Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ މަޖިލިސް

ޖޭއެސްސީއަށް ރަނގަޅީ ކޮން މެމްބަރެއް؟

29 މެއި 2019 | ބުދަ 04:21

އެންމެ ބޮޑަށް ބެލެވެނީ ހިސާން، ނުވަތަ އިމްތިޔާޒު ޖޭއެސްސީ އަށް ހޮއްވަވާނެ ކަމަށް

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 29 މެއި 2019 | ބުދަ 04:21
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހު މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ހޮވުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ މަގާމަށް އަތުވެދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ދެ މެމްބަރުންނަކީ މާފަންނު އުތުރު ދާއިރާއަށް ވިދިވިދިގެން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާ އިމްތިޔާޒު ފަހުމީ އާއި، މަޖިލީހަށް އަލަށް ހޮވިވަޑައިގެންނެވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

މި ދެ ބޭފުޅުންނަކީ ވެސް ޝަރުއީ ނިޒާމު އިސްލާހު ކުރެއްވުމަށް ވަކާލާތު ކުރައްވަމުން ވަޑައިގަންނަވާ ގާނޫނީ ވަކީލުންނެވެ.

މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިން ވަކީލެއްގެ ގޮތުން ޕްރެކްޓިސް ކުރައްވާފައިވާ އިމްތިޔާޒު ފާހަގަ ކުރެވިފައިވަނީ، ފަނޑިޔާރުންނާއި ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ބިރެއް، ޖެހިލުމެއް ނެތި ވަކާލާތު ކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ. ޝަރުއީ ނިޒާމު އިސްލާހުކުރުމާ ގުޅޭ ގޮތުން މަޖިލީހަށް އެތައް ކަމެއް ހުށަހަޅުއްވާފައި ވާއިރު، އިމްތިޔާޒު ފާހަގަކުރެވިފައި ވަނީ މަޖިލީހުގެ ތަޅުމުގަ އާއި ތަޅުމުން ބޭރުގައި ޝަރުއީ ނިޒާމަށް އިންތިހާއަށް ބިނާކުރަނިވި ފާޑުކިޔުއްވާ ބޭފުޅެއްގެ ގޮތުގައެވެ.

އިމްތިޔާޒު ފަދަ ބޭފުޅުން، މަޖިލީހުން ބޭރުގައި ދައްކަވާ ވާހަކަތައް ޝަރުއީ ދާއިރާގެ މުއައްސަސާތަކުން ފާރަލަމުން ދިޔަ އެވެ. އެގޮތުން ރާއްޖެޓީވީގައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ދައުވާ އުފުލައި ޝަރީއަތް ހިންގި އެވެ. ނަމަވެސް އެ ފަހަރު އިމްތިޔާޒު ސަލާމަތްވެވަޑައިގަތެވެެ. ޝަރުއީ ނިޒާމަށް ފާޑުވިދާޅުވުމުން އިމްތިޔާޒުގެ މައްޗަށް ދެ ވަނަ ފަހަރަށް ދައުވާކުރަން ފޮނުވި އެވެ. ނަމަވެސް ޕީޖީ އޮފީހުން އެ މައްސަލައިގައި ދުއުވާކުރަން ނުފެންނަ ކަމަށް ނިންމި އެވެ. މިހާރު ވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ދަނީ އިމްތިޔާޒުގެ މައްސަލައެއް ބަލަމުންނެވެ. ނަމަވެސް އިމްތިޔާޒު ވިދާޅުވަނީ "މަރުވެ ދާނީ ވެސް ފާޑުކިޔުމުގައި" ކަމަށެވެ.

ބިރެއް ޖެހިލުމެއް ނެތި ޝަރުއީ ނިޒާމު އިސްލާހުކުރައްވަން ދެއްކި ވާހަކަތަކާއި ބަރުލަމާނީ ތަޖުރިބާ އެއްކޮށްލުމުން، ޖޭއެސްސީއަށް އެންމެ ފައްކާ އެއް މެމްބަރަކީ އިމްތިޔާޒެވެ. ގިނަ ބަޔަކު އެކަން އެދޭކަން ސޯޝަލް މީޑިއާ ބަލާލުމުން ވެސް ގަބޫލްކުރެވެ އެވެ. ޖޭއެސްސީގެ މެންބަރު ކަމަށް އިމްތިޔާޒު ކަނޑައެޅުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.

ހިސާން ބޮޑަށް ފާހަގަ ވެގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. ހާއްސަކޮށް އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް އައުމަށް ފަހު، އެކި ސްޓޭޖްތަކުގައި ހިސާން ދެއްކެވި ވާހަކަތަކުން އޭނާގެ ކުޅަދާނަކަން ފާހަގަ ކުރެވުނެވެ. އަދި ރައީސް ނަޝީދު ހައްޔަރުކުރުމުން، މިނިވަންވުމާ ހަމައަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވައިގެން ހިސާން ކުރެއްވި މަސައްކަތްތަކާއި ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ ލީޑަރުންގެ ދިފާއުގައި ހިސާންކުރެއްވެވި މަސައްކަތްތައް އެއީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ވަރަށް ބޮޑު ދައުރެކެވެ. ޖޭއެސްސީއަށް ހިސާންގެ ނަން ހުށަހަޅައި ފާސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ހިސާން އާއި އިމްތިޔާޒަށް ބަލާއިރު ދެ ބޭފުޅުންނަކީ ވެސް ގާބިލް ބޭފުޅުންނެވެ. ގާނޫނީ ވަކީލެއްގެ ގޮތުން ހިސާނު ކޯޓްތަކުގައި މިހާރު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާއިރު، އަދި ލޯފާމެއް ހިންގަވާއިރު، އިމްތިޔާޒު ފާހަގަ ވެގެން ގޮސްފައި ވަނީ މަޖިލީހުގެ މެމްބަރުކަމަށް ވަޑައިގަތުމަށް ފަހު ކޯޓުތަކުގައި ވަކާލާތު ކުރެއްވުން ހުއްޓުމަކަށް ގެނެސް ހަމައެކަނި މަޖިލީހުގެ މަސައްކަތަށް ހުސްވެގެން ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.

މިއަދުގެ ޖަލްސާ 10:00 ގައި ބާއްވާއިރު، ޖޭއެސްސީ އަށް އެމްޑީޕީން ހުށަހަޅާނެ ނަމަކާމެދު ޕާލިމެންޓްރީ ގްރޫޕުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ އެވެ. އެގޮތަކީ ހިސާން ކަމަށް ވިޔަސް، އިމްތިޔާޒު ކަމަށް ވިޔަސް، ޖޭއެސްސީގައި މަޖިލިސް ފުރިހަމައަށް ތަމްސީލްކޮށްދެވޭނެ އެވެ. އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނެވުމާ އެކު، މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިމްތިޔާޒު ހޮވިވަޑައިގަތަސް، ހިސާން ހޮވިވަޑައިގަތަސް ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތް ހަލުއިކުރެވޭނެކަން ކަށަވަރެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

05 މެއި 2017

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
04 މެއި 2017

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟
22 އެޕްރީލު 2017

42 މިވީ ކޮންކަހަލަ އަދަދަކަށް؟

22 އެޕްރީލު 2017
42 މިވީ ކޮންކަހަލަ އަދަދަކަށް؟
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
25 މާރިޗު 2017

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
03 ފެބުރުއަރީ 2017

ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟

03 ފެބުރުއަރީ 2017
ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް