Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބާ ކައުންސިލް

ބާ ކައުންސިލްގެ އިންތިޚާބާއި ގުޅޭ ޝަކުވާ 12 ޝަކުވާއެއްވަނީ ހުށައަޅާފައި: އީ.ސީ

ބާ ކައުންސިލްގެ އިންތިޚާބުގައި ޖުމްލަ 23 ކެނޑިޑޭޓަކު ވާދަކުރޭ

މުހައްމަދު ލިސާން
މުހައްމަދު ލިސާން, ރާއްޖެ އެމްވީ | 6 ޖުލައި 2019 | ހޮނިހިރު 14:14
އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަކްރަމް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަކްރަމް

މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ ކައުންސިލްގެ އިންތިޚާބާއި ގުޅޭ ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވިއިރު 12 ޝަކުވާ ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަކްރަމް ވިދާޅުވީ، ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި، އެޑްރެސް ނުބައިކޮށް އޮވެގެން 8 ޝަކުވާއަކާއި، ލިސްޓުގައި ނަން ނެތިގެން ތިން ޝަކުވާ އަދި ނަން ނުބައިކޮށް އޮވެގެން އެއް ޝަކުވާ ހުށަހަޅާފައިވާކަމަށެވެ. އަދި ޝަކުވާތަކަށް ބެލުމަށްފަހު ވޯޓާސް ލިސްޓުގެ ކުރީގެ ޖުމުލަ އަދަދު 1،487 އިން ޖުމްލަ އަދަދު 1،490 އަށް އިތުރުކޮށްފައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހަމައެކަނި މާލޭ ސިޓީއާއި އައްޑޫ ސިޓީގައި ކަމަށާއި އެގޮތުން މާލޭގައި ވޯޓުލުން ކުރިއަށްދާނީ އިންތިޚާބާބެހޭ މަރުކަޒުގެ ހޯލުގައި ކަމަށާއި، އައްޑޫގައި ވޯޓުލުން ކުރިއަށްދާނީ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ހޯލުގައިކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ބާ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ ނަން އެއް ކަރުދާސް ކޮޅެއްގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނަމަވެސް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގެ އުޞޫލަށް ގެނެވުނު ބަދަލުތަކާއެކު ކައުންސިލްގެ ރައީސްކަމަށަށާއި، ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަލައްވާފައިވާ ކެނޑިޑޭޓުންގެ ނަން 2 ކަރުދާހަކަށް ޗާޕުކުރުމަށް މިހާރު ނިންމާފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ބާ ކައުންސިލްގެ އިންތިޚާބުގައި ޖުމްލަ 23 ކެނޑިޑޭޓަކު ވާދަކުރާއިރު، ކައުންސިލްގެ ރައީސްކަށް ކުރިމަތިލައްވާފައިވަނީ ޤާނޫނީ ވަކީލް ޙުސްނުއް ސުޢޫދުގެ އިތުރުން ޤާނޫނީ ވަކީލް މައުމޫން ޙަމީދުއެވެ. ކައުންސިލްގެ ނާއިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ މުހައްމަދު ހަލީމްގެ އިތުރުން އަބްދުﷲ މުއިއްޒު އެވެ. އަދި އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުކަމަށް ޖުމުލަ 19 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ މި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 ޖެހުމަށާއި ހަމައަށެވެ. އަދި ކެންޕޭން ކުރުމުގެ ފުރުސަތު މިހާރުން ފެށިގެން ޖުލައި 12 ވާ ހުކުރުދުވަހުގެ ހަވީރު 6 ޖެހުމާއި ހަމައަށް ކުރެވޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު