Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފެން އީދު

ފެން ޢީދެއް! ހުރިހާ ކަމެއް ފްލޮޕް!

4 ޖޫން 2019 | އަންގާރަ 09:50

މޫސުން ގޯސްވުމުން ބޮޑު ޖަމާއަތުގަ ނަމާދެއް ނުކުރެވޭ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 4 ޖޫން 2019 | އަންގާރަ 09:50
ްއީދު ކުޅިވަރު ކުޅެނީ

ްއީދު ކުޅިވަރު ކުޅެނީ

މިއަދަކީ ރާއްޖޭގެ އަދި ދުނިޔޭގެ ގިނަ މުސްލިމު ގައުމުތަކުގެ އެންމެހާ މުސްލިމުން ވެސް އިންތިޒާރުކުރަމުން ދިޔަ ފިތުރު ޢީދު ދުވަހެވެ. ޢީދު ނަމާދަށް ދިއުމުން ފެށިގެން ރޭގަނޑުގެ ފޯރިގަދަ ޝޯތަކަށް ދުރާލާ ތައްޔާރުވަމުން އައި ވަރަށް ވެސް އުފާވެރި މުނާސަބާއެކެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ރާއްޖޭގެ ބައެއް ރަށްރަށަށް ފިތުރު ޢީދު އައީ ފެން ޢީދެއްގެ ގޮތުގައެވެ.

ބޮޑު ޖަމާއަތުގައި ބާވަން އޮތް އީދު ނަމާދު ކުރަން ޖެހުނީ މިސްކިއްތަކުގަ އާއި މަގުމަތީގައެވެ. ނަމާދުގެ ސަފުތައް އޮތީ އެއްވެސް ތަރުތީބެއް ނެތި، ވިއްސި ވިހާލި ވެފައިވާ ފަދަ ގޮތަކަށެވެ. މާލޭގެ މާފަންނު ޓާފް ދަނޑު ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމަށް ހަމަޖެއްސި ނަމަވެސް ހޯމަ ދުވަހުން ފެށިގެން ވެހެމުންދިޔަ ވާރޭގެ ސަބަބުން އެކަން ވަނީ ކެންސަލްކުރަންޖެހިފައެވެ.

މާލެއަށް ބަލާއިރު، ދުވަސް ފެށިގެން ދިޔައީ އުޑުމަތި ވަރަށް ބަނަކޮށް އޮވެއެވެ. ޢީދު ނަމާދު ކައިރިވަމުން އައި އިރު އުޑުމަތި ބަނެކޮށްފައި އޮތުމުން ކޮންމެ މީހަކު ވެސް އަވަސްވެގަތީ ވީއެންމެ އަވަހަށް މިސްކިތަށް އަރައި ހިޔާވާނެ ތަންކޮޅެއް ހޯދުމަށެވެ. ސަބަބަކީ މޫސުން އޮތްގޮތުން، އީދު ހެދުންތައް ތެންމާލާ ވަރަށް ވާރޭ ވެހިދާނެ ފަދަ އަސަރުތަކެއް އުޑުމަތިން ފެންނަމުން ދިއުމެވެ. ނަތީޖާއަކަށްވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިސްކިތްތައް ފުރުމެވެ. އަންހެންވެރިން، މޫނުގައި ފުށް ޖަހާ ނަލަވެގެން އަދި ފިރިހެންވެރިން އަތަރު ލައިގެން މީރުވަސްދުއްވަމުން އީދު ނަމާދަށް ދިޔަ ނަމަވެސް އޭގެ ތެރެއިން ގިނަ މީހުން އަންނަން ޖެހުނީ އީދު ނަމާދަށް ފަހު ކުޅެން ހިޔާލުކޮށްފައި އޮތް ފެންކުޅި މާ ކުރިން ކުޅެގެންނެވެ. އެތައް ބަޔަކަށް ނަމާދުކުރަންޖެހުނީ ވެހުނު ބޯވާރޭގެ ތެރޭގައެވެ. ނަމާދުކޮށް ނިމިގެން ވެސް އެތައް އިރެއް ވަންދެން ހުއްޓާނުލައި ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ގިނަ ބަޔަކު ގެއައަށް އައީ ތެމިގެންނެވެ.

މިސްކިތްތަކުގެ ތެރެއަށް ވަދެވުނު މީހުންގެ ނަސީބު ގަދަ ނަމަވެސް ދެން ތިބި މީހުން އީދު ނަމާދު ކުރީ ވެހުނު ވާރޭގެ ތެރޭގައެވެ. ނަމާދުކޮށް ނިންމައިގެން ސެލްފީއެއްހާ ހިސާބު ވެސް ނަގާލަން ނުލިބުމުން ގިނަ މީހުންގެ މޫނުމަތިން ފެނިގެން ދިޔައީ ފޫހި ކަމެވެ. މޫސުން ތަން ނުދޭ ނަމަ ޢީދު ދުވަހަށް ރާވާފައި ހުރި ގިނަ ކުޅިވަރުތަކުގެ ފޯރިއެއް ނުލިބޭނެއެވެ. ޢީދަކީ އެންމެންނަށް ވެސް މިނިވަންކަން އިހުސާސްވެ، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ލިބޭނެ އެންމެ ބޮޑު އެއް ފުރުސަތެވެ. ނަމަވެސް ވާރޭ ވެހޭތީ ތިބެން ޖެހިފައި ވަނީ ގޭގައި ހަދާފައި ހުރި އީދު ބޯކިބާ ކައިކައިގެން ގޭތެރޭގައެވެ. ކުކުޅު ކެއުމަށް ލިބުނު ދައުވަތުތައް ވެސް ޖެހުނީ މަޑުޖައްސާލަންށެވެ.

އީދާއި ދިމާކޮށް މާލޭގެ ގިނަ ރައްޔިތުންނެއް އިންތިޒާރު ކުރަމުން އައި އެއް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި އީދު ސަލާމްކުރުމެވެ. ނަމަވެސް މޫސުން ތަން ނުދިނުމުން އެކަން ވެސް ވަނީ ކެންސަލްކުރަންޖެހިފައެވެ. އެ އުފާ ލިބުނީ އިސްލާމީ މަރުކަޒަށް ނަމާދަށް ދިޔަ މަދު ބަޔަކަށެވެ. ނަމާދަށް ފަހު މިސްކިތު ތެރޭގައި މަޑުކޮށްލެއްވި ވަގުތު ރައީސްއާ ސަލާމްކުރުމުގެ ފުރުސަތު ބައެއް މީހުންނަށް ލިބުނެވެ. އޭގެ ތެރޭގައި ބިދޭސީން ގިނަ އަދަދަކަށް ފާހަގަކޮށްލެވެއެވެ. ބައެއް މީހުންނަށް ރައީސްއާ އެކު ސެލްފީ ނަގަން ފުރުސަތު ލިބުނު ނަމަވެސް މިސްކިތް ތެރޭގައި މާ ގިނަ ވަގުތު އެމަނިކުފާނަށް ވެސް މަޑުކުރެއްވޭ ގޮތެއް ނުވިއެވެ.

ވާރޭ އަށް ބެލުމެއް ނެތި ބައެއް ޒުވާނުން މަގުތަކަށް ނުކުމެއް ފެންކުޅި ކުޅެފައި ވެއެވެ. ޢީދުގެ އުފާ އެ މީހުން ފިސާރި ރަނގަޅަށް ހޯދިއެވެ.

ޢީދުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމަށް މާލޭ ސަރަހައްދުގައި މިއަދު ހަވީރު އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. ޢީދެއް ފެހި ފަރި ހެދުންތަކާއި ފިހާރަތަކުން އަގުބޮޑުކޮށް ގަނެފައިވާ އަންނައުނުތައް ދައްކާލަން ނުކުންނަން ރާވައިގެން ތިއްބައި ޢީދު ދިޔައީ ފެނަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

23 ޖޫން 2017

ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

23 ޖޫން 2017
ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!
05 ޖޫން 2017

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
09 ޖެނުއަރީ 2017

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

09 ޖެނުއަރީ 2017
ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް