Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމާ ޝަކޫރު

އާޒިމާއަށް ޗިޓު ހަވާލުކުރަން އަނެއްކާވެސް މަސައްކަތް ކުރަނީ

1 ޖުލައި 2019 | ހޯމަ 06:51

އާޒިމާގެ މައްޗަށް ކުރަނީ ޔާމީން އަށް މަނީ ލޯންޑަރކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 ޖުލައި 2019 | ހޯމަ 06:51
ޔާމީނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު

ޔާމީނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ މައްސަލައިގައި"ޗިޓު ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް"ކޯޓުތަކާއި ބެހޭ އިދާރާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އުޅެނީ އޭރު ރާއްޖޭގައި ނޫޅުއްވާތީ ކަމަށް ޑީޖޭއޭއިން ބުނެފައި ވެއެވެ .އެމައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓު އޭނާއާއި ހަވާލު ކުރަން އޮތް ދުވަހު ރާއްޖޭގައި ނޫޅުއްވާކަން ކަމާބެހޭ އިދާރާތްތަކާއި ގުޅިގެން ބެލި ބެލުމުން އެނގިފައިވާ ކަމަށް އޭރު ޑީޖޭއޭއިން ބުންޏެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ދައުވާއާ ގުޅޭ ލިޔެކިޔުންތަކާއި މައްސަލައަށް ޖަވާބުދާރީ ވުމަށް ތައްޔާރުވާން ލިޔެކިޔުންތައް ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އޭނާއާއި ހަވާލު ކުރުމަށް މަސައްކަތް ކުރިއެވެ. އެކަމަކު އެ ލިޔުންތަކާއި ޗިޓުތައް ހަވާލު ނުކުރެވުނީ ރާއްޖެއިން ބޭރުގައި އުޅުއްވާތީއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އާޒިމާ ރާއްޖެ ވަޑައިގެން އުޅުއްވާތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެއްޖެއެވެ.

އެކަމާއި ގުޅިގެން ޑީޖޭއޭގެ ތަރުޖަމާން ފައިސަލް އާދަމް ވިދާޅުވީ އާޒިމާގެ މައްސަލައަށް ވުރެ ކުރިން ދުވަސްވީ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި ކޯޓުގެ ފަނޑިޔާރުން މަދުވުމުގެ ސަބަބުން މައްސަލަތައް ލަސްވަމުން ދާކަމަށެވެ. އަދި އާޒިމާގެ މައްސަލައަކީ މިއަހަރު ހުށައެޅި މައްސަލައެއް ކަމަށާއި އާޒިމާގެ މައްސަލައިގައި ޗިޓު ހަވާލު ކުރުމުގެ މަސައްކަތް ކްރިމިނަލް ކޯޓުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އާޒިމާގެ މައްސަލައިގައި އަލުން ޗިޓު ހަވާލު ކުރުމަށް ކްރިމިނަލް ކޯޓުން މަސައްކަތް ފެށީ ކޮން ތާރީޚެއްގައި ކަމެއް އޭނާ ވިދާޅެއް ނުވިއެވެ.

އެނގިފައިވާ ގޮތުގައި ރާއްޖެއަށް އެނބުރި ވަޑައިގެންނެވުމަށްފަހު އާޒިމާ ދިރިއުޅުއްވަނީ ހުޅުމާލޭގައެވެ.

އާޒިމާ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އޭނާގެ މަނީ ލޯންޑަރިންގެ ދައުވާ ކުރުމަށް ފޮނުވި ތަނާހެންނެވެ.

ރައީސް ޔާމީނަށް މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ ތަހުގީގަށް އާޒިމާ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައި ވެއެވެ.

ރައީސް ޔާމިންގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން އެދުނީ އާޒިމާގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދުނު ދުވަހުއެވެ. ޔާމިންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ދަނީ ހިންގަމުންނެވެ. އެދައުވާގެ ޝަރީއަތުގެ ދެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިހާތަނަށް ވަނީ ބާއްވާފައެވެ. އޭގެ ފަހުން އެމައްސަލައިގެ ޝަރީއަތެއް ވެސް ބާއްވާފައެއް ނުވެއެވެ.

ރައީސް ޔާމީނާއި އާޒިމާގެ މައްސަލަތައް ނުބެލި ހުއްޓިފައި ވަނީ ކީއްވެތޯ އެހުމުން ފައިސަލް ވިދާޅުވީ އެހެން މައްސަލަތަކެކޭ އެއްގޮތަށް އެމައްސަލަތައް ވެސް ކުރިއަށް ދާކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް