Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ހުޅުމާލޭގައި 6 ބުރީގެ އޮފީސް އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

28 މެއި 2019 | އަންގާރަ 16:13

މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 28 މެއި 2019 | އަންގާރަ 16:13
ހުޅުމާލެގައި އިމާރަތްކުރުމަށް ނިންމާފައިވާ އޮފީސް އިމާރާތުގެ ކުރެހުމެއް

ހުޅުމާލެގައި އިމާރަތްކުރުމަށް ނިންމާފައިވާ އޮފީސް އިމާރާތުގެ ކުރެހުމެއް

ހުޅުމާލޭގައި 6 ބުރީގެ އޮފީސް ޢިމާރާތެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން އީ.ޕީ.ސީ ޓަރންކީ އުޞޫލުން ހުޅުމާލޭގައި އޮފީސް ޢިމާރާތެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ހުޅުވާލައިފައިވާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00ގައި ކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިންނެވެ.

އިއުލާންގައި ބުނެފައިވާގޮތުން ބިޑް ސެކިޔުރިޓީގެ ގޮތުގައި1,000,000.00ދިވެހި ރުފިޔާ (އެއް މިލިއަން ދިވެހި ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރުން)ހުށަހަޅުއްވާނެ ކަމަށެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އިމާރާތުގެ ކުރެހުމުގައިވާގޮތުން އެއީ 6 ބުރީގެ އިމާރާތަކެވެ. އަދި އެ އިމާރަތް އެޅުމަށް ނިންމާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ފުރަގަހަށްވާގޮތަށް އޮންނަ ހުސް ބިމުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމާފައިވަނީ މާލޭގައި ސަރުކާރުގެ ބޮޑު އެއްވެސް އިމާރާތެއް ނޭޅުމަށެވެ. އެހެންކަމުން ސަރުކާރުގެ އޮފީސްތަކުގެ އައު އިމާރަތްތައް ވެސް ބަދަލުކުރަމުންދަނީ ހުޅުމާލެއަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް