Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޅު އީދު ދުވަސް

ވަޅު އީދު ދުވަހުގެ ހަވީރު މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވޭގޮތަށް ހަމަޖައްސަވައިފި

މަނާ ކޮށްފައިވަނީ އީދު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އިރު އޮއްސި 18:00 އާ ދެމެދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2019 | ހޯމަ 09:16
ސިނަމާލޭ ބްރިޖުގައި ވެހިކަލް ދުއްވަނީ

ސިނަމާލޭ ބްރިޖުގައި ވެހިކަލް ދުއްވަނީ

ފިތުރު އީދު ދުވަހާއި ޖެހިގެން އަންނަ ވަޅު އީދު ދުވަހުގައި މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ވެހިކަލް ދުއްވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މީހަކަށް ގެއްލުމެއް ލިބިދާނެތީ ފިތުރު އީދު ދުވަސް ކަމަށްވާ މި މަހުގެ 4 ވަނަ ދުވަހާއި، ދުނިޔޭގެ ތިމާވެށި ދުވަސް ކަމަށްވާ މި މަހުގެ 5 ވަނަ ދުވަހު މާލޭ އާއި ވިލިމާލޭގައި ހަވީރު އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމުގައި ކައުންސިލުން ކުރިން ހަމަޖައްސަވާފައި ވީނަމަވެސް، ވެހިކަލް ނުދުއްވޭނެ ހަމައެކަނި ދުވަހަކީ އީދު ދުވަހުގެ ހަވީރު ކަމަށް ޓްރާންސްޕޯރޓް އޮތޯރިޓީން ކަނޑައެޅުމާ ގުޅިގެން ސިޓީ ކައުންސިލުންވެސް ވަނީ އެގޮތަށް އަމަލުކުރަން ނިންމާފައެވެ.

ފިތުރު އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާކޮށްފައިވަނީ ފިތުރުއީދުގެ އުފާފާޅުކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނާ ޒުވާނުން މަގުމައްޗަށް ނުކުމެ އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް މަގުމައްޗަށް ނުކުމެ އުޅުމަށް މަގުފަހި ކޮށްދިނުމަށެވެ. އެގޮތުން ޓްރާންސްޕޯރޓް އޮތޯރިޓީން ވަނީ އީދު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އިރު އޮއްސި 18:00 އާ ދެމެދު އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން އެ އޮތޯރިޓީން އިސްތިސްނާ ކޮށްފައިވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުން މަނާކޮށްފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ އެންގުމާ ޚިލާފަށް އީދު ދުވަހުގެ ހަވީރު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެހިކަލް ދުއްވާ މީހުން 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު