Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާލް ހަޝޯގީގެ މަރު

ޚާޝުގްޖީގެ ހަށިގަނޑު ކުދިކުދި ކޮށްލުމުގެ ވާހަކަ ދައްކާފައިވޭ: އދ

20 ޖޫން 2019 | ބުރާސްފަތި 06:43

ގުރުބާން ކުރަންޖެހޭ ޖަނަވާރު އައިސްފިތޯ ބިން ސަލްމާންގެ ބޮޑީގާޑަކު އަހާފައިވޭ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 20 ޖޫން 2019 | ބުރާސްފަތި 06:43
ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ

ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ

ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ، އިސްތާންބުލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރެއަށް ވަނުމުގެ 13 މިނިޓް ކުރިން، އެތަނުގެ އެ ތެރޭގައި ތިބި ސައުދީ އޮފިޝަލުން، މީހެއްގެ ހަށިގަނޑު ވަކިވަކި ކުރުމުގެ ވާހަކަ ދައްކާފައިވާ ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ފޯރ އެކްސްޓްރާ ޖުޑީޝަލް ކިލިންގސް އޯރ އަރބިޓްރަރީ އެކްސިކިއުޝަންސް އެގްނިސް ކަލަމަރޑް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

ޚާޝުގްޖީގެ މަރާ ގުޅޭ ގޮތުން ކަލަމަރޑް ތައްޔާރު ކޮށްފައިވާ ރިޕޯޓްގައިވާ އޯޑިއޯ ރިކޯޑިންއެއްގައި ވާ ގޮތުން، "ގުރުބާން ކުރަންޖެހޭ ޖަނަވާރު" އައިސްފިތޯ ސައުދީގެ އިންޓެލިޖެންސްގެ ސީނިއަރ އޮފިސަރ އަދި ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ ބޮޑީގާޑެއް ކަމަށްވާ މާހާ އަބްދުލް އަޒީޒް އަލް މުތްރިބް އަހާފައި ވެއެވެ.

އޭނާ ކުރި ސުވާލަށް ޖަވާބު ދެމުން އެހެން މީހަކު "އޭނާ އައިއްސި" ކަމަށް ބުނާކަން އެ އޯޑިއޯ އިން އިނގެއެވެ.

ޚާޝުގްޖީ ކޮންސިއުލޭޓަށް ހާޒިރުވުމުގެ ކުރިން، މުތްރިބް ވަނީ، ހަށިގަނޑަށް ހަދާނެ ގޮތަކާ މެދު ސައުދީގެ ނަން މަޝްހޫރު ފޮރެންސިކް ޑޮކްޓަރެއް ކަމަށްވާ ސަލާހް މުހައްމަދު ތުބައިގީ ކައިރި ސުވާލު ކޮށްފައެވެ. އޭގެ ޖަވާބުގައި ކަށިތައް ވަކިވަކި ކުރެވިދާނެ ކަމަށާއި ހަށިގަނޑު ބަރު ނަމަވެސް ބިންމަތީގަ ވަކިވަކި ކުރުމަށް ފަހު، ކޮތަޅު ކޮތަޅަށް އަޅާ ބަންދު ކުރާނީ ކަމަށް ތުބައިގީ ބުނެފައިވާ ކަމަށް ކަލަމަރޑްގެ ރިޕޯޓުގައި ވެއެވެ.

ބިން ސަލްމާންގެ ބައިވެރިވުމާ ނުލާ ޚާޝުގްޖީ މަރާލުމުގެ ޖަރީމާ ނުހިންގޭނެ ކަމަށް ވިދާޅުވެ، ކުރިން ވެސް ކަލަމަރޑް ވަނީ ތުހުމަތުކޮށްފައެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލައާ ގުޅިގެން ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިސްތަށިފުޅުގައި ޚާޝުގްޖީ މަރާލަން އަމުރުކުރެއްވި ކަމަށް ތުހުމަތު ކުރެއްވި ކަމުގައިވީ ނަމަވެސް، ސައުދީ ސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ ޚާޝުގްޖީ މަރާލުމުގައި ވަލީއަހުދުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށެވެ.

މި ކަމާ ގުޅޭ ގޮތުން، އެމެރިކާގެ ސީއައިއޭ އިން ނިންމާފައި ވަނީ ޚާޝުގްޖީ މަރާލުމުގެ އޯޑަރު ދިން ކަމަށް ބެލެވެނީ ވަލީއަހުދު ކަމަށެވެ. އަދި ސީދާ ވަލީއަހުދުގެ ނަން ގަނެފައި ނުވި ނަމަވެސް، މި ކަމުގައި ސައުދީ ސަރުކާރުގެ އެންމެ "މަތީ ފަންތިން" ބައިވެރިވެފައިވާ ކަމަށް ތުރުކީއިން ވެސް ތުހުމަތުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު
31 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި

31 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި
28 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް