Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކަމިޝަން

ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރަން ހުށައެޅި ބިލަށް ބަހުސް ކުރަން ފަށައިފި

1 ޖުލައި 2019 | ހޯމަ 07:50

އެބިލް މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 25ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 ޖުލައި 2019 | ހޯމަ 07:50
ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު

ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލުގެ ބަހުސް މަރުހަލާ ފަށައިފިއެވެ.

އެބިލް މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 25 ގައި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ.

Advertisement - newsAdvertisement

އެބިލްގައިވާ ގޮތުން އާ ޑީޖޭއޭ ހިންގާނީ މިހާރު އޮތް ޑީޖޭއާއި ޚިލާފަށް ޗީޕް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުންނެވެ. މިހާރު ޑީޖޭއޭ ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. އަދި ބިލްގައިވާ ގޮތުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކުރާނީ ޖޭއެސްސީންނެވެ.

އާ ޑީޖޭއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ ރަޖިސްޓްރާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުމާއި ކޯޓުތަކަށް އިދާރީ މުވައްޒަފުން ޢައްޔަނުކުރުމާއި، މަޤާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން ހިމެނެއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނަށާއި، ކޮމިޝަންގެ މުވައްޒަފުންނަށާއި، ޝަރުޢީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން ވެސް އާ ޑީޖޭއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އަދި ފަނޑިޔާރުންނަށް ޗުއްޓީ ދިނުމުގެ ބާރު ވެސް ބިލުން ދީފައި އޮތީ އާ ޑީޖޭއޭ އަށެވެ.

ފަނޑިޔާރަކު މަސައްކަތް ކުރަމުންއައި ކޯޓު އުވިގެންދާ މަރުޙަލާ ފިޔަވައި، އެހެން ޙާލަތްތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ ޢައްޔަން ކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަންވާނީ، ޖުޑީޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށާއި ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާ ނަމަ، ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އައި ކޯޓާ އެއްފަދަ، އެއް ދަރަޖައެއްގެ ކޯޓަކަށް ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ހުށައެޅިބިލުގައި ބުނެފައި ވަނީ އާ ޑީޖޭއޭ އުފެދުމާއެކު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުން އައި ޑީޖޭއޭ އުވޭނެ ކަމަށެވެ. އަދި ކުރީގެ ޑީޖޭއޭގެ ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެޑިޕާޓްމަންޓްގެ އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، އާ ޑީޖޭއޭގެ ދަށަށް ބަދަލުވާނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

13 އެޕްރީލު 2017
އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
13 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް