Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުން އަނެއްކާ ވެސް ހައްޔަރުކޮށްފި

5 ޖޫން 2019 | ބުދަ 10:19

ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 52 އަހަރު ދިވެހި އަންހެނެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 5 ޖޫން 2019 | ބުދަ 10:19
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި - ޕޮލިސް

ފުލުހުން އަތުލައިގަތް މަސްތުވާތަކެތި - ޕޮލިސް

ހުޅުމާލެ އިން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުން ކޯޓުން ދޫކޮށްލާފައި ވަނިކޮށް، އެހެން ކޯޓު އަމުރެއްގެ ދަށުން, އެ ދެ މީހުން އަނެއްކާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން، އަނެއްކާ ވެސް އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި އެ މީހުން ދިރިއުޅޭ ގެއިން ރޭ ދަންވަރު 3:15 ހާއިރު ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން އެންމެ ފުރަތަމަ މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެރޭ 03:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ހުޅުމާލޭގެ ގެއެއް ބަލާ ފާސްކުރުމަށް ހޯދި ކޯޓުގެ އަމުރުގެ ދަށުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އެ ދެ މީހުން ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 52 އަހަރު ދިވެހި އަންހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައި ވަނީ އެ އޮޕަރޭޝަންގައި ބަލާފާސްކޮށް، ދެ މީހުން ވެސް ހައްޔަރުކުރީ ހުޅުމާލެ ކޯޓުގެ އަމުރުގެ ދަށުން ކަމަށެވެ. އެ އަށް ފަހު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތުޖެހުމަށް ދެ މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ނުދީ، ކޯޓުން ދެ މީހުން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޑީޖޭއޭގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް އޭރު ވިދާޅުވެފައި ވަނީ ހުޅުމާލޭ ކޯޓުން ފުލުހުންނަށް ދީފައިވާ ކޯޓު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު 32 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަމްބަރާއި، 41 ވަނަ މާއްދާގެ (ށ) ގެ 6 ނަމްބަރުގައިވާ ކަންތައްތައް ކޯޓު އަމުރުގައި ފުރިހަމަވެފައިނުވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު 32 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަމްބަރުގައި ބުނެފައިވަނީ ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގައި ހުއްދަދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު ހުންނަންޖެހޭނެ ކަމަށެވެ. އަދި އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ 6 ނަމްބަރުގައި ބުނެފައިވަނީ މީހަކު ހައްޔަރުކުރުމަށް ނެރޭ ކޯޓު އަމުރުގައި ހުއްދަދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު ހިމަނަންޖެހޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ދެ މީހުން ހައްޔަރުކުރުމާއި ބަލައި ފާސްކުރުމަށް ހުޅުމާލޭ ކޯޓުން ފުލުހުންނަށް ދިން އަމުރުގައި އެކަންކަން ފުރިހަމަ ނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް