Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ރައީސް ނަޝީދު ޖޭއެސްސީ އަށް ހުށަހަޅުއްވައިފި

ޖޭއެސްސީގެ މައްސަލަތައް މީޑިޔާތަކަށް ހާމަކުރުމާ ގުޅޭ މައްސަލައެއް ވެސް ވަނީ ހުށަަހަޅުއްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 2 ޖޫން 2019 | އާދީއްތަ 12:04
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ)

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ)

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފްވެފައިވާ ކަމަށް ތުހުމަތުކުރައްވައި އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މީޑިޔާތަކާ ހިއްސާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މިންގަޑާ ޚިލާފުވެފައިވާ ފަނޑިޔާރެއްގެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ޖޭއެސްސީއަށް މަޖިލިސްގެ ރައީސް މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ފަނޑިޔާރުގެ ނަމެއް ނިއުޝާ ވިދާޅެއްނުވެއެވެ.

Advertisement - newsAdvertisement

މަޖިލީހުގެ މީޑިޔާ ޑިރެކްޓަރ ހަސަން ޒިޔާއު "ރާއްޖެ އެމްވީ" އަށް ފަހުން ވިދާޅުވީ ސުލޫކީ މައްސަލަ ބައްލަވައިދެއްވުމަށް އެދި ރައީސް ނަޝީދު ހުށަހެޅުއްވީ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިއުޝާ ވިދާޅުވީ ޖޭއެސްސީއަށް މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ކޮމިޝަނަށް މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ނިންމުމެއް ނިންމާފައި ނުވާ މައްސަލަތަކާއި، އެ މައްސަލަތައް ގޮސްފައިވާ ހިސާބު އެނގޭނެ ގޮތަށް އެ މައުލޫމާތު މީޑީޔާ މެދުވެރިކޮށް އާންމު ކުރުމަށާއި، އަދި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ގަވާއިދުން މީޑިއާ މެދުވެރިކޮށް އާންމު ކުރުމާ ގުޅޭ މައްސަލައެއް ވެސް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ނިއުޝާ ވިދާޅުވީ އެ ދެ މައްސަލަ ވެސް މިހާރު ޖޭއެސްސީއަށް ފޮނުވާފައިވާ ކަމަށެވެ.

މި ދިޔަ އަންގާރަދުވަހުގެ ރޭ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ޖަލްސާގައި ރައީސް ނަޝީދު މަޖިލިސްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މަނިކުފާނު ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރައްވާފައެވެ. ޖޭއެސްސީ އެކުލެވިފައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަންނަވާ މެންބަރު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރަން ޖެހޭނެ އެވެ. އަދި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާނެ މެމްބަރެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކަނޑައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު