރުފިޔާއަކީ އަކީ ސީދާ ދައުލަތުގެ ބަޖެޓުން ކުރެވުނު ހަރަދެވެ.

މި ޕްރޮޖެކްޓަކީ ވިމްލާ ކޮންސްޓްރަކްޝަން އާ ހަވާލުކުރެވުނު މަސައްކަތެއް ނަމަވެސް ރަނގަޅަށް އެ މަސައްކަތް ކުރިޔަށް ނުދާތީ އިތުރު 2 ސަބް ކޮންސްޓަރަކްޓރ އަކާއި ހަވާލު ކުރެވުނު ނަމަވެސް މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.

އިތުރަށް 156 މިލިއަން ރުފިޔާ ހަރަދު ކުރެވުނުއިރު، އެއީ ބަޖެޓް ކުރެވުނު އަދަދަށް ވުރެ 34 މިލިއަން ރުފިޔާ ބޮޑު އަދަދެއް ކަން ވެސް ފާހަގަ ކުރެވެއެވެ. ކޮންސަލްޓެންސީ ހަރަދުގެ ގޮތުގައި 11 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު މިއީ ބަޖެޓް ކުރިވަރަށް ވުރެ 204 އިންސައްތަ އިތުރު އަދަދެކެވެ.

ސަބް ކޮންސްޓްރަކްޓަރ އެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ ފިލިޕީންސްގެ ކުންފުއްޏެއް ކަމުގައިވާ ޕީ.ބީ.ޑީ.ސީ އަދި އެމްޓީސީސީއެވެ.

މި މަސައްކަތް ހަވާލު ކުރެވިފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް މަސައްކަތް ނިމިފައިވަނީ 6 އަހަރާއި 20 ދުވަހުންނެވެ.

ވިމްލާއިން ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަން ޖެހޭ ޖުމުލަ އަދަދުތަކަށް ބަލާލާއިރު ހައުސިންގް މިނިސްޓްރީއަށް 8 މިލިއަން ރުފިޔާ ދޭންޖެހެއެވެ. އަދި އެސްޓީއޯއަށް ވިމްލާއިން29 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އަދި ފިނޭންސް މިނިސްޓްރީން އެމްޓީސީސީ އަށް 68 މިލިއަން ރުފިޔާ ދޭންޖެހެއެވެ.

ޕީ.ބީ.ޑީ.ސީއިން ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 79 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އެއީ އެމްޓީސީސީ އަށް ލިބެންޖެހޭ 34 މިލިއަން ރުފިޔާއަކާއި، ފެނަކައަށް 1.10 މިލިއަން ރުފިޔާ އަދި އަމިއްލަ ފަރުދުން ބޭނުންކޮށްގެން ޕީ.ބީޑީސީ އިން މަސައްކަތް ކޮށްފައިވާތީ ދައުލަތުން ދައުވާ ކޮށްގެން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާއެވެ. އަދި ވީރާ ސްޓިލް މެދުވެރިކޮށްގެން ޕީ.ބީޑީސީން ގެނައި މުދަލަށް 6.16 މިލިއަން ރުފިޔާ ދެއްކީ ވެސް ހައުސިންގ މިނިސްޓްރީންކަން ފާހަގަ ކުރެއެވެ.

އަދި ޕީ.ބީޑީސީ އިން އެމްޓީސީސީ މެދުވެރިކޮށް ގެނައި މުދަލަށް 92 މިލިއަން ރުފިޔާ، ސިދާ ސައުދީ ފަންޑުން ދައްކާފައި ވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ގއ. އަތޮޅުގެ 4 ރަށެއްގައި 298 ހައުސިންގް ޔުނިޓް އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަން އާއި މެދު ވެފައިވާ މި އެއްބަސްވުމުގެ ދަށުން ގއ. ނިލަންދޫގައި 50 ހައިސިންގ ޔުނިޓް، ގއ.ވިލިނގިލީގައި 77 ހައުސިންގ ޔުނިޓް، ގއ. ދާންދޫގައި 87 ހައުސިންގ ޔުނިޓް، އަދި ގއ. މާމެންދޫގައި 84 ހައުސިންގް ޔުނިޓް ވަނީ އަޅާފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް