Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރު ދީދީގެ އަނބިކަނބަލުން

ފަނޑިޔާރު ދީދީގެ އަނބިކަނބަލުން މަޤާމުން ވަކިކޮށްފި

ޣަނިޔާ ހުންނެވީ ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ޖޫން 2019 | އަންގާރަ 21:11
ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣަނިޔާ އަބްދުލްޣަފޫރު

ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣަނިޔާ އަބްދުލްޣަފޫރު

ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣަނިޔާ އަބްދުލްޣަފޫރު މަގަމުން ވަކިކޮށްފިއިވާ ކަމަށް ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޣަނިޔާ އައްޔަންކުރައްވާފައިވަނީ ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގައެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު ތިން މައްސަލައެއް ބަލަމުންދާ ކަމަށާއި، މިހާރު އެ ކޮމިޝަނުން ބަލަމުން ދަނީ ދީދީގެ ފަސް މައްސަލަ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ. ދީދީއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީ އަށް ހުށައެޅި، އެ މައްސަލަ ތަހުގީގު ކުރުމަށް ހޯމަ ދުވަހުގެރޭ ދީދީ ވަނީ ޖޭއެސްސީ އަށް ހާޒިރުވެވަޑައިގެންފައެވެ.

އެ ދެ މައްސަލައަކީ ވެސް ދީދީއާ ގުޅުން ހުރި ސުލޫކީ މައްސަލަތަކެވެ.

އަންގާރަ ދުވަހު ޖޭއެސްސީން ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ކޮމިޝަންގެ ޑިރެކްޓަރު މުއުމިނާ އުމަރު ވިދާޅުވީ، އެ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުންދާ ދެ މައްސަލައިގެ އިތުރުން އިތުރު ތިން މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.

މުއުމިނާ ވިދާޅުވީ ދީދީގެ ދެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު، ދީދީ ބޭނުންފުޅުވާ ނަމަ އެ ތިން މައްސަލަ ވެސް ކުރިޔަށް ގެންދާނީ ހުޅުވާލައިގެން ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ތިން މައްސަލައެއް ކަމެއް މުއުމިނާ ވިދާޅެއްނުވެއެވެ. ފަނޑިޔާރު ދީދީގެ މައްސަލަ ބަލަން ޖޭއެސްސީން ވަނީ ކޮމިޓީއެއް އެކުލަވައިލާފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު