Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ސުލްހައިގެ ވާހަކަތައް

އަފްޣާނިސްތާނުގެ ސުލްހައިގެ ވާހަކަތައް: ސުލްހައިގެ މަގުޗާޓަކަށް އެއްބަސްވެއްޖެ

ސުލްހައިގެ މި މަގުޗާޓާއެކު އެ ގައުމުގެ 18 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުން އަވަސްވެގެންދާނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ޖުލައި 2019 | އަންގާރަ 09:49
މަޝްވަރާތަކަށް ތާލިބާނުންގެ އިސްވެރިންނާއި އަފްޣާނިސްތާނުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެއްތަން ކުރެވިފައިވޭ

މަޝްވަރާތަކަށް ތާލިބާނުންގެ އިސްވެރިންނާއި އަފްޣާނިސްތާނުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެއްތަން ކުރެވިފައިވޭ

އަފްޣާނިސްތާނުގެ ނުފޫޒުގަދަ ފަރާތްތަކާއި، އެގައުމުގެ ސަރުކާރުގެ އޮފިޝަލުން އަދި ތާލިބާނުންގެ މެދުގައި ބޭއްވި ސުލްހައިގެ ވާހަކަތަކުގައި، ސުލްހައިގެ މަގުޗާޓަކަށް ދިއުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ސުލްހައިގެ މި މަގުޗާޓާއެކު އެ ގައުމުގެ 18 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުން އަވަސްވެގެންދާނެއެވެ.

މި އެއްބަސްވުމުގައި އާއްމުންނަށް ދެވޭ ހަމަލާތައް ހުއްޓާލުމާއި "އިސްލާމީ ގިއުގަނޑުގެ ތެރޭގައި" އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލެވިފައިވެއެވެ.

އަމަލުކުރުން ލާޒިމް ނުވާގޮތަށް އެކުލަވާލެވުނު މި އެއްބަސްވުން އައިސްފައި މިވަނީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި ތާލިބާނުން މަޝްވަރާކުރަމުން ދަނިކޮށެވެ. ތާލިބާނުންގެ ވެރިކަން އެމެރިކާއިން ވައްޓާލާފައިވަނީ 2001 ވަނަ އަހަރުއެވެ.

އެމެރިކާގެ މަންދޫބުންނާއި ހަނގުރާމަވެރިންނާ ދެމެދު ކުރިޔަށްގެންދާ ވާހަކަތަކުގެ ހަތްވަނަ ބުރު އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި ކުރިޔަށްގެންދާނެއެވެ.

ބެލެވޭ ގޮތުގައި މިވާހަކަތަކަށްފަހު އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް އަދި އަފްޣާނިސްތާނަކީ ޓެރެރިޒަމް ހިންގަ މަރުކަޒެއްގެ ގޮތުގައި ނުހެދުމަށް އެއްބަސްވާނެއެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2017

އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ

23 ޖޫން 2017
އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ
12 ޖޫން 2017

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

12 ޖޫން 2017
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ
18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު