Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރެކްޝަނަލް ސަރވިސް

15 ދުވަސް ފަހުން އަދީބު މިނިވަން ވަނީ!

އަދީބު މިވަގުތު ހުންނެވީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ގޭ ބަންދުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 31 މެއި 2019 | ހުކުރު 11:53
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބާކީ އޮތް 15 ދުވަހުގެ ހުކުމް ތަންފީޒު ކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

15 ދުވަހުގެ ހުކުމް ތަންފީޒުކޮށް ނިމުމާއިއެކު އަދީބު އެއްކޮށް މިނިވަން ވާނެއެވެ.

Advertisement - newsAdvertisement

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް، އަހުމަދު ނަސީމް ރާއްޖެއެމްވީއަށް ވިދާޅުވީ ކޯޓުގެ ހުރުމަތް ކަނޑާލައިގެން އަދީބަށް ކުރި ހުކުމް ކަރެކްޝަނަށް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.

ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ބުނެ އަދީބްގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ރިޝްވަތު ދިން ކަމަށް ބުނެ އަދީބުގެ މައްޗަށް ކުރި ދައުވާއަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީގެ އަމުރަކަށް ތަބާ ނުވެގެންކަމަށް ބުނެއެވެ.

ފިސްތޯލަ ގެންގުޅުމުގެ ތުހުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އަދީބަށް ހުކުމް ކުރުމަށް ޝަރީއަތުގެ މަޖިލިސް ބާއްވާފައި ވަނީ އާންމުކޮށް ހުޅުވާނުލައި، ސިއްރުންނެވެ. އެމައްސަލަ އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެހެން ނަމަވެސް ހައިކޯޓުން ވަނީ ދަށު ކޯޓުން އަދީބަށް ހުކުމް ކުރީ ރަނގަޅަށް ކަމަށްބުނެ އެހުކުމް ދަމަހައްޓާފައެވެ. އަދީބުގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފުގެ މައްސަލަ ބެލުމަށްފަހު ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިމަހުގެ 27 ވަނަ ދުވަހު ވަނީ ބާތިލް ކޮށްފައެވެ.

ސުޕްރީމް ކޯޓުން އެހުކުމް ބާތިލުކޮށް ތިން ފަނޑިޔާރުން އިއްވެވި ހުކުމްގައި ބުނެފައި ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސާބިތުވާ ވަރުގެ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށެވެ. އަދި ފިސްތޯލަ ގެންގުޅުނުކަމުގެ އެއްވެސް ހެއްކެއް، ދަލީލެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށާއި އެކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިއުތިރާފުވެފައި ވާކަމަށެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން 1 ނޮވެމްބަރ 2015 ވަނަ ދުވަހު ދައުވާ ކުރި މައްސަލައަކީ ޓެރަރިޒަމްގެ ގާނޫނުގައި ކުށް ސާބިތުކުރުމަށް ބަޔާންކޮށްފައިވާ މިންގަނޑުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. ފިސްތޯލައިގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުރިން އަމަލު ކުރަމުންދިޔަ ޓެރަރިޒަމްގެ ގާނޫނަށް ހަވާލާދީއެވެ. އެހެން ނަމަވެސް އަދީބުގެ މައްޗަށް ދައުވާ އުފުލިއިރު އަމަލު ކުރަމުންދިޔައީ ޓެރަރިޒަމްގެ އާ ގާނޫނަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ 2015 ގައި ޓެރަރިޒަމްގެ އާ ގާނޫނު ވުޖޫދަށް އައުމާއެކު ކުރީގެ ގާނޫނު އުވިފައިވާ ކަމަށާއި މިހާރު އަމަލުކުރަމުން އަންނަ އާ ގާނޫނުގައި ބުނާ ގޮތުން ޓެރަރިޒަމްގެ އަމަލަށް ވަނީ ހަތިޔާރެއް ބޭނުން ކޮށްގެން އެ ގާނޫނުގައި ބުނާ ފަދަ އަމަލެއް ހިންގުން ކަމަށެވެ. އަދި އެކަހަލަ ކަމެއް އަދީބު ކޮށްފައި ނުވާކަން ހުށައެޅި މައްސަލައަށް ބަލާއިރު ސާބިތުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު 15 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. މިއީ އޭނާގެ މައްޗަށް މިހާތަނަށް ކުރި އެންމެ ބޮޑު އެއް ހުކުމެވެ.

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ލާން ކުރި 15 އަހަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން އަމުރު ކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އެ މައްސަލަ އަދީބުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އަދީބާއި އޭރުގެ އިދިކޮޅު ބައެއް ފަރާތްތައް ދޫކޮށްލަން އެންގުމަށް ފަހު، އެ އަމުރުގެ ބައެއް ބައިތައް ފަހުން ސުޕްރީމް ކޯޓުން ބާތިލް ކުރިޔަސް، ފަހުން ނެރުނު އަމުރުގައި ބާތިލްކޮށްފައިވަނީ އެ ފަރާތްތައް ވަގުތުން ދޫކޮށްލަން އަމުރުކުރި ބައި އެކަނި ކަމަށެވެ.

އެ އަމުރުގައި ބާތިލް ނުކޮށް އޮތް ބައިގައި، ސިޔާސީ އެކި ސަބަބުތަކަށްޓަކައި ގާނޫނާ ޚިލާފަށް ކޮށްފައިވާ ހުކުމްތަކުގެ ވާހަކަ ބަޔާން ކޮށްފައިވާތީ އެ މައްސަލާގައި އަދީބުގެ މައްޗަށް ވެސް ޝަރީއަތް ހިންގީ ނުފޫޒު ފޯރުވައިގެން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ރިޔާސީ ލޯންޗްކޮޅުގެ މައްސަލާގައި އަދީބަށް ކުރި ހުކުމުގެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ޖެހޭ ކަމަށާއި އެހެންވެ، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަލުން ބެލުމަށް 15 ދުވަހުގެ މުހުލަތެއް ދިނުމަށެވެ.

15 ދުވަސް ހަމަވާން ދެން އޮންނާނީ ހަތަރު ދުވަހެވެ.

މިއީ މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީއިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކުންފުނިން އެމްއެމްޕީއާރުސީއަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ.

އެހުކުމް އަދީބުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ ހުކުމް މިމަހުގެ 30 ގައި ބާތިލް ކޮށްފައެވެ. ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ދަޢުވާއުފުލާ ފަރާތަށާއި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށްކޮށްފައިވާ ޙުކުމް ތަކުގެ މައްޗަށް ކޮށްފައިވާ ހުކުމެއް ކަމަށާއި ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމް ތަކުގެ މައްޗަށް ބެލެނި ވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަ ލަތަކަށް ރިޢާޔަތްކޮށް ބަލާފައިވާ މައްސަލައެއްކަމަށް ބެލެވެން އޮންނަކަމަށެވެ. އެހެންކަމުން ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ގެން ހިންގާފައިވާ ޝަރީޢަތެއްކަމަށް ވުމުގެ އިޙުތިމާލު އޮތުމުން ގާނޫނީ ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީޢަތުގެ ފަރާތުން ގޮތް ކަނޑައަޅަންޖެހޭ މައްސަލަތަކުގެ ތެރޭގައި މިމައްސަލަ ހިމެނިގެންވާކަން އެގެން އޮންނަކަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން ޒަކަރިއްޔާގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ އަދީބާއި މިމައްސަލައިގައި ހުކުމް ކޮށްފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި ހާމިދު އިސްމާއިލަށް ކުރި ހުކުމް އެކޯޓުން ދަމަހައްޓާފައި ވާކަމަށާއި އެހެން ކަމުން އެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭކަމަށެވެ.

ނަމަވެސް އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގާ ކަމަށެވެ.

ރިޝްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އަދީބުގެ މައްޗަށް، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި 15 ދުވަހުގެ ހުކުމެއް ވަނީ އިއްވާފައެވެ. އެހުކުމް ކަރެކްޝަނުން ދަނީ މިހާރު ތަންފީޒު ކުރަމުންނެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމް ތަކުން މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ. އެކަމަކު އެމަނިކުފާނުގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލައިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކުރި ހުކުމް އަދި ތަންފީޒު ނުކޮށް އެބައޮތެވެ. ކަރެކްޝަނަލް ސަރވިސް އިން އަމަލު ކުރަމުން އަންނަ ގޮތްތަކަށް ބަލާއިރު ގިނަ ހުކުމްތަކެއް އެމީހަކު ތަންފީޒު ކުރަން ޖެހޭނަމަ އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށަނީ އެންމެ ބޮޑު ހުކުމަށް ކަމަށްވާތީ ބޮޑެތި ހުކުމްތައް ބާތިލް ކޮށްފައި ވުމުން ބާކީ އޮތީ 15 ދުވަހުގެ ހުކުމަށް ވާތީއެވެ.

15 ދުވަހުގެ ހުކުމް ތަންފީޒު ކޮށް ނިމޭނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ރެއަށެވެ. އެހުކުމް ތަންފީޒުކޮށް ނިމުމާއެކު އަދީބު އެއްކޮށް މިނިވަންވާނެއެވެ.

އަދީބުގެ ސިއްހީ ހާލަތައް ބަލައި ގޭބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވުމާއި ގުޅިގެން އަދީބު މިވަގުތު ހުންނެވީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ގޭ ބަންދުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު