Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޔަވަޅު އެޅުން

ތިން އެކްސިޑެންޓެއްގައި އިހުމާލުވި ފަރާތްތަކާއި މެދު ފިޔަވަޅު އަޅައިފި

16 ޖޫން 2019 | އާދީއްތަ 16:01

އެކްސިޑެންޓްވެ އަންގަން ޖެހޭ ފަރާތްތަކަށް ނޭންގުމުން މީހަކު ޖުރިމަނާކޮށްފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 16 ޖޫން 2019 | އާދީއްތަ 16:01
ސައިކަލު އެކްސިޑެންޓެއް ހިނގާފައި

ސައިކަލު އެކްސިޑެންޓެއް ހިނގާފައި

ޖޫން މަހު ހިނގި ބޮޑު ތިން އެކްސިޑެންޓެއްގައި އިހުމާލުވި ތިން ފަރާތާއި މެދު ޓްރާންސްޕޯރޓް މިނިސްޓްރީން ފިޔަވަޅު އަޅައިފިއެވެ.

ފިޔަވަޅު އަޅާފައިވަނީ ޖޫން މަހުގެ 4 ވަނަ ދުވަހު, މާލެ ހުޅުމާލެ ލިންކު ރޯޑްގެ ޑިވައިޑަރ ތަކުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހާއަށެވެ. އެމީހާގެ ލައިސަންސް 1 އަހަރު ދުވަހަށް ހިފަހައްޓާފައިވާއިރު، އެކްސިޑެންޓްވެ އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ ސިއްރުކުރި މައްސަލައާއި ގުޅިގެން ކާރު ދުއްވި މީހާ ޖުރިމަނާ ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އޭގެއިތުރުން ދެން ފިޔަވަޅު އަޅާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ބުރިޖުމަތިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެގޮސް، މެރިން ރިސާރޗް ސެންޓަރުގެ ފާރުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ކާރު ދުއްވި މީހާއަށެވެ. އޭނާގެ ލައިސަންސް 1 އަހަރާއި 6 މަސް ދުވަހަށް ހިފަހައްޓާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ދެ އެކްސިޑެންޓުގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު މާލެ ހުޅުމާލެ ލިންކުރޯޑް ރާޑަރ ހިމެނޭ ސަރަހައްދުން ބާރު ސްޕީޑްގައި ދުއްވި ކާރު ކޮންޓްރޯލް ނުވެ، ޑިވައިޑަރ ތަކުގައި ޖެހި އެކްސިޑެންޓްވި މައްސަލައާއި ގުޅިގެން ކާރު ދުއްވި މީހާގެ ލައިސަންސް 1 އަހަރު ދުވަހަށް ހިފަހައްޓާފައި ވެއެވެ.

ފުލުހުން ބުނީ ޓްރާންސްޕޯރޓް މިނިސްޓްރީން މި މައްސަލަ ތަކުގައި ހިމެނޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވަނީ ފުލުހުންގެ އިދާރާއިން މި އެކްސިޑެންޓް ތަކުގައި ހިމެނޭ މީހުންނާއި މެދު އިދާރީ ފިޔަވަޅު އެޅުމަށް ޓްރާންސްޕޯރޓް އޮތޯރިޓީއަށް ފޮނުވުމުން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް