Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

މިހާރު މިފެންނަނީ ކޮން މަންޒަރެއް ބާވައެވެ؟

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 19 މާރިޗު 2017 | އާދީއްތަ 01:33
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން

ރައީސް ނަޝީދު ޖަލަށް ލުމަށް ކޯޓުން އިއްވި ނިޔާ އިންސާފުވެރިކަމަށް އަހުރެން ގަބޫލެއް ނުކުރަމެވެ. މިހެން ބުނީމާ ދެން އަހުރެންނަކީ ނަޝީދުގެ ސަޕޯޓަރަކަށް ހެދިޔަސް ވަރިހަމަ އެވެ.

ނަޝީދުގެ ވެރިކަމުގައި ހުރިހާކަމެއް ހިނގާފައިވަނީ ރަނގަޅަށް ކަމަށް ވެސް އަހުރެން ނުދެކެމެވެ. މިހެން ބުނީމާ އަހުރެން މިއީ ސަރުކާރަށް ވިކި ހުސްވެފައި ހުރިމީހަކަށް ހެދިޔަސް މައްސަލައެއް ނެތެވެ.

އަހުރެންގެ އަޚުންނޭވެ. ކަންތައް ހިނގާ ނުހިނގާގޮތް ބަލައި ބުއްދީގެ ތަރާދުން ކަންކަން މިނެ ކިރުމުގެ އާދަ ގެންގުޅެން ފަށާކަށް ނުވޭ ހެއްޔެވެ؟ އެހެން ނޫނީ ރައްޓެހިންނާއި އަރާރުންވެ ކޮންމެވެސް ޕާޓީއެއްގެ ފިކުރުގައި ދެކޮޅު ނުޖެހޭ ބަހުސްތަކުގައި ޝާމިލުވެ ތިބުން ފިޔަވައި އެހެން ކަމެއް ކުރެވޭ ތަނެއް ނާންނާނެއެވެ. މިއީ އެންމެންގެ ވެސް ގައުމެވެ. އަސުރުމަލުގެ ގައުމެވެ. ޗަމްޕާޕޫލުމަލުގެ ވެސް ގައުމެވެ. ގައުމު ގައުމަކަށް މިވަނީ މިހުރިހާ މަލުގެ ވަސް މަސްހުނިވުމުންނެވެ. އަހުރެމެން ރުހުނަސް ނުރުހުނަސް ހަގީގަތަކީ މިއެވެ.

ދެހާސް ތޭރަވަނަ އަހަރު އިންތިޚާބުވި ރައީސްގެ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށް މާޗް މަހުގެ ތޭރަވަނަ ދުވަހުގެ ރޭ ތޭވީސް ގަޑި ތޭރައިގައި، ތޭރަ އަހަރުގެ ހުކުމެއް ތޭރަ މިނިޓުގެ ބަޔާނަކުން އިއްވައި ހަމަ އެރޭމެ ތޭރަ މީހުން ހައްޔަރުކޮށް ހުރިހާ ކަމެއް ތޭރައިން ނިންމާލި ނިންމާލުމަކީ އިންސާފެކޭ ބުނާނީ އިންސާފަކީ ކޯޗެއްކަން ނޭނގޭ މީހެކެވެ. އަދި މިހުރިހާ އަދަދުތަކަކީ އިއްތިފާގެކޭ ބުނާނީ ވެސް ހަމަވިސްނުމަކުން ވިސްނަން ނޭނގޭ މީހެކެވެ.

ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކަންކަން ހިނގައި ދިޔަ ގޮތް ބަރާބަރުކަމަށް ދުށުމަކީ ވެސް ހަމަ މިފަދަ ކަމެކެވެ. އަބްދުﷲ ގާޒީ އިންސާފުން ބޭރުން ހުކުމް ކުރާ ކަމަށް ގިނަ ރައްޔިތުން ތުހުމަތު ކުރި ފަނޑިޔާރެކެވެ. އެކަމަކު މައްސަލައަކީ އޭނާ ހައްޔަރުކުރެވުނު ގޮތެވެ. ނަޝީދުގެ ވެރިކަމުގައި ހައްޔަރު ކުރެވުނީ ހަމައެކަނި އަބްދުﷲ ގާޒީއެއް ނޫނެވެ. ޑރ ޖަމީލު ހައްޔަރުކުރެވުނެވެ.

ސަންދާނު އަހަންމައިދީ އާއި ޑރ. ހަސަން ސައީދު ފަދަ ބޭފުޅުން ދޭތެރެ އަވަސްކޮށް ފުލުސް އޮފީހަށް ހާޒިރު ކުރެވުނެވެ. ޔާމީނާއި ގާސިމް ވެސް ހައްޔަރުކުރެވުނެވެ. އަދިވެސް ކިތަންމެ ބައެކެވެ.

އޭރު އަސުރުމަލުގެ އަހުލުވެރިންވެސް ބުނަމުން ދިޔައީ ހޯހޯއޭ އެވެ. ގާނޫނުއަސާސީގައި އޮތީ ތިޔަހެން ނުހެދޭނެޔޭ އެވެ. ޗަމްޕާޕޫލުމަލުގެ އަހުލުވެރިން ވެސް ގަދަބަސް ބުނެ، ބާރު ވެސް ދެއްކި އެވެ. މިހާރު މިފެންނަނީ ކޮން މަންޒަރެއް ބާވައެވެ؟ މިހާރުވެސް ހަމަ އެމަންޒަރެވެ. އެކަމަކު ކޮޅު އޮތީ ބަދަލުވެފައެވެ. މިކަމުން އަހުރެންނަށް ލިބުނު ފިލާވަޅަކީ ދިވެހިން ގާނޫނުއަސާސީގެ މަތިން ހަނދާންކޮށް ހެއްދެވި ފަރާތުން ވާގި ލިބިގަތުމުގެ ވިސްނުން ގެންގުޅެނީ އަނިޔާލިބި ނިކަމެތިކަން އިހުސާސްވާ ދަނޑިވަޅުގައި ކަމެވެ.

މިދައްކަނީ މާއިހުގެ ވާހަކައެއް ނޫނެވެ. މިއީ އިއްޔެއާއި މިއަދުގެ ވާހަކައެވެ. ހާލަތު ބަދަލުވުމަކުން މި ހަނދާންތައް ކެހިގެންދާކަށް ނުޖެހެއެވެ. މާދަމާ އަނެއްކާވެސް ހާލަތު ބަދަލުވެދާނެއެވެ. ބާރު ގެއްލި ނިކަމެތި ވެދާނެ އެވެ.

ގާނޫން އަސާސީން ލިބިދޭ ހައްގުތަކަށް ބަރޯސާކުރަން ޖެހިދާނެއެވެ. އެދުވަސް އައުމުން ތިޔަބައިމީހުންގެ ވާހަކަ އޮށްޓަރުހުރި ވާހަކައަކަށް ވަނީ ބާރު އޮވެފައި ތިޔަބައިމީހުން އެ ހައްގުތަކަށް އިއުތިރާފް ވެފައިވާނަމަ އެވެ. އެހެން ނޫނީ ތިޔަބައި މީހުންގެ އާދޭސްތައް އަޑުއިވުނީމާ އަނެއް ބަޔަކު ހިނި އަންނަ ގޮތް ވެދާނެ އެވެ.

މީހުންނާއި ނުފޫޒާއި ފައިސާއަށް އަޅުދާސްވުމަކީ ދެރަކަމެކެވެ. ބާތިލްކަންތައް ހައްގުކަމުގައި ހަދަން އުޅުމަކީ އަދި އެއަށް ވުރެ ދެރަކަމެކެވެ. ރައީސް މައުމޫން ކުރެއްވިޔަސް ރައީސް ޔާމީނު ކުރިއަސް އަދި ރައީސް ނަޝީދު ކުރިއަސް ގޯހެއްވާނީ ގޯހަކަށެވެ.

އެވަރު ދެނެގަންނަން ނޭނގި ގައުމުގެ މަސްލަހަތަށް ވުރެ އެހެނިހެން މަސްލަހަތުތައް އިސްކުރެވޭ ކަމުގައި ވާނަމަ މިވަޅުގަނޑުން އަރައިގަނެވޭ ތަނެއް ނާންނާނެއެވެ. އޭގެ ގެއްލުމާއި ހަލާކު އޮތީ ހަމަ އަހުރެމެންނަށެވެ.

މިއީ ގައުމުގެ ހާލަތެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު