Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މެމްބަރުން ޒިންމާދާރުކުރެވޭނެ ގޮތްތައް ގަވާއިދުގައި ހިމަނަންޖެހޭ!

5 ޖޫން 2019 | ބުދަ 08:34

ހާޒިރުނުވާ ނަމަ މުސާރަ ކެނޑޭ ގޮތަށް ހަދަންޖެހޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 5 ޖޫން 2019 | ބުދަ 08:34
19 ވަނަ މަޖިލިސްއާ ދޭތެރޭ ރައްޔިތުން އަންނަނީ ފޮނި އުއްމީދުތަކެއް ކުރަމުން

19 ވަނަ މަޖިލިސްއާ ދޭތެރޭ ރައްޔިތުން އަންނަނީ ފޮނި އުއްމީދުތަކެއް ކުރަމުން

އާ މަޖިލިސް ފެށުމުގެ ކުރިން ވެސް އެ މަޖިލީހާ މެދު ރައްޔިތުން އައީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. އެހެން މަޖިލިސްތަކާ ޚިލާފަށް ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ މުހިއްމު މަޖިލީހަކަށް، މި މަޖިލިސް ވެގެންދާނެ ކަމަށް ރައްޔިތުން އައީ ބުނަމުންނެވެ. މި މަޖިލީހަކީ "ޕްރޮޑަކްޓިވް" މަޖިލީހަކަށް ހެދުމަށް، ރައްޔިތުން ބޭނުންވެފައިވާ މިންވަރު އެނގިގެން ދިޔައީ އިންތިޚާބުގެ ނަތީޖާއިންނެވެ. ރައްޔިތުންގެ ޝަކުވާ އާއި ފާޑުކިޔުންތައް އިންތިހާއަށް ބޮޑުވެގެން ދިޔަ 18 ވަނަ މަޖިލީހުގެ ގިނަ މެމްބަރުންނަށް ރައްޔިތުން ވަނީ މަޖިލިސް އިންތިކާބުގައި "ނޫނެކޭ" ބުނެފައެވެ.

ރައްޔިތުންގެ އުއްމީދުތަކާ ހަމައަށް ވާސިލްވެވޭނެ މަޖިލީހަކަށް މި މަޖިލިސް ހެދުމަށްޓަކާ ގިރާ ކުރަންޖެހޭ ފަސް އަހަރުގެ ދަތުރު މެމްބަރުން މި ވަނީ ފަށާފައެވެ. މި ދަތުރު ކާމިޔާބު އައްސޭރިއަކަށް ގެންދިއުމަށްޓަކައި، މަޖިލިސް މެމްބަރުން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނައެވެ. ރައްޔިތުންގެ އިތުބާރުކުރާ މުއައްސަސާއަކަށް މަޖިލިސް ހެދުމަށްޓަކައި މަޖިލިސްގެ މެމްބަރުންނާއި، ރިޔާސަތުން އަތުކުރި އޮޅާލާފައިވާއިރު، ރައްޔިތުންގެ ފާޑުކިޔުމާއި ކަންބޮޑުވުން އަމާޒުވެފައިވާ މައްސަލަތަކައް ހައްލެއް ގެންނަންޖެހެއެވެ. މި ހައްލު ހޯދައިދިނުމުގެ ޒިންމާ މި ވަގުތު އެޅިފައި އޮތީ މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް، އެކުލަވާލާފައިވާ 11 މެމްބަރުންގެ ކޮމިޓީގެ މެންބަރުންގެ ބޮލުގައެވެ.

ޒަމާންތަކެއް ފަހުން މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް 11 މެމްބަރުންގެ ކޮމިޓީން ފަށާފައިވާއިރު، މަޖިލީހުގެ ގަވާއިދުގައި ހިމަނާލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މަޖިލީހުގައި މިހާރު އަމަލުކުރަމުން އަންނަ ބައެއް އުސޫލްތަކައް ބަދަލުތައް ގެންނަންޖެހެއެވެ. މަޖިލީހުގައި މިހާރު އަމަލުކުރަމުން އަންނަ އުސޫލުން، މެމްބަރުން މަޖިލީހަށް ގަޑިއަށް ހާޒިރުނުވެ، ސަލާމް ބުނި ކަމުގައިވިޔަސް މެމްބަރުންނަށް އަޅާނެ ފިޔަވަޅެއް ނޯވެއެވެ. އެހެންކަމުން މެމްބަރުން ގަވާއިދުން ގަނޑިއަށް މަޖިލީހަށް ހާޒިރުވުމަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ނަމަވެސް ނިކަމެތި ރައްޔިތު މީހާ ވަޒީފާއަށް ގަނޑިއަށް ހާޒިރުނުވެ ސަލާމް ބުނެފި ކަމުގައިވާ ނަމަ، އޭނާގެ މުސާރައިން ބޮޑު އެއްޗެއް އުނިވެއެވެ.

ނިކަމެތި ރައްޔިތުމީހާއަށް ވަކި އުސޫލެއް އިއްޒަތްތެރި މެމްބަރަށް ވަކި އުސޫލެއް އޮންނަ ހަމައަށް ބަދަލު ގެންނަންޖެހެއެވެ. މެމްބަރުން ގަޑިއަށް މަޖިލީހަށް ހާޒިރުނުވެ، ސަލާމް ބުނެފި ނަމަ މެމްބަރުންގެ މުސާރައިން ކެނޑޭ ގޮތަށް އަމަލުކުރަން ޖެހެއެވެ. ގަވާއިދު ކޮމިޓީން ގަވާއިދުތައް ހަދަމުން ދާއިރު، މި ކަމަށް ގޮތެއް ލިޔެވެން އެބަޖެހެއެވެ. މިސާލަކަށް ސަލާމް ބުނެފި ނަމަ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމާއި ސަލާމް ބުނެވޭނެ މިންވަރު ބަޔާންކޮށް ގަވާއިދުގައި ލިޔެވިދާނެއެވެ. އުފެއްދުންތެރި މަޖިލީހެއް ބޭނުން ނަމަ، އެ މަޖިލީހުގެ މެމްބަރުންނަކީ ގަނޑިއަށް ހާޒިރުވާ، މަޖްބޫރީ ހާލަތެއް މެދުވެރިވެގެން ނޫނީ ސަލާމް ނުބުނާ މެމްބަރުންނަށް ވާންޖެހެއެވެ.

ގަވާއިދު އިސްލާހު ކުރަމުންދާއިރު، ކޮމިޓީތަކުގައި މެމްބަރުން މިހާރު އަމަލުކުރަމުން އަންނަ އުސޫލަށް ވެސް ބަދަލު ގެންނަންޖެހެއެވެ. ކޮމިޓީ މަސައްކަތުގައި އެއްވެސް މިންވަރަކަށް ބައިވެރިނުވެ، ހަމަ އެކަނި ހާޒިރުވި ކަމަށް ސޮއިކުރުމަށް ފަހު، މެމްބަރުން މުސާރަ ނަންގަވާ ނެންގެވުން ހުއްޓުވަންޖެހެއެވެ. މެމްބަރުން ކޮމިޓީގައި ހޭދަކުރާ ވަގުތު ބަލައި، ކޮމިޓީގެ މަސައްކަތުގައި ބައިވެރިވި މިންވަރު މޮނީޓަރ ކުރުމަށް ފަހު، ކޮމިޓީ އެލަވެންސް ނެގޭ ގޮތަށް ގަވާއިދުގައި ލިޔަންޖެހެއެވެ. ކޮމިޓީތަކަކީ މަޖިލީހުގެ ތަޅުމުން ފޮނުވާ ރިޕޯޓްތަކާއި، ބިލްތައް އިތުރަށް ދިރާސާ ކުރުމަށް އުފައްދާފައި އޮންނަ ކޮމިޓީތަކެއެވެ. އެހެންކަމުން ކޮމިޓީތަކުން އުފެއްދުންތެރި މަސައްކަތެއް ނެރެން މި ބަދަލު ގެނައުމަކީ މުހިއްމު ކަމެކެވެ.

މަޖިލިސް ތެރޭގައި ކުރެވޭ އިސްރާފަކީ އަޅައިނުލައި ދޫކޮށްލެވޭ ވަރު ވާހަކައެއް ނޫނެއެވެ. ރައްޔިތުން ބޭނުން ވަނީ އިސްރާފުކުޑަ އުފެއްދުންތެރި މަޖިލީހެކެވެ. މި ދައްކަނީ އުފެއްދުންތެރި، ބިނާކުރަނިވި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ މަޖިލީހެއް އުފެއްދުމުގެ ވާހަކައެވެ. އެހެންކަމުން ކުރެވޭ އިސްރާފު މަދުކުރަންޖެހެއެވެ. މަޖިލީހުގެ މެމްބަރުންނަށް ކެއިން ބުއިމުގެ ކަންތައް މަޖިލިސް އޮންނަ ދުވަސްތަކުގައި، މަޖިލީހުން ހަމަޖައްސައިދެއެވެ. އެއީ ރަނގަޅު ކަމެކެވެ. ގިނަ ވަގުތު ހޭދަކުރާ ތަނެއްގައި ކެއިން ބުއިމުގެ ކަންކަން ރަނގަޅަށް ހުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަންކުރުމުގައި ވެސް އިސްރާފުނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުން މުހިންމެވެ. ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން، މިކަން މަޖިލީހުނން ކުރަމުން އަންނައިރު، މި ކަމަށް ކުރެވޭ ހޭދަ ކުޑަކުރުމަށް ފަހު، އެ ފާއިސާ ރައްޔިތުންގެ ހައްގުގައި މެމްބަރުންނަށް ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސިދާނެއެވެ. މިހާރު އޮންނަ ގޮތުން ވަރަށް ބޮޑަށް އިސްރާފުވާކަން ފާހަގަކޮށްލެވެއެވެ. ކެއިން ބުއިމަށް ކުރާ ހަރަދުން "ސޭވް" ވެގެންދާ ފާއިސާ އެއީ މެމްބަރުން ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ހޭދަކުރާނެ ބަޖެޓެއްގެ ގޮތުގައި ހެދިދާނެއެވެ.

މަޖިލީހަށް މެންބަރުން ހޮވަނީ ރައްޔިތުންގެ ފޮނި އުންމީދުތަކަކާ އެކުއެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމިގެންދާ އިރު އެ ރައްޔިތުންކުރެ ހޭ ވެސް އަހާނުލާ މެންބަރުން އެބަ އުޅެވެ. އިންތިހާބު ދުވަސްވަރު ނޫނީ ރައްޔިތުންގެ ގާތަށް ނުދާ މެންބަރުން އެބަ އުޅެއެވެ. މިއީ ވެސް ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެ ރައްޔިތުން ތަމްސީލްކުރާ މެންބަރަކު އެ ރައްޔިތުންގެ ޝަކުވާތައް އަޑުއަހަންޖެހޭނެއެވެ. އެހެންކަމުން ގަވާއިދަށް ބަދަލު ގެންނައިރު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެވޭނެ އުސޫލެއް ކަނޑައަޅައި ލާޒިމްވާ ގޮތަށް ހެދުން މުހިންމެވެ. އެގޮތުން ދައުރުގެ ތެރޭގައި ރައްޔިތުންނާ ބައްދަލުކުރާނެ ތާވަލެއް ނުވަތަ އަދަދެއް ކަނޑައަޅައި ބަޖެޓެއް ކަނޑައެޅިދާނެއެވެ. އަދި އޮފީހެއް ހުރުމަށް ލާޒިމްކުރެވިދާނެއެވެ. ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ އެކަން ފައްޓަވައިދެއްވައި މިސާލު ދައްކަވާފައެވެ. މަޖިލީހުންގެ އެހެން ކަންކަމުން ކުރާ ހޭދަ ކުޑަކޮށް މިދެންނެވި މަސައްކަތަށް ބަޖެޓެއް އެކުލަވާލެވިދާނެއެވެ. އަދި ހަމަޖައްސާ އުސޫލުން ދާއިރާގެ ރައްޔިތުންގެ ގާތަށް ގޮސް ބައްދަލުނުކުރާ ނަމަ ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތަކެއް ވެސް ކަނޑައެޅުން މުހިންމެވެ. އަދި އެ ހަރަދުތައް އޮޑިޓްކޮށް ބަލާނެ ގޮތްތައް ގަވާއިދުގައި ލިޔެވިދާނެއެވެ.

މި ނޫނަސް މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބޭ ބޮޑެތި ބައެއް އިމްތިޔާޒްތަކާ މެދު ވެސް ރައްޔިތުންގެ ޝަކުވާ އެބައްހެއްޓެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސް ޕެކޭޖާ މެދު ރައްޔިތުންގެ ހިޔާލު ވަނީ ތަފާތުވެފައެވެ. އެއްބަޔަކު ދެކޭ ގޮތުގައި މެންބަރަކަށްވީތީ ލިބެންޖެހޭ އިމްތިޔާރުތަކެއް ހުންނާނެއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި މެންބަރަކަށްވިޔަސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން މެންބަރަށާއި މެންބަރުގެ އާއިލާ އަށް ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަކީ ދައުލަތުން ދޭ ބޮޑު މުސާރައިގެ ބޭރުން ކުރަންޖެހޭނެ ކަމެއް ނޫނެވެ. އާންމު ރައްޔިތު މީހާ އަށް ވެސް ލިބޭ ފަދަ ގޮތަކަށް އާސަންދައިގެ ތެރެއިން މެންބަރުންގެ އާއިލާ އަށް ވެސް އެކަން ހަމަޖެހިފައި އޮންނަ އިރު ވަކި ހާއްސަ އިމްތިޔާޒުތަކެއް އެ ފަރާތްތަކަށް އޮތުމަކީ ރަނގަޅު ކަމެއްގެ ނުދެކޭ ބަޔަކު ވެސް އެބަ ތިއްބެވެ.

މިފަދަ އެތައް ބަދަލުތަކެއް މަޖިލީހަށް ބޭނުން ވެއެވެ. ގައުމު އިސްލާހުކުރުމުގެ މަސައްކަތް ފަށައިގަންނަ އިރު މެންބަރުން އިސްލާހުވެ މަޖިލީސް އިސްލާހުކުރުން މުހިންމެވެ. ކޮންމެއަކަސް ރައްޔިތުން ގަވާއިދު ކޮމިޓީގެ މަސައްކަތް ގާތުން ބަލާށެވެ. ރައްޔިތުން އެދެނީ ގަވާއިދު ކޮމިޓީން މި ފަހަރު މަޖިލީހުގެ ގަވާއިދު އެކުލަވާލާއިރު، އުފެއްދުންތެރި މަޖިލީހެއް ނެރެވޭނެ ފަދަ ގޮތަކަށް ގަވާއިދު އެކުލަވާލުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ޖޫން 2018

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟
23 މެއި 2018

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

23 މެއި 2018
އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!
03 މެއި 2018

ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

03 މެއި 2018
ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!
03 އެޕްރީލު 2018

އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

03 އެޕްރީލު 2018
އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!
13 މާރިޗު 2018

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018
މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ
07 މާރިޗު 2018

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

07 މާރިޗު 2018
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!
04 ނޮވެމްބަރު 2017

ގެވެށި އަނިޔާ އަކީ ކޮބައިކަން ދެނެގަންނާނެ ގޮތްތައް !

04 ނޮވެމްބަރު 2017
ގެވެށި އަނިޔާ އަކީ ކޮބައިކަން ދެނެގަންނާނެ ގޮތްތައް !
15 އޮކްޓޯބަރު 2017

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!
21 ސެޕްޓެމްބަރު 2017

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް