Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ސްކެއަރ

އައްޑޫ ސިޓީ ސްކެއަރ ޖުލައި މަހު ހުޅުވަނީ

6 ޖޫން 2019 | ބުރާސްފަތި 09:31

އެންމެ ފުރަތަމަ ކުރެވޭ މަސައްކަތަކީ ސިޓީ ސްކުއެރ ގެ ބޮޑު ދިދަ އަލުން ނެގުމުގެ މަސައްކަތް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 6 ޖޫން 2019 | ބުރާސްފަތި 09:31
އައްޑޫ ސިޓީގެ 5.3 ބިލިޔަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއެއް ރައީސް ސޯލިހު ވަނީ އިއުލާންކުރައްވާފައި

އައްޑޫ ސިޓީގެ 5.3 ބިލިޔަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއެއް ރައީސް ސޯލިހު ވަނީ އިއުލާންކުރައްވާފައި

އައްޑޫ ސިޓީ ސްކެއަރ އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާ ޖެހިގެން އައްޑޫ ސްޓޭޓް ހައުސް ކުރިމަތިން އޮތް ބިމުގައި ސިޓީ ސްކުއަރ ފުރަތަމަ ހަދާފައި ވަނީ 2011 ވަނަ އަހަރު ސާކު ސަމިޓާ ގުޅުވައިގެން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. ސިޓީ ސްކެއަރ ހެދުމަށް ފަހު އެ އަހަރުގެ ޖުމްހޫރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އެތާ ބާއްވާފައިވެއެވެ. ނަމަވެސް ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން އެތަނާ މެދު އަޅާނުލާ އެތަން ވަނީ ވީރާނާވާން ދޫކޮށްލާފައެވެ.

Advertisement - newsAdvertisement

ސިޓީ ސްކެއަރ ވިރާނާ ވުމާ ގުޅިގެން އާ ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، 4 އެޕްރީލްގައި ސިޓީ ކައުންސިލުން ވަނީ ސިޓީ ސްކެއަރ ތަރައްޤީކޮށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައެވެ.

ސޯބެ ރާއްޖެ އެމްވީ އަށް ވިދާޅުވީ ސިޓީ ސްކެއަރ އަންނަ ޖުލައި މަހު ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ އިރު، ޚާއްސަ ރަސްމިއްޔާތަކާ އެކު ކޯއްޓޭއަށް ދިދަ ނެގޭނެ ކަމަށާއި، ދިވެހި ޤައުމީ ދިދަ އައްޑޫގެ ޖައްވުން ވިހުރެވޭ އުފާވެރި މަންޒަރު އަލުން ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރަސްމީ އެކި ހަފްލާތައް ވެސް ސިޓީ ސްކެއަރގައި ބޭއްވޭނެ ކަމަށާއި، ކުދިންނަށް ޚާއްސަ ކުރެވިގެން ހަދާ ޕާކެއް ވެސް އެތަނުގައި ތަރައްގީކުރާނެ ކަމަށެވެ. ކައުންސިލުން ބުނީ އެތަން ތަރައްޤީކޮށް ނިމޭއިރު އެތަން ވެގެންދާނީ ކުދި ބޮޑު އެންމެންނަށް ހިތްފަސޭހެކަމާ އެކު އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެވޭ ފަދަ ހިތްގައިމު މާހައުލަކަށް ކަމަށާއި، ކޮންމެ އުމުރެއްގެ މީހަކަށް ވެސް ހިތްހަމަޖައްސާލެވޭ ފަދަ އާންމު މައިދާނަކަށް ކަމަށެވެ.

ސިޓީ ސްކުއަރ ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ ސިޓީ ސްކުއަރ ތަރައްޤީ ކުރުމުގެ މި މަޝްރޫޢުއަކީ ސަރުކާރުން އައްޑޫގެ ތަރައްޤީ ކުރަން ހުރި ކަންކަމުގެ ފެށުން ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި އެހެނިހެން ގިނަ މަޝްރޫޢުތަކެއް ފެށިގެން ދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް