Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ މަރުކަޒުތައް ހޮސްޕިޓަލުތަކަށް ބަދަލުކުރުން

އަލިފުއްޓާއި ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޑިޒައިނިންގ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

23 ޖޫން 2019 | އާދީއްތަ 09:50

ރ އަލިފުށީ ސިއްހީމަރުކަޒުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖޫން 2019 | އާދީއްތަ 09:50
ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގެ ތެރެއިން

ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގެ ތެރެއިން

ރ. އަލިފުއްޓާއި ނ. ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރަތް ޑިޒައިންކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރުކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހު މިނިސްޓްރީ އޮފް ހެލްތުގައި އޮތް ރަސްމިއްުޔާތެއްގައި ރ. އަލިފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އަޅަންޖެހޭ އިމާރަތް ޑިޒައިން ކުރުމާއި، އެ އިމާރާތުގެ އާކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ސާރވިސަސް ކުރެހުންތަކާއި ބީއޯކިއު ތައްޔާރު ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގައި ހެލްތު މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީޕް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.

Advertisement - newsAdvertisement

މި މަޝްރޫއު ނިންމުމަށް އެމްޓީސީސީއަށް 28 ދުވަސް ދީފައިވާއިރު، މަޝްރޫއުގެ އަގަކީ 237،613.10 (ދެލައްކަ ތިރީސް ހަތް ހާސް ހަ ސަތޭކަ ތޭރަ ރުފިޔާ ދިހަ ލާރި ) އެވެ.

އޭގެ އިތުރުން، ނ ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫއު އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވާއިރު، މި މަޝްރޫއުގެ އަގަކީ 96،000 ރުފިޔާ (ނުވަދިހަ ހަ ހާސް ރުފިޔާ) އެވެ. އަދި މަޝްރޫއު ނިންމަން އެ ކުންފުންޏަށް 25 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ބ އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރަތް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން އެ މަޝްރޫއު ނިންމަން 35 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އަގަކީ 120،000 (އެއްލައްކަ ވިހި ހާސް ރުފިޔާ) ރުފިޔާއެވެ.

ރ. އަލިފުއްޓާއި ނ. ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެވުމުން އެ ރަށްރަށުގައި ދަރަޖަ 1 ގެ ހޮސްޕިޓަލުތައް ޤާއިމުކުރެވި، އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޚިދުމަތްތަކާއި، ހޭނައްތާ ޑޮކްޓަރުންނާއި، އެތެރެހަށި އަދި އޮޕަރޭޝަން ޑޮކްޓަރުންގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުތަކުން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، ދަތުގެ ޚާއްސަ ފަރުވާ އާއި، 4 އެނދުގެ ޑަޔަލިސިސް ޚިދުމަތާއި، އެކްސްރޭ، ލޭބަރ ރޫމް އަދި އަލްޓްރާ ސައުންޑް ސްކޭން ފަދަ ޚިދުމަތްތައްވެސް ފެށިގެންދާއިރު، ހޮސްޕިޓަލުގައި 5 ވާރޑާއި، 6 ޕްރައިވެޓް ރޫމް ހިމެނޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަން ތަރައްޤީ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާއިރު، ސިއްހީ ޚިދުމަތްތައް އެއް ތަނަކަށް ތޮއްޖެހިފައި އޮންނަ އޮތުން ބަދަލު ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، އެގޮތުން މާލެއާ އެއް ފެންވަރެއްގައި ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް 10 ރަށެއްގައި ހޮސްޕިޓަލުތައް ތަރައްޤީ ކުރުމަށް ވިސްނަވާ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް