Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިކަން

ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮއްފި

3 ޖުލައި 2019 | ބުދަ 10:57

ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުން ބެޗްލާސް ޑިގްރީ ހާސިލް ކުރުމަށް 3 ސްކޮލަރޝިޕް ދިނުން ހިމެނޭ

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 3 ޖުލައި 2019 | ބުދަ 10:57
އެމް. އޯ. ޔޫ ގައި ސޮއިކުރުމުގެ ރަސްމިއޔާތުގެ ތެރެއިން

އެމް. އޯ. ޔޫ ގައި ސޮއިކުރުމުގެ ރަސްމިއޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަން އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ދެމެދު އަންގާރަ ދުވަހު އެމް އޯ ޔޫ އެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު ސޮއިކުރެވިގެން ދިޔަ އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު އަދި މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުން ފައުންޑަރ މުޙައްމަދު އުމަރު މަނިކުއެވެ.

މި އެއްބަސްވުމުގެ ދަށުން މުހައްމަދު އުމަރު މަނިކު ފައުންޑޭޝަންއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވި މައިގަނޑު ކަންކަމުގެ ތެރޭގައި ދަނޑުވެރިކމުގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުން ބެޗްލާސް ޑިގްރީ ހާސިލް ކުރުމަށް 3 ސްކޮލަރޝިޕް ދިނުމާއި، 6 މަސްދުވަހުގެ މުއްދަތަށް 6 ބޭފުޅަކު ރާއްޖެއިން ފޮނުވައިގެން ފީލްޑް އޮފިސަރުންގެ ގޮތުގައި ތަމްރީން ކުރުމުގެ އިތުރުން ދަނޑުވެރިކަމުގައި ދިމާވާ އެކިއެކި ބަލިތައް އަދި ރުކުމަޑީގެ ބާވަތްތައް ދެނެގަނެ އެބަލިތައް ތަހުލީލު ކުރުމަށާއި ޕެރަސައިޓް ބްރީޑް ކުރުމަށް ލެބޯޓްރީއެއް ޤާއިމްކޮށްދިނުން ހިމެނެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤަސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކުރާ ދަނޑުވެރިކަމަކީ ތިމާވެއްޓަށް ވީހާ ވެސް ގެއްލުން ކުޑަވާނޭހެން ކުރެވޭނެ މަސައްކަތްތަކަކަށް ހެދުމާއި، ދަނޑުވެރިކަމުގައި ބޭނުންކުރަމުންދާ ޤުދުރަތީ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ވާޞިލްކޮށްދިނުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ކުރާގޮތުން އިންސާނުންގެ ސިއްހަތަށް ކުރާ ނަވަތަ ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ. އަދި ދަނޑުވެރިކަމުގެ މަސައްކަތުން އުފައްދާ ތަކެއްޗަކީ އިންސާނުންނަށް ކެއިންބުއިމަށް ރައްކާތެރި ތަކެތި ކަމަށް ހެދުމާއި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތުން ހޯދާނަފާ އިތުރުވާނެ މަގުތައްފަހި ކޮށްދިނުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާއިން މީހުންބިނާ ކުރުން އިތުރު ކުރުމެވެ.

މި އެމްއޯޔޫގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް އެދެވޭ މިންވަރެއްގެ ކުރިއެރުން ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް