Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. ގެ ޚާއްސަ ރެޕަޓުއަރ ބެނޫން

ތިމާވެއްޓާއި ހަރުކަށި ފިކުރުތަކުގެ ސަބަބުން ރާއްޖޭގެ ސަގާފަތަށް ނުރައްކާވެފައިވޭ: އދގެ ޚާއްސަ ރެޕަޓުއަރ

18 ޖޫން 2019 | އަންގާރަ 13:10

ބެނޫންގެ ރިޕޯޓް ތައްޔާރުކުރެއްވުމަށް މައުލޫމާތު އެއްކުރެއްވުމަށް އައްޑޫ ސިޓީ އަށް ވެސް ވަޑައިގެންނެވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 ޖޫން 2019 | އަންގާރަ 13:10
އދ. ގެ ސްޕެޝަލް ރެޕަޓުއަރއަކަށް ބެނޫން އައްޔަން ކުރައްވާފައި ވަނީ 2015 ވަނަ އަހަރު

އދ. ގެ ސްޕެޝަލް ރެޕަޓުއަރއަކަށް ބެނޫން އައްޔަން ކުރައްވާފައި ވަނީ 2015 ވަނަ އަހަރު

ތިމާވެެއްޓާއި ހަރުކަށި ފިކުރުތަކުގެ ސަބަބުން ސަގާފަތަށް އޮތް ނުރައްކަލާ ހެދި ދިވެހީންގެ ސިޔާސީ އުންމީދަށް ހުރަސް އެޅޭ ކަމަށް ސަގާފީ ހައްގުތަކާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއަރ، ކަރީމާ ބެނޫން އަންގާރަ ދުވަހު ވިދާޅުވެެއްޖެއެވެ.

ޖޫން މަހުގެ 9 ން 18އަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެއްކުރައްވާފައިވާ މައުލޫމާތުގެ އަލީގައި ނެރުއްވާފައިވާ ޕްރިލިމިނަރީ އޮބްޒަވޭޝަންއާ ބެހޭ ގޮތުން އިތުރު މައުލޫމާތުދެއްވުމަށް މާގިރި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެނޫން ވިދާޅުވީ ދިވެހިރާއްޖޭގައި ހަރުކަށި ފިކުުރުތަކާއި ފަލްސަފާތައް އަށަގެންނެވުމަށް ކުރެވެމުންދާ ކަންކަމާ ގުޅޭ ގޮތުން ކަންބޮޑުވާވަރުގެ ރިޕޯޓްތައް ވަނީ ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިންޓަރނެޓްގައި ހަރުކަށި ޚިޔާލު ފާޅުކުުރުން އިތުރުވާއިރު މި ކަންކަން ކުރުމުގައި ބައެއް ފަހަރު ޓީޗަރުން ވެސް ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އަދި ބައެއް ފަރާތްތަކާ ދެކޮޅަށް ބިރުދެއްކުމާއި ފުރައްސަރަކުރުމުގެ އަމަލުތައް ވެސް ހަރުކަށި ފިކުރުތައް ގަބޫލްކުރާ މީހުން ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފަވާ ކަމަށް ވިދާޅުވިއެވެ.

ދާރުލް އާސާރަށް 2012 ވަނަ އަހަރު ބަޔަކު ވަދެ، އެތަނުގައި ހުރި އާސާރީ ތަރިކައަށް ގެއްލުންދިން ހާދިސާ ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ހަރުކަށި ފިކުރުތަކުގެ ފަލްސަފާތަކުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި ނުރައްކާތެރި ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީއެއް އުފައްދަވައި އަދި އެނޫން ވެސް ގޮތްގޮތުން ސަގާފަތް ދިރުވުމަަށް ސަރުކާރުން މަސައްކަތްކުރާކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ދިވެހިރައްޔިތުންގެ ކިބައިން ފެނުނީ ސަގާފަތް ދިރުވާ އާލާ ކުރުމުގެ ޝައުގުވެރިކަން ކަމަށް ފާހަގަކުރައްވާފައެވެ.

ބެނޫންގެ ރިޕޯޓަށް މައުލޫމާތު އެއްކުރެއްވުމަށް ދައުލަތުގެ ގިނަ ވުޒާރާތަކާއި ސިޔާސީ ފަރާތްތަކާ އެކު ބައްދަވުންތައް ބާއްވާފައިވާއިރު ހޯމް މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިނުވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަށް ކުރެެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ޚާއްސަ ޚާއްސަ ރެޕަޓުއަރ އެކުލަވާލާ ރިޕޯޓާއި އަދި ހުށަހަޅުއްވާ ހުށަހެޅުއްވުންތަކުގެ ތަފްސީލްތައް 2020 ވަނަ އަހަރުގެ މާރޗު މަހު ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ސެޝަނަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

އދ. ގެ ސްޕެޝަލް ރެޕަޓުއަރއަކަށް ބެނޫން އައްޔަން ކުރައްވާފައި ވަނީ 2015 ވަނަ އަހަރުއެވެ.

އެ ކަމަނާގެ މި ދަތުރުފުޅަކީ 2013 ވަނަ އަހަރަށް ފަހު އދ. ގެ ޚާއްސަ ރެޕަޓުައަރއަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް