Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ހެލްތް އެކްސްޕޯ

އިންޑިއާ ހެލްތް އެކްސްޕޯ މެދުވެރިކޮށް ޑޮކްޓަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތު

މި އެކްސްޕޯ ކުރިއަށްދާނީ މާދަމާގެ ނިޔަލަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖޫން 2019 | ހުކުރު 13:15
އިންޑިއާ ހެލްތް އެކްސްޕޯ

އިންޑިއާ ހެލްތް އެކްސްޕޯ

އިންޑިއާ ހެލްތް އެކްސްޕޯ މެދުވެރިކޮށް އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އަސަރީ ސަރވިސަސްގެ ފަރާތުން ބުނެފިއެވެ.

މި ހެލްތް އެކްސްޕޯ ދަރުބާރުގޭގައި ފަށާފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެކްސްޕޯ ކުރިއަށްދާނީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު އެކްސްޕޯ އޮތީ ދަރުބާރުގޭގައެވެ.

Advertisement - newsAdvertisement

އަސަރީ ސާރވިސަސްގެ އިވެންޓް ޑިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ އެކްސްޕޯގައި އިންޑިއާގެ ޤާބިލް ހޮސްޕިޓަލްތަކުން ބައިވެރިވެފައިވާ ކަމަށާއި އެކި ބަލިތަކާއި ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި އެކްސްޕޯގައި ހިތުގެ ބަލިތަކާއި ދަރިން ނުލިބުމުގެ މައްސަލަތަކުގެ މައުލޫމާތު ވެސް ފޯރުކޮށްދެވިގެންދާނެއެވެ. މި އެކްސްޕޯގައި އިންޑިއާގެ 16 ހޮސްޕިޓަލަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޕީއެސްޖީ ހޮސްޕިޓަލް، ބީއާރް ލައިފް ގްރޫޕް ހޮސްޕިޓަލް، ވައިދިޔާ ހެލްތް ކެއަރ އަޔުރްވެދާ، ފްރަންޓިއަރ ލައިފް ލައިން ހިމެނެއެވެ.

މި އެކްސްޕޯގައި އިންޑިއާގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކުގެ އިސް ފަރާތްތަކުން ބައިވެރިވެއެވެ.

މި އެކްސްޕޯގައި ސިއްހީ އެކި ކަންތައްތަކާއި ބެހޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވިގެންދާއިރު މިއީ ރާއްޖޭގައި ސިއްހީ ދާއިރާއާ ގުޅޭ އެކްސްޕޯއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު