Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކައިލް ވޯކާ

ސިޓީގެ އެއްބަސްވުން އާކުރަން ވޯކާ ނިންމައިފި

ވޯކާ ވަނީ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ދެ އަހަރަށް އިތުރުކުރަން ނިންމާފައި

ލީވާން އަލީ
ލީވާން އަލީ | 19 ޖޫން 2019 | ބުދަ 07:12
ކައިލް ވޯކާ

ކައިލް ވޯކާ

މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން އިނގިރޭސި ރައިޓް ބެކް ކައިލް ވޯކާ ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ އިވްނިންގ ސްޓޭންޑާޑުން ބުނީ، ސިޓީއާ އެކު ވޯކާ ހަދާފައިވާ އެއްބަސްވުން ދެ އަހަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށާއި، އާ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފްތާއަކު 180،000 ޕައުންޑު ލިބޭނެ ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ވޯކާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އާ އެއްބަސްވުމާއެކު 2024 ނިޔަލަށް އޭނާ ކްލަބުގައި މަޑުކުރާނެއެވެ.

ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް ވޯކާ ސިޓީއަށް ބަދަލުވީ 2017 ވަނަ އަހަރު 45 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 100 މެޗު ކުޅެ، ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ވޯކާ ވަނީ ސިޓީއާއެކު ޕްރިމިއާ ލީގު ދެފަހަރު، ލީގް ކަޕް ދެފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ޝެފިލްޑް ޔުނައިޓެޑުން ކެރިޔަރު ފެށި ވޯކާ ޓޮޓެންހަމް އަށް ބަދަލުވީ 2009 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބުގައި 8 ސީޒަން ހޭދަކޮށް ކުޅުނު 228 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޓޮޓެންހަމްގައި ހުރެ ޝެފިލްޑް ޔުނައިޓެޑް، ކުއީންސް ޕާކް ރޭންޖާސް އަދި އެސްޓަން ވިލާ އަށް ލޯން އެއްބަސްވުމެއްގެ ދަށުންވެސް ކުޅެފައެވެ.

އިންގްލޭންޑް ގައުމީ ޓީމަށް 48 މެޗު ކުޅެފައިވާ ވޯކާ ވަނީ 2011 ވަނަ އަހަރު އޮތް ޔުއެފާ ޔޫރޯގެ ޓީމް އޮފް ދަ ޓޯނަމަންޓްގައިވެސް ހިމެނިފައެވެ. މީގެއިތުރުން އޭނާ ވަނީ ޕީއެފްއޭގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު 2011 ވަނަ އަހަރު ހޯދާފައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު