Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށި ޖަލުގައި ހިނގި ހަމަނުޖެހުން

ޖަލުގެ ތެރޭގައި ހުރެގެން ނުވާނެ ސާމާނު މާފުށީ ޖަލުން ހޯދިފައިވޭ: ހޯމް މިނިސްޓްރީ

23 ޖޫން 2019 | އާދީއްތަ 14:50

އެތަކެތި މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެންދެވިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ޖޫން 2019 | އާދީއްތަ 14:50
މާފުށީ ޖަލު

މާފުށީ ޖަލު

ކ. މާފުށީ ޖަލުގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގައި ޖަލުތެރޭގައި ހުރެގެން ނުވާނެ ސާމާނު ހޯދިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން އާދިއްތަ ދުވަހުގެ ރޭ ކޮށްފައިވާ ޓްވީޓްގައި ވަނީ މާފުށީ ޖަލުގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕްރޭޝަން މިއަދަށް ނިންމާލާފައިވާ ކަމަށާއި އޮޕްރޭޝަން ކުރިއަށް ދިޔައީ އަމާން ކަމާއި އެކުގައި ކަމަށެވެ.

Advertisement - newsAdvertisement

އަދި ޖަލުތެރޭގައި ހުރެގެން ނުވާނެ ސާމާނު މި އޮޕްރޭޝަންގައި ހޯދިފައިވާ ކަމަށާއި އެތަކެތި މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށެވެ.

މާފުށީ ޖަލު ބަލައި ފާސްކުރުމަށް ހޯމް މިނިސްޓްރީން ނިންމާފައިވަނީ މާފުށީ ޖަލުގެ ރިމާންޑް މީހުން ބަންދުކޮށްފައިވާ ޔުނިޓްގެ ކެމެރާތައް ތަޅާލައި އެ ޔުނިޓްގައި ޖަލުގެ ސަލާމަތަށް ނުރައްކާވާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޫން 20 ވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމަށް ފަހު ބައެއް ބަންދުގެ މީހުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސް ކަމުގެ ސަބަބުން ޖަލުގެ ކަންކަން އާންމު ހާލަތަށް ގެނައުމަށް ގޮންޖެހުމާއި ކުރިމަތިވެފައިވާ ކަމަށެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ އިރުޝާދުގެ މަތިން ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްއާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ހާޒިރުގައި ފުރިހަމައަށް އޯޑިއޯ އަދި ވީޑިއޯ ރިކޯޑް ކުރެވިގެން ބަލާ ފާސްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާއި ޖަލު އޮފިސަރުން ހިފަހައްޓަން ޖެހޭ ސުލޫކީ އަދި އަހްލާޤީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމާއި ބާރުގެ ބޭނުން ކުރާނީ ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެ ހާލަތާއި އެކަށީގެންވާ އެންމެ ދަށް މިންވަރަށްކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ގާތުން ބެލުމުގެ ފުރުސަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބޭނުންވާނަމަ އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖޫން 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާ ދިޔަ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީން ގެންގުޅޭ ސިޔާސަތަކީ ސިއްރު ކުރުމުގެ ސަޤާފަތް ނޫން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް